އިންޑިއާގެ ކޮލްކަތާގެ މަގުމައްޗަށް ލާރި އޮހެން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިއީ ކޮލްކަޓާގެ އިމާރާތެއްގެ ތެރެއިން ބޭރުވެފައިވާ ފައިސާތަކެއް ކަމަށެވެ. އެގޮތުން ބަލާއިރު އިންޑިއާގެ 2000 ރުފީސް އާއި 500 ރުޕީސްގެ ފައިސާ ނޫޓުތައް މަގުމަތިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފައިސާ ހޮވުމަށް އެ ހިސާބުގައި އުޅޭ އެތަކެއް ސަތޭކަ ފަރާތްތަކުން ވަނީ އެ އިމާރާތް ކައިރިއަށް ޖަމާވެފައެވެ.

 

އިންޑިއާގެ މީސްމީޑިއާތަކުން ބުނެފައިވަނީ މި ފައިސާތައް އެ އިމާރާތުން ބޭރުވެފައިވަނީ އިމާރާތް ފާސްކުރަން ފުލުހުންގެ އިންޓެލިޖެންސްގެ ބައެއް ފަރާތްތަކުން ހަރަކާތްތެރިވަމުން އައި ގަޑީގައި ކަމަށެވެ. އެގޮތުން އެ އިދާރާގެ މީހުން ފާސްކުރުން ކުރިއަށް ގެންގޮސްފައިވަނީ އެމީހުންނަށް ލިބުނު އިމްޕޯޓް އެކްސްޕޯޓް ހަބަރަކާއި ގުޅިގެން ކަމަށް މީސްމީޑިއާގައި ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ފުލުހުން ބުނެފައިވަނީ ފައިސާ ބޭރުވެފައިވާ ގޮތެއް ނޭނގޭ ކަމަށާއި އެމީހުން ފާސްކޮށްފައިވަނީ ލާރީގެ އެއްވެސް ކަމަކާއި ނޫން ކަމަށެވެ.

މަންޒަރު ފެނުނު ފަރާތުން މީސްމީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފުރަތަމަ ފައިސާތައް އެ އިމާރާތުން ފޭބީ ވަކި ވަކިން ކަމަށާއި ފަހުން ފައިސާ ފައިބަން ފެށީ ފައިސާ ބޮޑި ކަމަށެވެ. އެހެންކަމުން އެމީހުން ތިބީ ބަޔަކު އުކާލީ ކަމަށް ހީކޮށްގެންނެވެ. އެ އިމާރާތުން ފައިސާ ވެއްޓޭ މަންޒަރު ބައެއް ފަރާތްތަކުން ވަނީ ވީޑިއޯ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު