އަނުސްކާ ޝަރުމާގެ އެންމެ ފަހުގެ ފިލްމް "ޕަރީ" ގެ އާ ޓީޒާއެއް ނެރުނު އިރު އެ ޓީޒާއިން އަނުސްކާ ފެނިގެންދާ ބިރުވެރިކަމުން އެ ބަލައިފައި ރޭގަނޑު ނިދިން މަހުރޫމް ވާނެއެވެ.

އަނުޝްކާ ވަނީ އޭނާގެ ފިމްލްގެ ޓީޒާ ޓްވިޓާކޮށް އޭނާގެ ވަލެންޓައިންއަށް ވާނަންތޯ ސުވާލުކޮށްފައެވެ. އެ ވީޑިޔޯ އިން އަނުސްކާ އޭނާގެ ލޯބިވެރިޔާ އާއި ދެމީހުން ޓީވީ ބެލުމަށް ސޯފާގައި އިށީދެން އިދެ އޭނާގެ ލޯބިވެރިޔާ އަށް "އައި ލަވް ޔޫ" އޭ ބުނެއެވެ. ނަމަވެސް އޭނާގެ އަނެއް ފަރާތުން އިރުކޮޅަކުން އަނުސްކާގެ ސިފައިގައި ހުރި ބިރުވެރި އިންސާނެއް އޭނާއަށް ފެނެއެވެ.

"ޕަރީ" އަކީ އަނުސްކާ އިންޑިއާގެ މަސްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާތު ކޮލީ އާއި ކައިވެނި ކުރިފަހުން އޭނާ ކުޅޭ ފުރަތަމަ ފިމްމެވެ. މި ދެ މީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ވަރަށް އެކަހެރި ގޮތަކަށް ޑިސެމްބަރ 11 ގައި އިޓަލީގައެވެ.

މި ފިލްމުގައި އަނުސްކާ ޝަރުމާއާއި އެކުގައި ލީޑް ރޯލްއިން ފެނިގެންދާނީ ޕްރަމްބްރަޓާ ޝައްޓަރުޖީ އެވެ. މި ފިލްމްގެ ފުރަތަމަ ޓްރެއިލާ މާދަމާގެ ވަގުތެއްގައި ނެރުމަށްވަނީ ހަމަޖެހިފައެވެ.

މާޗް 2 ގައި ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވާ މި ފިލްމްގެ ޝޫޓިންތަކުގެ ބޮޑު ބައެއް މިހާރުވަނީ ކުޅެ ނިމިފައެވެ. މި ފިލްމަކީ އާދަޔާ ހިލާފް ބިރުވެރި ފިލްމަކަށް ވާނެ ކަމަށް ޕަރަޑަކްޝަން ޓީމްއިން ބުނެއެވެ.