އިންޑިއާގެ އެކްޓަރ އަރްޖުން ރާމްޕަލް އާއި ކުރީގެ ސުޕަރ މޮޑެލް މެހެރް ޖެސިއާއާ ދެ މީހުން ވަރިވާން އުޅޭކަން އިއުލާނުކުރިތާ، އަހަރެއްހާ ދުވަސް ފަހުން ރަސްމީކޮށް ދެ މީހުން ވަރިވެއްޖެއެވެެ.

މި ދެ މީހުން ރަސްމީކޮށް ވަރިވެފައި ވަނީ ބަންދްރާގައި ހުންނަ ފެމެލީ ކޯޓުގައި މިދިޔަ އަންގާރަ ދުވަހުއެވެ.

އަރްޖުން އާއި މެހެރާ ވަރިވިިއިރު، މި ދެ މީހުންގެ ދެ ދަރިން ކަމަށްވާ މަހިކާ 17 އަހަރު އާއި މައިރާ 14 އުޅޭނީ މެހްރް ޖެސިއާ ކައިރީގައެވެ.

މިކަމާއި ގުޅޭގޮތުން އުމުރުން 46 އަހަރުގެ އަރްޖުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވެއެވެ.

"އަަހަރެން ކީއްވެ އެކަމާއި ވާހަކަދައްކަން ވީ. އެއީ އެހެން މީހަކާއި ބެހޭ ކަމަކަށްވަނީ ކީއްވެ. އަހަރެން އެކަމާއި ވާހަކަދައްކަން ބޭނުމެއް ނުވޭ". އަރްޖުން އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

އަރްޖުން މިހާރު ޑޭޓް ކުރަމުން ދަނީ ގަބްރިއެއްލާ ޑެމެޓްރިއޭޑްސްއާ އެެވެ. މި ދެ ލޯބިވެރިންގެ ދަރިއަކުވެސް ހުރެއެވެ. އެއީ އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖެކެވެ.

އަރްޖުން އާއި މެހްރް ޖެސިއާ އާ ދެ މީހުން ކައިވެނިކޮށްގެން އުޅުނުތާ 21 އަހަރު ފަހުން ދެ މީހުން ވަކިވާކަން އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މި ދެ މީހުން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަސް ތެރޭގައެވެ.

އަރްޖުން ފެނިގެން ދިޔަ މަޝްހޫރު އޯމް ޝާންތީ އޯމް ރޮކް އޮން، ރާވަން ރޯއި، ހައުސްފުލް، އަދި ރާޖްނީތީގެ މައްސަލަ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު