އިނގިރޭސިވިލާތުގައި ފިރިހެނަކު ކަސްބީ އަންހެނުންނަށް ފައިސާ ޙަރަދުކުރާކަން އޭނާގެ އަނބިމީހާ އަށް ފަޅާ އެރުމުން، އެ ދެމަފިރިންގެ 2 ފިރިހެން ދަރިން މަރާލުމަށް ފަހު ފިރިމީހާވެސް އަމިއްލަ އަށް މަރުވެއްޖެއެވެ.

2011 ވަނަ އަހަރު ކައިވެނި ކުރި މި ދެމަފިރިންނަށް ދެ ފިރިހެން ދަރިން ލިބުނު ނަމަވެސް، 2016 ވަނަ އަހަރުގައި ދެމަފިރިންގެ ކައިވެނި ވަނީ ރޫޅިފައެވެ. އެއީ މރ. ސްޓޯކް ނެޓު ބޭނުންކޮށްގެން ކަސްބީ އަންހެނުން ހޯދަން މަސައްކަތް ކޮށްފައިވާކަން އޭނާގެ އަނބިމީހާ އަށް ފަޅާ އެރުމުންނެވެ.

ލޮޓަރީ އިން މރ. ސްޓޯކަށް 40،000 ޑޮލަރު ނުވަތަ 616,000 ދިވެހި ރުފިޔާ ލިބުނު ނަމަވެސް މރ. ސްޓޯކަށް އެ ފައިސާ ލިބުނުކަން އޭނާ ވަނީ އަނބިމީހާ އަށް ސިއްރުކޮށްފައެވެ. އެ ފައިސާ އިން ކާރެއް ގަތުމަށް ފަހު ބާކީ ހުރި ފައިސާ އޭނާ ޙަރަދު ކުރީ ކަސްބީ އަންހެނުންނަށެވެ.

މިކަންތައްތަކާއި ބެހޭގޮތުން ސްޓޯކުގެ އަނބިމީހާ އޭނާ އާއި ސުވާލު ކުރުމުން އޭނާ ވަނީ ދެ ފިރިހެން ދަރިން ކޮޓަރި އަށް ވައްދައި މަރާލާފައެވެ. ދެން އޭނާ މަސައްކަތް ކޮށްފައި ވަނީ އަނބިމީހާ މަރާލާށެވެ. އެގޮތުން އަނބިމީހާ ގަޔަށް ވަޅި ޖެހިއެވެ. ނަމަވެސް އޭނާ ވަނީ ހަނި ގޮތަކުން ސްޓޯކް ކައިރިން ސަލާމަތްވެެ، އެތަނުން ފިލާފައެވެ.

މިހެން ކަންތައް ވުމުން ސްޓޯކް ވަނީ އޭނާގެ އަމިއްލަ ގަޔަށް ވަޅި ޖަހައި މަރުވެފައެވެ. ފުލުހުން އައިސް ދެ ކުދިން ކޮބައިތޯ ބެލިއިރު އެ ދެކުދިން ތިބީ އެނދުމަތީގައި އަތް ގުޅުވައިގެން މަރުވެފައެވެ. ޑޮކްޓަރުން ބުނެފައި ވަނީ އެކުދިން މަރުވީ މާ ބާރަށް ކަރުގައި ހިފުމުން ކަމަށެވެ.

މިިއީ 2016ވަނަ އަހަރު ހިނގި ހާދިސާ އެއް ނަމަވެސް މި ހާދިސާ ހިނގައި ދިޔަގޮތުގެ ވާހަކަ ސްޓޯކްގެ އަނބިމީހާ ކޯޓުގައި ކިޔާދީފައި ވަނީ މި ހަފްތާ ތެރޭގައެވެ.