ދިވެހިންނަކީ ޒަމާނުންސުރެ އެކުވެރި ބަޔެކެވެ. ބީރައްޓެހިންނާއި ހިތްހެޔޮ، ރައްޓެހިންނަށް އަޅާލާ އެހީތެރިވެދޭ ބަޔެކެވެ. ނަމަވެސް ޒަމާން ބަދަލުވަމުންދާ ވަރަކަށް ދިވެހިންގެ މި ސިފަތައް މިދަނީ އުވެމުންނެވެ. ދައްކަން މި އުޅޭ ވާހަކަ އާއި މެދު އެއްވެސް މީހަކު ދެބަސް ނުވާނެކަން ޔަގީނެވެ. އެއީ ދިވެހިންގެ ގައިގައި އަށަގެންފައިވާ ނުބައި އާދަ ކަމުގައިވާ މަގުމަތިން ދާހާ ބަޔަކަށް ކަޅި އަޅައި ބެލުމުގެ ނުބައި އާދައެވެ.

މިކަން އެންމެ ބޮޑަށް ހިނގަނީ ރާއްޖެ ތެރޭ ރަށްރަށުގައެވެ. މަގުތައް މަތީގައި ޖޯލިފަތި އަޅައިގެން މަގުމަތިން ދާހާ ބަޔަކަށް ބަލައި، އެމީހުންގެ ވާހަކަ ދެއްކުމަކީ މުސްކުޅި ފުރައިގެ މީހުން ގަވާއިދުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މިކަން ޒުވާނުންގެ ފަރާތުންވެސް ދަނީ ފެންނަމުންނެވެ.

މިއީ ތަހުޒީބުވެފައިވާ އެއްވެސް ތަނަކު ވާ ކަމެއް ނޫނެވެ. ތިމާ ކުރާ ކަމެއް ތިމާ އަށެވެ. އެހެން މީހުން ކުރާ ކަންތައް ބަލައި، އެމީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ނަފްސް އިސްލާހު ކުރުމަށް މަސައްކަތް ކުރާށެވެ. އެހެން މީހުންގެ ވާހަކަތައް އާއްމު ގޮތެއްގައި ދައްކާނީ ކުރާނެ ކަމެއް ނޭނގިގެން އުޅޭ މީހުންނެވެ.

ރަށްރަށަށް އަރާ މީހުންނަށް ކަޅި އަޅައި ބެލުމަކީ އެމީހުންގެ ނަޒަރު އެރަށަކާއި މެދު ވަރަށް ބޮޑަށް ބަދަލުވެ، އެރަށެއްގެ ބަޔަކީ "ނާތަޙުޒީބު" އަދި ތަރައްގީނުވާ ބަޔެއްގެ ގޮތުގައި އެމީހުން ކަނޑައެޅުމަށް ދޭ ފުރުސަތެކެވެ. އެއްވެސް ބަޔަކު އެމީހުންގެ ރަށަށް ހުތުރު ނަމެއް ލިބޭކަށް ނޭދޭނެއެވެ.

އެހެންކަމުން، މަގުމަތިން ދާހާ ބަޔަކަށް ބެލުން ހުއްޓާލަން އުޅޭށެވެ. މިއީ ދުނިޔޭގެ ތަހުޒީބު ވެފައިވާ އެއްވެސް ތަނެއްގައި ފެންނާނެ މަންޒަރެއް ނޫނެވެ. އެންމެންވެސް އުޅޭނީ އެމީހުންގެ އަމިއްލަ މަސައްކަތާއިގެންނެވެ. އެހެން މީހުންގެ ކަންކަމާއި ބެހި، އެމީހުންގެ ވަގުތުތައް ބޭކާރެއް ނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މާޔާ

    އާ ތީ ވަރަށް ބޮޑު ތެދެއް.. އަހަރުމެންވެސް މިއުޅެނީ މާލޭގަ ޗުއްޓީ އައް ރަށައް ދިޔާމަ ނުކެރޭ ގެއިން ނުކުއްނަންވެސް ތަންތާ ތިބެގެން ބަލާ ވަރުން.. ދެން ފެއްނަހާ މީހަކު އަދި އަހާނެ އެވަރައް ފާޑު ފާޑުގެ ސުވާލު.. ރަށައް އައްނަ ފުރަތަމަ ދުވަހު އަދި ހީވާނީ މި ވެރިންގެ ލޯތައް ކާށި ކިބަތަކެއްހެން. ލޯ ދިއްކޮއްގެން ބަލާ ވަރުން..

