ޓިކްޓޮކް އަކީ ގިނަ އަދަދެއްގެ ދިވެހިންތަކެއްވެސް މުނިފޫހިފިލުވުމަށްޓަކައި ބޭނުން ކުރާ އެއްޗެކެވެ. ޓިކޮކް އަށް ތަފާތު އެކިއެކި ވީޑިއޯތައް އަޕްލޯޑު ކޮށްގެން އާއްމުންގެ ސަމާލުކަން މީހުން ހޯދާ އިރުގައި މިހާރު ޓިކްޓޮކްގެ އެންމެ ކުރީގައި އުޅޭ ފަންނާނުންގެ ތެރޭގައި ހިމެނެނީ ވަރަށްވެސް ޒުވާން އަންހެން ކުއްޖެކެވެ.

އެމެރިކާ އަށް ނިސަބަތްވާ އުމުރުން 15 އަހަރުގެ ޗާލި ޑި އާމީލިއޯ ޓިކްޓޮކަށް އެންމެ ފުރަތަމަ ލާފައި ވަނީ ނެށުމެއްގެ ކޮރެއޯގްރަފީ ވީޑިއޯއެކެވެ. ވަރަށް "ސިމްޕަލް" އެ ވީޑިއޯ 2 މިލިއަނަށް ވުރެން ގިނަ މީހުން ބަލާފައި ވާއިރު، އެހިސާބުން އޭނާ ދަނީ ހަމަ ކުރިއަށްކަން ފާހަގަކޮށްލެވެއެވެ.

ހުނަރުވެރި އެތައް ބަޔަކު އުޅޭ ޕްލެޓްފޯމެއްގައި މިލިއަނުން ފޮލަވަރުން ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް އާމީލިއޯ މިކަން ކުރީ ވަރަށްވެސް ފަސޭހަކަމާއި އެކުގައެވެ. މިހާރު އޭނާގެ ފޮލަވަރުންގެ އަދަދު 6.2 މިލިއަނަށް ވުރެން މަތީގައި އުޅޭއިރު، ކޮންމެ ދުވަހަކުވެސް އޭނާ އަށް އެތައް ހާސް ފޮލަވަރުންތަކެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

"ވަރަށް ބޮޑު ސަމާލުމަކެއް ލިބޭ މީހުންގެ ފަރާތުން. އަސްލު ނޭނގޭ ކީއްވެކަމެއް މީހުން އަހަރެންގެ އެކައުންޓު ފޮލޯ ކުރަނީ އެހެން އެކައުންޓުތައްވެސް ހުންނައިރު. ކޮންމެއަކަސް ވަރަށް އުފާވޭ" އަމީލިއޯ ބުނެފައިވެއެވެ.

އަމީލިއޯގެ އެކައުންޓު ހޯދަން ބޭނުންވާނަމަ އޭނާގެ ނަން ޖަހާފައި ޓިކްޓޮކް އެޕުގައި ސާޗު ކުރާށެވެ.