މިނިކާވަގު އާއިލާގެ ލެޕާޑް ފަދަ ޖަނަވާރުތަކަކީ އިންސާނުންނަށް ހަމަލާދޭ ޖަނަވާރުތަކެކެވެ. އެތަކެއްޗަކީ ނުރައްކާތެރި، އަދި ވަރަށް ބަލައިގެން ގެންގުޅެން ޖެހޭ ޖަނަވާރުތަކެކެވެ. އެހެން ނަމަވެސް ބިރުކުޑަ ބައެއް މީހުންނަށް އެ ޖަނަވާރުތައް ގެންގުޅުުމަަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

ދާދިި ފަހުން އެފަދަ ބިިރުކުޑަ ދެ މީހެއްގެ ވާހަކަ އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެއީ އަނިޔާވެފައި އޮތް ލެޕާޑެއްގެ ފުރާނަ ސަލާމަތް ކުރަން އަމިއްލަ ފުރާނަ ނުރައްކަލަށް ހުޅުވައިލި ބިރުކުޑަ ދެ މީހުންގެ ވާހަކައެވެ.

ސެކިއުރިޓީ ގާޑުންގެ ގޮތުގައި މަސައްކަތް ކުރާާ އެ ދެމީހުންނަށް، އަނިޔާ ވެފައި އޮތް ލެޕާޑު ފެނުނީ ޑަކްޝީނީ ޗައުކް ރޭންޖް ނަމަކަށް ކިޔާ ސަރަހައްދަކުންނެވެ. އެ ޖަނަވާރު އެ ހާލުގައި އޮތްތަން ފެނުމާއެކު އެ ދެމީހުން ވަނީ މަތީ މަގާމުތަކުގައި ތިބި ފަރާތްތަކަށް ގުޅައި ކަންތައް ކުރަންވީ ގޮތް އޮޅުންފިލުވާފައެވެ.

އެ ދެ ގާޑުން އެންމެ ފުރަތަމަ އެދުނީ ލެޕާޑު އަޅައިގެން ހޮސްޕިޓަލަސް ގެންދާނެ ކޮށްޓެއް ހޯދުމަށެވެ. ނަމަވެސް އޭތި އޮތް ހާލު މާ ބޮޑަށް ގޯސްވުމުން އެމީހުން ނިންމީ މާ ގިނަ އިރު މަޑު ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން، އެ ދެމީހުން ދުއްވަން ހުރި ސައިކަލު މައްޗަށް އަރުވައިގެން ލެޕާޑް ޖަނަވާރުގެ ކަންކަމާ ބެހޭ ހޮސްޕިޓަލަކަށް ގެންދިޔައެވެ.

އެ ލެޕާޑުގެ ކިބައިން ލިބިދާނެ ޒަހަމްތަކަށް ބެލުމެއް ނެތި އޭގެ ފުރާނަ ސަލާމަތް ކުރަން އުޅުމުން ގިނަ ބައެއްގެ ތައުރީފު އެމީހުނަށް ވަނީ ލިބިގެންގޮސްފައެވެ. އަދި އެ ދެމީހުންގެ ހިތްވަރުގަދަކަމާއި ހިތްހެޔޮކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ލެޕާޑުތައް އިންސާނުންނަށް ޢާންމުކޮށް ހަމަލާދީ އުޅޭ ސަރަހައްދެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެހެންވިމަަ އެމައްސަ

    • މަބޫ

      ބުރޯ.. ތަންކޮޅެއް ސާފުކޮއް ބުނެބަލަ