ކަަންބޮޑުވެ ހާސްވާ ހިދުގައްޔާއި ހޫނު ގަދަވުމުން ދާހިއްލުމަކީ ވެދާނެ ކަމެކެވެ. އެހެންނަމަވެސް އަބަދު ދާހިއްލާނަމަ އެއީ ސިއްޙީ މައްސަލައެކެވެ. އަދި މިފަދަ ހާލަތުގައި ޓަކްޓަރަށް ދެއްކުން ބުއްދިވެރިއެވެ.

މާގިނައިން ދާހިއްލާނަމަ އެއީ ބައްޔެކެވެ. އެބައްޔަށް ޑަކްޓަރުން ކިޔަނީ ހައިޕަރހައިޑުރޯސިސްއެވެ. ހައިޕަރހައިޑްރޯސިސްއަކީ އާދަޔާ ޚިލާފަށް ގަދަޔަށް ދާހިއްލާނަމަ ކިޔާ ނަމެކެވެ. މިބައްޔަކީ ނިއުރޯލޮޖިކް ނުވަތަ އެންޑްރޯކުރައިންގެ ސަބަބުން ދިމާވެދާނެ ބައްޔެކެވެ.

ދާހިއްލުމަކީ ކޮންމެ މީހަކަށްވެސް ދިމާވާ ކަމަކަށް ވުމާއެކު، މިއީ ބައްޔެއްކަން ދެނެގަނެވޭނެ ގޮތްތަކެއް ހުރެއެވެ. މިސާލަކަށް ލައިގެން ހުންނަ ގަމީހާއި އިސްޓާކީނު ވެސް ދަލުން ފޯވުމާއި ކަސްރަތުގެ ވަގުތުތަކުގައި ނޫނަސް ގަދަ އަށް ދާހިއްލުން އަދި ފިނި މާހައުލުގައި ވެސް ދާ ހިއްލުން މިއީ މިކަމުގެ އަލާމާތެކެވެ. އަދި ރޭގަނޑު ގަޑީގައި ދާހިއްލުން، ވަކިން ހާއްސަކޮށް ނިދީގައި ބެޓްޝީޓު ފޯވާ ވަރަށް ގައިން ދާހިއްލުމާއި ދާހިއްލުމުގެ އިތުރުން މޭގައި ރިއްސުމާއި ނޭވާކުރުވުން އަދި މަސައްކަތެއް ނުކޮށް ބަރުދަން ލުއިވުން މިއީ މިބަލި ޖެހިފައިވާ ކަމުގެ ނިޝާތަކެވެ.

މިއީ ފަސޭހަ ކުރެވޭނެ ބައްޔަކަށް ވުމާއެކު، މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑަކްޓަރަށް ދެއްވުން ބުއްދިވެރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޅުގަނޑު

    އިންޝާﷲ ޤުދުރަތީ ފަރުވާއައް އަވަސްވެގަންނަން ވާނީ ފަސްޓު

    5
    1
  2. ދާހިއްލާ

    ކޮންކަހަލަ ޑަކޮަޓަރަކައް ދައަކަންވީ

  3. Anonymous

    ކޮން ކަހަލަ ޓަކުޓަރެއް..މަ އަޑުއަހަނި ޑަކުޓަރު ކިޔާއަޑު