    70
    8
  2. މަ

    ތިކަމަށް އެންމެ މޮޅު ވާނީ ބ އޭދަފުށި މީޙުން

    27
    1
    • އަހުމަދު

      އާން ތީ ވަރަށް ތެދުވާހަކައެއް. ހަމަ ތި އަތޮޅުގައި އޮންނަކަމެއްދޯ ތީ އެހެންވެ؟ މަވެސް ބ.ތުޅާދޫއަށް ދިޔައިން މަގުމަތީ ހިނގާފަ ދެވޭގޮތްވެސް ނޭންގޭ ބަޔެއްފަހަރު ޖޯލިފަތީ ތިބެގެން ބަލާވަރުން ބަޔެއްފަހަރު ހީވާނެ ވެއްޓެންއުޅޭހެންވެސް.....

      11
      2
  3. ޙުސެއިން

    އަހަރެން ނަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ޒުވާނެއް، ރާއްޖޭގައި އާންމުކަމެއް މީހުންނަށް ބެލުމަކީ ޙާއްސަކޮށް އަންހެނުން އަންހެނުންނަށް ބަލާ ނިސްބަތް އެވްރެޖްކޮށް ގިނަ ފިރިހެނުން އަންހެނުންނަށް ބަލާވަރަށްވުރެ، ކަންމިހެން މިވަނީ ޒަމާނައް އަންނަބަދަލު ތަކާއި އެކު ކުދިންގެ ހެދުން އެޅުމާއި އެކުދިންގެ އެޓިޓިއުޑް ގިނަބަޔަކައް ދައްކަން އަދި ބަލާމީހުން ގެ އަދަދު ގިނަ ވާނެ އައުރަ ނިވާނުވާ ކުޑަހެދުންކޮޅު ލައިގެން ބޭރައް ނިކުތީމަ. ޕަބްލިކް ތެރެއަށް ކޮންމެމީހަކުވެސް މިނިކުންނަނީ ކޮންމެވެސް ކަމެއްގަ މީހުންގެ ލޯތަކަށް ކަޅި އަޅާ ނަޒަރު ހިންގާކަށެއް ނޫން، ދިވެހިންގެ މި އާދަ އެބަޖެހޭ ހުއްޓާލަން. މީހުންގެ މަސްކައި މީހުން ނެތް ތަނުގައި މީހުންގެ ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަހަލަ ކަންތައްތަކެއްނޫން. މަގުމަތިން ދާއިރު މީހަކު ތިމާ އަށް ބަލާ ކަމައް ހީވާނަމަ ހީލާށެވެ. އެކޮޅުން ރިއެކްޓް ނުކުރިޔަސް ހިނުތުންވެލާށެވެ. ހިނިތުންވުމަކީ އަނެކާއަށްދެވޭ ސަދަގާތެކެވެ. މީހުންގެ ލޯތަކަށް ތިމާ ފެނުމުގެ ކުރިން ތިމާގެ ނަފްސް އެކަމައް ތައްޔާރުވެ ހުންނާށެވެ. އެއްވެސް މީހަކަށް އަނެކާގެ ހިތުގައި އޮތް އެއްޗެއް އޭނަ ނުބުނާހާ ހިނދަކު ނޭނގޭނެ. ރިވެތި ސިފަލިބިގެންވާ ބަޔަކަށް ވެވޭނީ ކޮންމެ މީހަކަށްވެސް އިޙްތިރާމް ކޮށްގެން. ކިތަންމެ ދެރަ ނިކަމެތި މީހާ އައްވެސް އިޙްތިރާމް ލިބިގެންވޭ. ވީ އިރު އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ނަޒަރުން ދެކި ހިނިތުންވެލާށެވެ.

