މޭނާ ހައްސާނަކީ އޭނާގެ ލަވަކިއުމުގެ ހުނަރުވެރިކަމުން މުޅި ރާއްޖޭގައިވެސް ނަން ވިދަމުން އަންނަ ހުނަރުވެރިއެކެވެ. އޭނާގެ ލަވަކިއުމުގައި ބޭނުން ކުރާ ދިވެހި ވަންތަ ކަމާއި، ލަވަތަކުގެ ބަސްމޮށުންތެރިކަން ގިނަ ބަޔަކު ބަލައިގެންފައި ވަނީ ލޯތްބާއި އެކުއެވެ.

އެހެން ނަމަވެސް މިހާރު އޭނާ މަޝްހޫރުވެފައި ވަނީ ހަމައެކަނި މޮޅު ލަވަކިއުންތެރިއަކަށް ނޫނެވެ. ފުރުގާނު މިސްކިތުގައި އިމާމުވެ ނަމާދު ކުރުމުންނާއި، ގުރުއާން ކިޔެވުމުގައި ހުންނަ ރީތި މަޙްރަޖައިގެ ސަބަބުން މޭނާ ހައްސާނަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މޭނާ ހައްސާން ބުނީ، އިމާމުވެ ނަމާދު ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އިމާމުވެ ނަމާދު ކުރަން ފެށީ ނަމާދު ކުރުމަށް ހިތުގައި އޮންނަ ލޯތެބެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ދިރިއުޅެމުންދާ ގެ ހުންނަނީ ފުރުގާން މިސްކިތުގެ ކައިރީގައި ކަމުން، އާންމުކޮށް ނަމާދަށް ދަނީ ފުރުގާން މިސްކިތަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، އެ މިސްކިތުގެ އިމާމަކު ނެތިއްޖެ ނަމަ އަބަދުވެސް އިސްވެ ނަމާދު ކުރާ ކަމަށެވެ.

"އަސްލު އިމާމުވެ ނަމާދު ކުރަން ފެށީ ނަމާދު ކުރުމަށް ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން. ދުނިޔޭގައި އުޅެވުނު 52 އަހަރު ދުވަހުގެ ތެރޭގައި ނަމާދު ކުރުންހާ ހިތަށް ހަމަޖެހުމެއް ގެނުވާ ކަމެއް ނުދެކެން" ހައްސާން ކިޔައިދިނެވެ.

މޭނާ ހައްސާން ނަމާދަށް ފަހު ގުރުއާން ކިޔަވާ އަޑު އެހި ފަރާތްތަކުން އެނާގެ މަޙްރަޖައަށް ތައުރީފް ކުރެއްވުމާއި ގުޅިގެން ސުވާލު ކުރުމުން ހައްސާން ބުނީ އޭނާ އަކީ އެންމެ ފުރިހަމަ އަށް ޤުރުއާނުގެ އަކުރުތަކުގެ މަހުރަޖަ ދަންނަ މީހެއް ކަމަށް އަމިއްލަ ނަފްސު ގަބޫލް ނުކުރާ ކަމަށެވެ.

"އަސްލު އަޅުގަނޑަށް ތައުރީފް ކުރަނީ އަޅުގަނޑުގެ އަޑަކީ އެންމެންވެސް ބަލައިގެންފައިވާ އަޑެއް ކަމުން ކަމަށް ގަބޫލް ކުރަން. އެކަމަކު އަދިވެސް ޤުރުއާން މަހުރަޖަތައް ބޭނުން ކުރަން ވާގޮތް އެންމެ ރަނަގަޅަކަށް ނުދަންނަން." މޭނާ ހައްސާން ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ގުރުއާން ކިޔެވުން ދަސްކުރުމަށްޓަކާ މިހާރު އޭނާ ދަނީ ކިޔަވަމުންނެވެ. އެގޮތުން މިހާރު ޤާރީ ކޯސް 1 ނިންމައި ސަނަދު ހާސިލް ކޮށްފައިވާ ކަމަށް މައުލޫމާތު ދިނެވެ. އަދި ބޭނުންވަނީ އިމާމުކޮށް ނަމާދު ކުރުމުގެ އިތުރުން، މޮޅަށް ގުރުއާން އުގަންނައި ދިނުމަށް ކަމަށް އޭނާ ބުންޏެވެ.

ހައްސާން ބުނި ގޮތުގައި ނަމާދު ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކެއެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް ގަވައިދުން ނަމާދު ކުރުމަށް ވަސިއްޔަތް ކުރާ ކަމަށާއި، ނަމާދު ކުރުމަކީ ދިރިއުޅުން ކާމިޔާބުކުރެވޭނެ އެންމެ މުހިންމު ގޮތް ކަމަށް އޭނާ ބުންޏެވެ.

މޭނާ ހައްސާން ބުނި ގޮތުގައި އޭނާ އަދިވެސް ލަވަކިއުމަކާއި ދުރަކަށް ނުދެއެވެ. އެގޮތުން ބައިސް ކޯފުން ހައްސާން ގެ އާ އަލްބަމެއް ނެރުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރގައި ބޮޑު ޝޯވް އަކުން ހައްސާން ފެނިގެންދާނެ ކަމަށް އޭނާ ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ިޮފަލިނަރަ

    މެނަ ހައްސަނު ފެނުން .....

