ބަރުދަނަށް ބަލާފައި ދުބާއީގެ ރެސްޓޯރެންޓަކުން ހިލޭ ބުއިންތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބަރުދަން ހުންނަ ގޮތަކުން އަންހެނުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކާއި، ގަނާ ކުރުން ހުއްޓުވުމުގެ ބޭނުމުގައި އެ ރެސްޓޯރެންޓުން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ރެސްޓޯރެންޓުން ލިބޭ ބުއިންތައް ހިލޭ ދިނުމަށް ނިންމާފައިވަނީ އަންހެނުންނަށެވެ.
އެ ރެސްޓޯރެންޓުން ބުނެފައިވާ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، ބަރުދަން އިތުރު މީހުންނަށް ހިލޭ ލިބޭ ބުއިންތައް ގިނަ ވާނެ ކަމަށެވެ.
މިއަހަރުގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ކުރިޔަށްގެންދަނީ ދުބާއީގެ ހަތަރު ތަރީގެ ހޮޓަލެއްގެ ރެސްޓޯރެންޓެއްގައެވެ. މި ޕްރޮމޯޝަންގެ ދަށުން، ރެސްޓޯރެންޓަށް ދާ އަންހެނުންނަށް ބަރުދަން ބެލޭނެ ގޮތް އެތަނުގައި ހަމަޖައްސާފައިވާއިރު، ބަރުދަން ބެލުމަށްފަހު ހަވާލުކުރެވޭ ނޯޓެއް ކައުންޓަރަށް ހުށަހެޅުމުން ބޭނުންވާ ބުއިންތައް، ބަރުދަނަށް ބަލާފައި ހިލޭ ލިބޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެފައި ވެއެވެ.
އެ ރެސްޓޯރެންޓުން ބުނެފައިވާ ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވާ މީހެއްގެ ހަށިގަނޑުގައި ހުންނަ ކޮންމެ ކިލޯއަކަށް އެއް ޑޮލަރު ލިބޭނެ ކަމަށެވެ. އެހެންކަމުން "50 ކިލޯ ހުންނަ މީހަކަށް 50 ޑޮލަރުގެ ބުއިންތައް ހިލޭ ލިބޭނެ" ކަމަށް އެ ރެސްޓޯރެންޓުން ބުނެފައި ވެއެވެ.
ދުބާއީގެ އެހެން ރެސްޓޯރެންޓެއްގައި ވެސް ދާދިފަހުން މިފަދަ ޕްރޮމޯޝަނެއް ކުރިޔަށްގެންގޮސްފައި ވެއެވެ. އެގޮތުން އެ ރެސްޓޯރެންޓަށްދާ އުމުރުން 30 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް ހިލޭ ބުއިންތައް ލިބޭ އެ ޕްރޮމޯޝަނަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ.
ބަރުވާތާާ އިތުރަށް ބަރުކުރަނީތަ؟؟