އަޔުޝްމަން ޚުރަންނާ އަކީ މިހާރު ބޮލީވުޑްގެ ފާހަގަކޮށްލެވޭ އެކަކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ބަލާ އިންނެވެ. އެ ފިލްމް ހިޓަކަށް ވެގެންދިޔައިރު، އެއީ އޭނާގެ ހަތްވަނަ ހިޓް ފިލްމެވެ.

މިހާރު އޭނާގެ މަގްބޫލުކަން ފެނިގެންދިޔައިރު، ފިލްމީ ދާއިރާގައި އެންމެ ސީނިއާ މީހުންގެ ތެރޭގައި ހިމެނޭ ޝާހް ރުކް ޚާން އާއި ޝާހިދު ކަޕޫރް އަޔުޝްމަން "ރޯސްޓްކޮށްލާ" ވީޑިއޯއެއް މީސް މިޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެއީ ކުރީގެ އައިފާ އެވޯޑް ހަފްލާގެ ތެރޭ ނަގާފައިވާ ވީޑިއޯއެކެވެ. އަޔުޝްމަންގެ އެކްޓިންގ ހުނަރު ދައްކާލަން ޝާހް ރުކް އާއި ޝާހިދު އޭނާ ސްޓޭޖަށް ގެންނައިރު، މަޖަލުގެ ތެރެއިން ޝާހް ރުކް އޭނާގެ ބޮލަށް ބިއްލޫރި ފުޅިއެއް ތަޅާލައެވެ.

އެ މަންޒަރު ފެނި އޯޑިއަންސްވެސް ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެެވެ.

އެ ވީޑިއޯ ފަށާއިރު، ފެންނަނީ ޝާހް ރުކް އާއި ޝާހިދު ސްޓޭޖުގެ މެދަށް އައިސް ހުއްޓޭ މަންޒަރެވެ. އަދި އެ މީހުން ވާހަކަދައްކަމުން ދިޔައީ، ފިލްމް އިންޑަސްޓްރީއަށް އަލަށް ނުކުތް ޒުވާނުންގެ ވާހަކައެވެ.

މިގޮތަށް ވާހަކަދައްކަމުން ޝާހިދު ވަނީ، އެހެން ދާއިރާއެކޭ އެެއްގޮތަކަށް އަލަށް ދާއިރާއަށް ނުކުންނަ ކުދިންގެ ޓެސްޓު ހަދަން ޖެހޭ ކަމަށް ބުނެފައެވެ. އަދި ޝާހް ރުކްވެސް އެކަމާއި އޭނާއާ އެއްބަސްވެއެވެ. އަދި މިގޮތަށް ވާހަކަދައްކަމުން ދާއިރާއަށް އަލަށް ނުކުތް މީހަކު ޓެސްޓު ކުރަން ބޭނުންވާ ކަމަށް ބުނެ، އޯޑިއަންސަށް ބަލާ ސްޓޭޖަށް ގެންނަނީ އަޔުޝްމަން އެވެ.

އަޔުޝްމަން ކައިރީ ޝާހް ރުކް އާއި ޝާހިދު ވަނީ ލަވަ ކިއުމަށް، ނެށުމަށް ނޫނީ ބޮއެގެން ހުންނަ ސީނެއް ޖެއްސުމަށް އެދިފައެވެ. އޭނާ ވަނީ ފުރަތަަމަ ދެ ކަންތައް ކުރެވިދާނެ ކަމަށާއި، ފަހު ބުނި ސީން އޭނާ ދުވަހަކުވެސް ނުކުޅޭ ކަމަށް ބުނެފައެވެ.

ދެން މިގޮތަށް ސްޓޭޖް މަތީ ކުރި މަޖަލުގެ ތެރެއިން ޝާހް ރުކް، އަޔޫޝްްމަން ބޮލަށް ބިއްލޫރި ފުޅި ތަޅައެވެ.

އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލު ކަން ލިބިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު