މިހެން އުޅޭ އުޅުމުގައި ގާތް ތިމާގެ މީހުންނަށާއި އެކުގައި އުޅޭ ރަހުމަތްތެރިންނަށް ފައިސާގެ ލޯނުތައް ދޭން ޖެހޭ ފަހަރުތައް އާދެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ، މިކަންކަމުގެ ސަބަބުން ގާތް ގުޅުންތައް ކެނޑެން މެދުވެރި ވާތީއެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުގައި މިކަމާއި ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައި މީހުންނަށް ފައިސާ ލޯނެއްގެ ގޮތުގައި ދިނުމުގެ ސަބަބުން، ފައިސާ ހޯދަން ޖެހުނީ ވަރަށް އުނދަގުލުން ކަމަށް 47 އިންސައްތަ މީހުން ބުނާއިރުގައި 37 އިންސައްތަ މީހުން ބުނަނީ ފައިސާ ނުލިބޭ ކަމަށެވެ. އަދި 21 އިންސައްތަ މީހުން ބުނާ ގޮތުގައި ފައިސާ ނެގި މީހާ އާއި އޮންނަ ގުޅުމަށް ވަނީ ބުރޫއަރާފައެވެ.

މިއީ ހަގީގަތުގައިވެސް ކަންތައް ވަމުން އަންނަ ގޮތެވެ. އެހެންކަމުން ކިތަންމެ ގާތް މީހަކަށް ވިޔަސް، ފައިސާ ދިނުމުގެ ކުރިން މިކަންކަމަށް ވިސްނާލާށެވެ. އަދި ދެފަރާތުން އެއް ތަނެއްގައި ތިބެ ފައިސާ ނުދެވިއްޖެ ނަމަ ތި ގުޅުމަށް ބުރޫ އަރާނެ ކަމާއި އެހެން ވާން ބޭނުން ނުވާކަން ބަޔާން ކުރާށެވެ. މިއީ ފަހަރެއްގައި ކުރަން އުނދަގޫ ކަމަކަށް ވެދާނެއެވެ.

ނަމަވެސް، ތިމާ އިހްތިޔާރު ކުރާނީ އުނދަގޫ ކަމެއް ކޮށްގެން ފަސޭހަވުން ނުވަތަ ފަސޭހަ ގޮތް އިހްތިޔާރު ކޮށްގެން އުނދަގޫވުން ހެއްޔެވެ؟ ކޮންމެ މީހަކުވެސް ލޯނު ބޭނުންވާނެއެވެ. ނަމަވެސް އެ ދިނުމުގެ ކުރިން މިކަންކަން ކުރާށެވެ. ބޮޑެތި އަދަދުތަކުން ލޯނު ދޭނަމަ ގާނޫނީ ފަރާތްތައް މެދުވެރިކޮށް އެގްރިމެންޓެއް ހަދާށެވެ. އެއީ ކިތަންމެ ގާތް މީހެއް ވިޔަސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހޫ...

    ޖޮބެއްގަ އުޅޭ މީގެއްތޯ ބެލުން ފުރަތަމަ ކަމަކަށް.
    ލިބޭ މުސާރައިގެ ބޮޑުބައެއް ކުއްޔަށްތޯ ދެނީ ބެލުން.
    ލޯނު ހޯދަނީ ކީއްކުރަންތޯ ބެލުން.
    ފައިސާ އަނބުރާދޭނެ ކަމުގެ ކިހާގެރެންޓީއެއްތޯ އޮތީބެލުން
    ލޯނު އަނބުރާދައްކާނީ ކޮންއުސޫލަކުންތޯ ބެލުން. އެއްފަހަރާތޯ ނޫނީ ކިހާވަރަކުންތޯ
    ލޯނުމައްޗަށް ލޯނުބަގާމީއްހެއްތޯ ބެލުން މީސްމީހުންއަތުން
    ލޯނުނަގަނީ ކިހާވަރެއްގެ ޒަރޫރީ ބޭނުމަކަށްތޯ ބެލުން
    ކީތަށްމެ ގާތްމީހުންގެ ތެރަެގައިވެސް ރަނގަޅު މީހުން ތިބެދާނެ. އީންމާންތެރިކަން ހުރިވަރެއްގެ މައްޗަށްބުރަވެ ލޯނުދިނުން ރަނގަޅު. މިޝަރުތަކާ އެކު އަމިއްލަ ނަފްސަށް ގެއްލުމެއް ނުވާނެ ކަމަށް ބެލެވޭނަމަ ފަހުން ދައްކާގޮތަށް ލޯނުދިނުމަކީ ވެވޭ އެހީއެއް. ޢެހެނީ
    ﷲއަށް ބިރުވެތިވާ މީހުން ލޯނު އަނބުރާދައްކާނެ
    .

    10