އެމެރިކާގެ އިރު ދެކުނުގެ ސްޓޭޓެއް ކަމަށްވާ ނޯތް ކެރޮލީނާގައި ހަށިވިއްކަމުންދިޔަ އެއްމާބަނޑު ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 19 އަހަރުގެ މި ދެ އަންހެނުން ހަށިވިއްކަމުން ދިޔައީ، އެކަން އިންޓަނެޓް މެދުވެރިކޮށް އެތައް ބައެއްގެ ސަމާލުކަމަށް ގެނެސް އެމީހުންގެ "ޙިދުމަތް" އިޝްތިހާރުކޮށްގެންނެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ދެއަންހެނުން ހަށިވިއްކުމުގެ ވިޔަފާރީގައި މަސްއޫލުވެ އުޅެނިކޮށް ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން އެކަކީ މީގެ ކުރިން ފެންމަތިވި އެފަދަ މައްސަލައެއްގައި ކޯޓަށް ހާޒިރުވާން އެންގުމުން، ކޯޓަށް ހާޒިރުނުވެ ފިލައިގެން އުޅެމުންދިޔަ މީހެކެވެ.

މީގެ އިތުރުން އެމީހުންނާއި އެކު ޖިންސީ ގުޅުން ހިންގަން ތިބި ދެ ފިރިހެނަކުވެސް ފުލުހުންގެބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުންދީ އެކަމާއި ގުޅޭ ގިނަ މަޢުލޫމާތު ހާމަކޮށްފައި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ކެރޮލީނާގެ ފުލުހުން މިހާރު މި މައްސަލަ އިތުރަށް ބަލަމުންދާއިރު، ހައްޔަރުކުރި މީހުންނާއި ގުޅުންހުރި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ނެޓްވޯކެއް ހޯދުމުގެ މަސައްކަތްވެސް އެފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސާބަސް ޓުރަންޕް

  2. އަޅުގަނޑު

    އެއްވެސް ހިއްހަމަޖެހުމެއްނެތް ހުތުރު ބޮޑު ފާފައެއް ދެން އެންމެފަހުން މީހާ ސިފަ ގެއްލި ނަފްސް ބަލިވެ އަގުވެއްޓުން. އިންޝާﷲ ކައިވެނި ކުރެވެންދެން މި ކެއްތެރި ކަމުގެ ކުޑަ ވަގުތުކޮޅު އިއްފަތްތެރިވުމުން މާތްﷲ ގެ ހެޔޮރަޙުމަތް ފުޅުން ކައިވެނި ކުރެވުމުން ދެން ހެޔޮ ގޮތުގާ އުޅުމުން ހިއްހަމަޖެހުން ލިބި އަދި ސަވާބުވެސް ލިބޭނެ. މާތްﷲ ޤުރުއާންގަ އަންގަވާފަ ވަނީ ޒިނޭއާ ކައިރިވެސް ނުވުމައް އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމައް..
    ބައްލަވާ (17:32)

  3. ނަތަންޔާާހޫ

    ބަލަ އެމެރިކާގައި ހަށިވިއްކުން މަނާތަ! ކޮބާ މިނިވަންކަން؟ ކޮބާ ޑިމޮކްރަސީ؟ ކޮބާ ޑޮކްޓަރ ޝަހީދާއި އައްނި؟