    44
    3
  4. ކުޑަމަރިޔަނބު

    ދިޔައީއޭ ކީއްވެގެން މިއަދު ތިދަނީ؟ ހާދަ ދުވަހެއް ވެއްޖެއޭ ކަލެއާދިމާއަށް އެއްޗެކޭ ނުބުނަން މަހުނަންނަތާ ހަމަ ފެންނަ ކޮންމެތާކުން ލޯ ދުރުމިނެއްހެން ހަދައިގެން ފައިކޮޅުން ފެށިގެން ބޮލަށް ތި ސްކޭން ކޮއްލަނީ ކަލޭގެ ވާރުތަމުދާ ގަނޑެއް މަ ފޮރުވައިގެން ގެންދާތީތަ ހޫން މަމީ ސުކޫލް ކުއްޖެއްނު މަގުއޮބާލަންދެންވާނެ ބަލަންހުންނަން ހޫން މަގޭ ބުރަކަށްޓަށް މިހުރީ މީޑިއާނެޓް އަޅުވާފައެއްނު ފަހަތަށް އެނބުރިފަ ބޯދީދީފަ ބޯއަރިކޮއްކޮއްފަ ބަލަން ކިހާ ވަރުގަދަ ވެއްޖެ ކަމެއްމީ އަލަށްތަ މީހަކު ފެނިގެން ތިއުޅެނީ

    30
    1
  5. ގަމު ކުއްޖާ

    މަގޭ މަންމަ ވެސް ކުރާކަމެއް. ?

    4
    2
  6. ހޫދު

    ތިއަވުރެ ކުރުހެދުން ލީމަމާގިނަމީހުން ބަލާނެ.....

    6
    4
  7. Anonymous

    ބެލުންތިރިކުރުމައްށާއި ފަރުޖުތައް ރައްކާތެރިކުރުމަށް ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނު ފިރިހެނުންނާއި އަންހެނުންނަށް އަންގަވާފައިވޭ.
    “ފަހެ ލޮލުން ބަލާ ބެލުމަކީ ޝަހުވާނީ އެދުންތަކަށް ގެންގޮސްދޭ ޛަރީޢާ ނުވަތަ ވާސިތާއެވެ. ބެލުން ރައްކާތެރިކުރުމުގެ އަޞްލަކީ ލަދުވެތި ގުނަވަން ރައްކާތެރިކުރުމެވެ. ފަހެ އެމީހެއްގެ ލޮލުގެ ބެލުން އިމެއްނެތި ދޫކޮށްލައިފި މީހާ ހަލާކުގެ ތެރެއަށް ވެއްޓިއްޖެއެވެ.”- އިބްނުލް ޤައްޔިމް ރަޙިމަހުﷲ

    11
    1
  8. ފަސީ

    ފޮޓޯ ނަގާފަ އަތުގެ އެއްބައި އަރިމަތީގަ އަރާފަ އިނީމަ ކަނޑާލާފަ އަޕްލޯޑްކޮށްލަންވީމަ ލަސްވަނީ؟ ތިހާ އަންޕްރޮފެޝަނަލް؟

  9. ފާއީ

    އަހަރެމެންނަށް މިނޫސްކިޔާލާނެ ވަގުތުވެސް ނުވެގެންމިއުޅެނީ .ބައެެއް މީހުން ވަގުތު ގިނަވެގެން ކުރާނެ ކަމެއް ނޭގިގެން އުޅޭތީ ހަމަ އަޖައިބުވެ އަންތަރީސްވެއްޖެ!!!

