އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދުނިޔެ އެ އެއްޗެއް ވަށައި އެނބުރެމުންދާ އިރަކީ އަޅުގަނޑުމެން އިންސާނުންނަށް ވަރަށްވެސް މުހިންމު އެއްޗެކެވެ. އެންމެ 24 ގަޑިއިރަށްވިޔަސް އިރުގެ އަލިކަމާއި ހޫނު ދުނިޔެއަށް ނުލިބި ހިނގައްޖެނަމަ އިންސާނުންނަށް ދިރުއުޅުމަކީ ވަރަށްވެސް އުނދަގޫ ކަމަކަށް ވެގެންދާނެއެވެ.

އިރު ކުއްލިއަކަށް ގެއްލިއްޖެނަމަ 8-9 ވަރަކަށް މިނެޓް ތެރޭގައި މުޅި ދުނިޔެއަށް އަނދިރިކަން ވެރިވެގެންދާނެއެވެ. އަޅުގަނޑުގެމެންގެ މި ދުނިޔެއާއި ގާތުގައި އޮންނަ ހަނދުވެސް އަޅުގަނޑުމެންނަށް ނުފެންނާނެއެވެ. ސަބަބަކީ އަޅުގަނޑުމެންނަށް ހަނދު ފެންނަނީ އިރުގެ އަލި އެޔަށް އެޅުމުންކަމަށް ވާތީއެވެ. އެކަމަކު އަޅުގަނޑުމެންނަށް ކާއިނާތުގައި ދުނިޔެއާއި ކައިރީގައިވާ ގިނަ ތަރިތައް ފަސޭހަކަމާއިއެކު ހަމަލޮލަށް ފެންނާނެއެވެ.

އިރު ނެތުމުން ކުރިމަތިވާނޭ އެންމެ ބިރުވެރި ކަމަކީ ފޮޓޯސިންތެސިސްގެ ޕްރޮސެސް ހުއްޓުމެވެ. މި ޕްރޮސެސް އަކީ ގަސް އަދި ސައިނޯ ބެކްޓީރިޔާ، އިރުގެ އަލި ބޭނުންކޮށްގެން އަޅުގަނޑުމެން އިންސާނުންގެ އިތުރުން އެހެން އެތައް ޖަނަވާރުތައް ނޭވާލުމަށް އަދި ދިރިހުރުމަށް ބޭނުންކުރާ އޮކްސިޖަން އުފައްދާ ޕްރޮސެސްއެވެ. އިރު ނެތުމާއިއެކު މި ޕްރޮސެސް ހުއްޓިއްޖެނަމަ އިންސާނުންނަށާއި ދިރޭ އެހެން އެއްޗިހި ދިރިހުރުމަށް ކޮންމެހެންވެސް ބޭނުންވާ އޮކްސިޖަން ނުލިބޭނެއެވެ.

24 ގަޑިއިރު ނުވަނީސްވެސް ދެން ފެނިގެންދާނީ ދުނިޔޭގެ އެތައް ސަރަހައްދަކަށް ކަރަންޓު ހަކަތަ ލިބުން ހުއްޓިގެންދާ ތަނެވެ. އަދި ދުނިޔޭގެ ޖައްވު ފިނިވާންވެސް ފަށާނެއެވެ. މިއާއިއެކު ގިނަ ދިރޭ އެއްޗިހި ދިރިއުޅުމަށް ދަތިވެ މަރުވުމަށް މާ ގިނަ ދުވަސްތކެއް ހޭދައެއްނުވާނެއެވެ. މިއީ އަޅުގަނޑުމެންގެ ދުނިޔެ ހިމެނޭ ސޯލާރ ސިސްޓަމްގެ އިރު އެންމެ 24 ގަޑިއިރަށް ގެއްލިއްޖެނަމަވެސް ވާނޭ ގޮތެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމާއިމެދު ފިކުރުކޮށްލަމާތޯ؟

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެންދެރި

    ﷲ އަކްބަރު .

    45
    1
  2. ބިރުވެރި

    ސުބުހާނަﷲ. ވިސްނާ ފިކުރު ކޮއްލަބަލަ.

    34
  3. ހުސޭނުބޭ

    އައްދެ! އަހަރެމެންގެ ތެރެއިން މިހާރުވެސް ސަންރައިޒް ބަލާމީހުންނަށް ތި ފެންނަކަމަކަށް ނުވޭ! އެކަހަލަ ބީތާއެއް އިންނާނެ ރިޔާސަތުގައިވެސް!

    11
  4. ބުޝްރީ

    ތެދު ވާހަކައެެއް. ނަމަވެސް އަޅުގަނޑު ހަމަ ހިތަށް އަރަނީ އިރު ހަމަ ހުރެފަ ގެއްލިދާނެހޭ؟ ސައިންސަށް ބަލާއިރު އިރު އެދަނީ ދުވަހަކުން ދުވަހެއް ހޫނުވަމުން.. އެންމެ ގާތީ އިރު ގެއްލުމަށްވުރެ ބޮޑަށް އިރު ހޫނު ވެގެން ގޮވުން. ޢެފަދަ ހާލަތެއްގަ އިރާއި އެންމެ ކައިރީގަ ހުރި ހުރިހާ ދުނިޔެތަކެއް ފަނާވެގެން ދާނެ

    5
    1
  5. ކޮސް

    ތީ ރަނގަޅު ސުވާލެއް މި ގަމާރު ޖާހިލުންނާ ކުރަން

    8
    1
  6. ސްނޯ

    މި ދުނިޔެން ކަރަންޓް ހިނގަ އްޖެނަމަ... ހިހިހި

    1
    9
  7. ާއަމްސޫދާ

    ﷲއަކްބަރު

    13