"މިދަނީ ގެފުޅު ބަލައިލަން ދާން ވެގެން" މިއީ ދިވެހި ފުލުސް އޮފިސަރަކު ކުޑަ ކުއްޖެއް ކައިރީގައި ކޮންތަނަކަށް ތޯ ދަނީ ސުވާލު ކުރުމުން ދިން ޖަވާބެވެ.

މި ކުޑަކުއްޖާ ސައުދީ އަރަބިއްޔާ އަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް މިއަދު ފުރަން ގޮސް ހުއްޓައި ފުލުސް މީހާ އަށް މި ޖަވާބު ދީފައި ވާއިރު މި ކުއްޖާގެ ފޮޓޯ މީސް މީޑިއާގައި އަންނަނީ ވަރަށް ހަލުވި ކަމާއި އެކު ދައުރުވަމުންކަން ފާހަގަކޮށްލެވެއެވެ. އަޅުކަމަށް ތައްޔާރުވެ، އިހްރާމް ބަނދެގެން އެ ކުއްޖާ ހުރި ފޮޓޯ ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ފިނިކަމެއް ލިބިގެން ދާނެކަން ޔަގީނެވެ.

އެ ކުއްޖާގެ ފޮޓޯ އާކާއި ފުުލުހުންނަށް ދިން ޖަވާބު އެމީހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ހިއްސާ ކޮށްފައެވެ. މިއާއި އެކު އެތައް ބައެއްގެ ސަމާލުކަން އެ ކުއްޖާ އަށް މިހާރު ވަނީ ހުއްޓިފައެވެ.

"ހާދަ ކިއުޓް ކުއްޖެއް. މާޝާﷲ" މީހަކު އެ ކުއްޖާގެ ފޮޓޯ ހިއްސާ ކުރަމުން ލިޔެފައިވެއެވެ. "ލޯބި ކުއްޖެއް. މިފަދަ ދަރިއަކު އަހަންނަށް ދެއްވާތޯ ދުއާ ކުރާނަން" އިތުރު މީހެއް ބުނެފައި ވެއެވެ.

އުމްރާ ކުރުމަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ދިވެހިންތަކެއް މައްކާ އަށް ޒިޔާރަތް ކުރެއެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މި އަހަރު އުމްރާގެ އަޅުކަން އަދާ ކުރަން ދާ މީހުންނަށް ދިވެހި ފުލުހުން ވަނީ ނިޔާމަ ދަތުރަކަށް އެދޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާމިނަތު

    މާޝާ ﷲ... މި ތުއްތު ކުއްޖާއަށް ޢުމްރާގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމުގެ ހެޔޮ ތައުފީޤު ކީރިތިﷲ މިންވަރުކުރައްވާފާނދޭވެ...

    151
    4
    • މުޙައްމަދު

      ޢާމީން

  2. ދުވާފަރު މީހާ

    ތި ފޮޓޯ ފެނުމުން ހިތަށް ފިނިކަންލިބޭ

    114
    5
    • ދުވާފަރު ދަރިެއް

      ހަމަ އަސްލު ވެސް ތި ފުޓޮ ފެނުމުން ހިތައް ފިނިކަމެއްލިބޭ

  3. އަޙްމަދު

    މީ ޤުރުއާން ހިތުދަސް ކުއްޖެއްކަމަށް ޙަބަރުލިބޭ. މިދީން ނިކަމެތި ކުރަން އުޅޭވަރަށްކަށް މީދީނަށް ލިބޭނީ ނަސްރު! ބަޔަކުމީހުން ކިތަންމެ ރުޅިއަޔަކަށް ދުނިޔެ ނިމެންދެން މިކަންދާނި ކުރިޔަށް! ހުކުރު ދުވަހުގެ މާތް ދުވަހެއް. މިދުވަހުގެ ބޭނުން ހެޔޮގަތުގައި ހިފަމާތޯއެވެ.

    44
    3
    • ނަސީބު

      ޢާމީން

  4. އަދާލަތު

    މާޝާ ﷲ... މި ތުއްތު ކުއްޖާއަށް ޢުމްރާގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމުގެ ހެޔޮ ތައުފީޤު ކީރިތިﷲ މިންވަރުކުރައްވާފާނދޭވެ...

    36
  5. މަލަކުރި

    އިރާދަ ކުރެއްވިޔާ އެ ކުޑަ ދަރިފުޅު މިޤައުމަށް ފައިދާ ކުރަނިވި ކަންކަމާއިގެން މަތީ މަޤާމްތައް އަދާކުރާ ނަމޫނާ މަންޒަރު ފެނިގެންދާނެ. އިންޝާ ﷲ. އެދަރި ފުޅަށާއި އެ ދަރިފުޅުގެ މައިންބަފައިންނަށް އާއިލާއަށް އުފާވެރިކަން ހުރި.

    17
  6. ނިޒާމާ

    ތިޖަވާބުން އަޅުގަނދަށް ދޭހަވަނީ ތިކުއްޖާ އަށް ބެލެނިވެރިޔާ ( ކުއްޖާގެ ވިސްނުން ފޯރާ މިންވަރަށް ޣާތައްވެސް) އުމުރާ ގެ އަޅުކަމާްއި ބެހޭ މަޢްލޫމާތު ކިޔާދީ ފައި ނުވާކަން

    1
    1