    16
    1
  2. Anonymous

    ލަވަ ކިޔައިގެން އެއްވެސް ޘަވާބެއް ލިބޭބާ؟
    އެކަމަކު ޤުރްއާނުން އެންމެ އަކުރެއް ކިޔަސް ލިބޭ ދަރުމަ ހަނދާންކޮން ތިލަވަ ކިއުން ހުއްޓާލުން ކިހިނެއްވާނެތޯ؟ އަޅަމެން އެންމެންނަށް ތެދުމަގަށް މަގުދައްކަވާ ،ތެދުމަގުގައި ޘާބިތުވެ ތިބުމުގެ ހެޔޮތައުފީގް ދެއްވާނދޭވެ އާމީން

    130
    7
  3. Anonymous

    ދޭތެރެއަކުން ރާފޮދު ހިއްޕަވަނީ. މީނާ ފަހަތުގައި ނަމާދު ކުރުން ހުއްދަ ވެގެން ނުވާނެ

    46
    13
  4. ހަނު

    އަދިވެސް މުޅިން ދީނާގާތް ވެއްޖެ ކަމަކަށް ނުވެއެވެ. ލަވަކިޔުމުން ދުރުވެގަނޭ.

    148
    13
  5. އަސްލު

    ؟؟؟

    18
  6. މޮޔަ

    ތީތި ކަޑަ

    60
    8
  7. ޢަޒްރާ ޢަލީ

    އަލްހަމްދު ލއްލާހި

    42
    6
  8. Anonymous

    މޭނާ ހައްސާނަކީ އޭނާގެ ލަވަކިއުމުގެ ހުނަރުވެރިކަމުން މުޅި ރާއްޖޭގައިވެސް ނަން ވިދަމުން އަންނަ ހުނަރުވެރިއެކެވެ.............. ވިދާވަރުން ލޯހުޅުވާލަން ނުކެރޭ! އެއްދުވަހު ލަވަކިޔާނެ! އަނެއްދުވަހު ޑްރަގްނަގާނެ! އަނެއްދުވަހަކު ޝައިޚަކަށް ވެގެންއުޅޭނެ!........... އެންމެ ރަގަޅު ޝުރުޚީއަކީ މޭނާ ހައްސާނު މޮޔަޔަކަށް......... އަވަހަށް ގެންގޮސް ގުރާދުއަށްލާ!

    68
    24
  9. ތަޚާނުގެ ޢަލިދީދީ.

    މިހާރު މިއުފެދުނީ އަނެއްކާ ތަފާތުބާވަތެއްގެ މަޚުލޫގާތެއްދޯ. މިއުފެދުނީ މުދިމު-ލަވަކިޔުންތެރިއެއް. އަދި މިހެންއުޅެފާ ރޮކް-ޝޭޚެއް އުފެދޭނެހެން ހީވަނީ.

    71
    3
  10. ކާފަރު

    މީ ކޮންކަހަލަ ޔަހޫދިއްޔެއް..

    13
    5
  11. އަޙްމަދު

    ކާކު ތީނަ އަށް އިމާމް ކަން ދިނީ ހެޔޮ ނުވާނެ

    26
    4
  12. Anonymous

    ޙަޤީޤަތުގަވެސް ގިނަގިނައިން ނަމާދުކުރުމަކީ ވަރަށް ބޮޑަށް ސްޓްރެސް ރިލީޒްވާކަމެއް.
    އަޅުގަނޑުވެސް ކަންކަމާއި މާޔޫސްވެ ގޮތްހުސްވެ މާބޮޑަށް ސްޓްރެސް ވުމުން ފަރުޟު ނަމާދުގެ އިތުރުން ގިނަގިނައިން ސުންނަތް ނަމާދު ކުރަން، އަދި ފަރުޟު ނަމާދު ފުރަތަމަ ޖަމާޢަތުގައި ކުރެވޭތޯ ބަލަން، ސަޖިދާގައި ގިނަވަގުތު ހޭދަކޮށް ދުޢާކުރަން. ބުނެދޭން ނޭނގޭފަދަ ތަސައްލީއެއްލިބި ނުތަނަވަސްކަން ފިލައިދޭ. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ.

    30
  13. ބީޖީ

    އެންމެފަހުންނޭ... ކުރިން ވެސް ކިތަންމެ ފަހަރަކު އެކި ސޫރަ ދައްކާފައޮތީ. ﷲގެ ރަޙްމަތުން ހެޔޮ ވިސްނުން ލިބި ހެޔޮ މަގުގައި ސާބިތު ވެ ހުރެ ވިގެން ނޫނީ ހެޔޮކަމެއް ނެތް.

    17
    1
  14. ޙަސަން ޒަކީ

    ނޭންގޭ މީހަކު ދަސްކުރާނަމަ އެއީ ނޭންގޭމީހެކޭ ނުބުނެވޭނެ. ޢޭނާވާނީ ދަސްކުރާމީހަކަށް!

    3
    1
  15. ޚޮންމެސް މީހެއް

    ﷲ ގެ އިރާދްފުޅުން އަދި އެއްމެ ފުރިހަމަ ގޮތުގަ ތެދި މަގު ދައްކަވާނެ.. މިތާގަ އޭނާއާ ދެކޮޅަށް އޭނާ ހިތް މަރުވާނެހެން ކޮމެންތު ކުރާ ބޭފުޅުން އެކަން އެހެން ނުކުރަން އެދެން.. އެއީ ހެޔޮ މަގަށް މީހާކު އެޅިއްޖެ ނަމަ އެކަމުގަ ކުރިއަށްދިއުމްށް ހިއްވަރުދީ އޭނާ އަށް ހެޔޮ މަގު ދައްކަވަތޯ ދުޢާކުރުން އޮންނަނީ ☝?

  16. ޭއެގެޭ

    ތީ ފަހަތުގައި ނަމާދު ކުރަން ހެޔޮވާޥަރު ގެ މީހެއްނޫން!