ދާދި ފަހުން ވަނީ ރަނޫ މަންޑަލް މާބޮޑަށް މޭކަޕް ކޮށްގެން ހުރެ ނަގާފައިވާ ފޮޓޯތަކެއް މީސްމީޑިޔާގައި ދައުރުވެފައެވެ. މި ފޮޓޯތަކަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

އެ ފޮޓޯތަކުގައި އޭނާ ހުންނަނީ އަގުބޮޑު ލެހެންގާއެއް ލައިގެން އަދި އެހާމެ އަގުހުރި ގަހަނާތަކެއް އަޅައިގެންނެވެ. އޭނާ އެރޭ ތައްޔާރުވެފައި ހުރީ އޭނާގެ ނަމުގައި ބޭއްވި ސޯޝަލް އިވެންޓަކަށް ދިއުމަށެވެ. މިކަމާ ގުޅިގެން އެއްބަޔަކު މޭކްއަޕް އާޓިސްޓަށް ފާޑުކިޔަމުންދާއިރު، ރާނޫ އަށް ވެސް ގިނަ މީހުން ދަނީ ފާޑުކިޔަމުންނެވެ.

އެހެންނަމަވެސް މިހާރު މިވަނީ ރަނޫ މަންޑެލް މޭކަޕް ކޮށްގެން ހުރި އަސްލު ފޮޓޯތައް މީސްމީޑިޔާގައި ދައުރުވާން ފަށާފައެވެ. މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ރާނޫގެ މޫނުގައި އެހާބޮޑަށް މޭކަޕް ކޮށްފައެއް ނުވަތަ ދޮން ކޮށްފައެއް ނުވެއެވެ.

ރާނޫގެ ދޮންވުމަށް މޭކްއަޕް ކޮށްފައިވާ ފޮޓޯތައް އާންމުވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ސުޕަރމާޓެއްގައި ފޭނަކާއި ދިމާލަށް ރާނޫ އެއްޗެހި ކިޔާ ވީޑިއޯއެއް އާންމުފައި ވަނިކޮށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެވީޑީއޯއިން ފެންނަގޮތުގައި ރާނޫގެ ފަހަތުން އަންހެނަކު އައިސް އޭނާގެ އަތުގައި އަތްލުމަށްފަހު ސެލްފީއެއް ނަގަން އެދުމުން އޭނާ ނުރުހުން ފާޅުކުރާ މަންޒަރު ފެނިގެންދެއެވެ. ރާނޫ ރުޅިއައިސްގެން އެއަންހެން މީހާގެ ކޮނޑުގައި ދެތިންފަހަރު ޖަހައިލުމަށްފަހު ކޮންމެވެސް އެއްޗެއް ބުނާ މަންޒަރުވެސް އެވީޑިއޯ އިން ފެނެއެވެ.