    7
    3
  10. އަލި ރަސްގެފާނު

    ތީގަ ދެކޮޅުވެސް އެބައޮތް، ރާއްޖެތެރޭ މީހުންގެ ބޮލަށްކަނޑާލަފަ އޮތީމަ ބުނެލަން މާލޭގަ އުޅެފަ އަތޮޅުތެރޭ ރަށަކަށްގޮސް އެރަށެއްގެ މުޖުތަމަޢުއާ ނުގުޅޭ ހެދުން ލައިގެން މަގުމަތީ އެނބުރެންފެށީމަ އެކަން ހަޑިކަމަކަށްވެގެން ބަލާނެ، މާލެވެން އުޅެން ކޮންމެހެން ރާއްޖެތެރެއަށް އަންނާނެ ކަމެއްނެއް. ދެން އުފެދިދާނެ ސުވާލަކީ އެކަމު މާލޭގައެއް ނުބަލަޔޭ...؟ ބަލަ މޮޔަޔާ މާލެއަކީ މޮޑެ ހުތްވެފައޮތް މަސްހުނިގަނޑެއް އެހެންވީމަ އޭގަ ހުންނާނެ މަސްވެސް ހުނިވެސް ފިޔާވެސް މިރުވެސް ވެސް ނުވިތާކަށް ބޭރުމަގު ކަސްޓަމު ކުރިމަތިން ދުއްވާފަދާއިރު ގުއިވަސް ވެސް ދޮވާނެ އެހެންވީމަ މީހުން އާވެގެން ބަލާނެ އެްއޗެއް ނޯއްނާނެ

    13
    2
  11. Anonymous

    ދޮގު މީހުން ބަލަނީ ބަލުވަން އުޅޭމީހުންނައް މިސާލު ބުރުގާނާޅާ

    12
    11
  12. ޢާސީ

    ބަރަހަނާ ހާލަތުގައި މަގުތަކުގައި އުޅޭ ދެއްކެން ބޭނުން ވާމީހުނައް ކަންނޭނގެ ތިބަލަނީ މީހުންލައްވަ ބެލުވަން އުޅޭމީހުނެއްވެސް މަދެއްނޫންކަންނޭނގެ ކީކޭތޯ

    17
    4
  13. އ. ޖ. އ

    ކަމެއް ވާއިރަށް ރާއްޖެތެރޭގެ މީހުން ބޮލަށް ކަނޑާލަން މިމީހުން ހާދަ ހިތް މޮޅޭ.. ތިކަން ވާނީ މާލޭގަ.. މިހާތަނަށް އެއްވެސް ރަށަކުން ފާހަގައެއް ނުކުރެވޭ

    5
    3
  14. ދައިތަ

    މާލެ އަކީ ވަކި ރާއްޖެ ތެރޭގަ އޮންނަ ރަށެއް ނޫންތަ؟... ރާއްޖެއާ ވަކިން އޮންނަ ތަނެއްތައެއީ؟..ކޮންމެހެން ރާއްޖެ ތެރެއޭ ކިޔާފަ ދަށްކޮށްލާނެ ކަމެއް ނެތް!!!!

  15. ބޭރުން

    އަހަންނަކީ ރާއްޖެ އިން ބޭރުގަ އުޅޭ މީހެއް. މާލެ އަރައިފިނަމަ މަގެއް މަތީ އިސްއުފުލާ ހިނގަން ކީއްކުރަން ސައިކަލުގަ ދުއްވަން ނުކެރޭ. މީ ދުނިޔޭގެ ތަހުޒީބު ތަންތާ ވާކަމެއް ނޫން.

    ވަރަށް ރަނގަޅު އާރޓިކަލް އެއް

  16. މެހެރީ

    ތީ ވަރަށް ބޮޑެ ތެދެއް ތާކުންކުން މީހަކުން ފެއްނުންލިކާ އެމީހަކުން ފައު ބޮޑެމޭ އިގިއްލޭން ފަށްޓޭގެން ގޮހޯ ބޮލުހުންނާ އިސްތައްޓޭ ކޮޑަށް ބަލައްނެއްޔާ. ހާސަކޮށް އަންހެނެ އަންހެއްނަށް.