ބ. އޭދަފުއްޓަށް އުފަން އުމުރުން 24 އަހަރުގެ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު ކައިވެނިކޮށްފިއެވެ.
ހަމްޒާ ރޭ ކައިވެނިކޮށްފައިވަނީ، ހދ. މަކުނުދޫ އަށް އުފަން ޢާއިޝަތު ޝަހުމާ އާ އެވެ. ހަމްޒާގެ ކައިވެނީގެ ހަފްލާގެ ޕާޓީ ބާއްވާފައިވަނީ ތާޖުއްދީން ސްކޫލުގައެވެ. މި ޕާޓީގައި ފުޓްބޯޅަ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ވަނީ ބައިވެރި ވެފައެވެ.
2014 ވަނަ އަހަރުން ފެށިގެން ނިއު ރޭޑިއަންޓްގައި މަސައްކަތް ކުރަމުން އައި ހަމްޒާ، އެ ކްލަބު ދޫކޮށް މިއަހަރުގެ މާޗް މަހުގައި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އާ ގުޅިފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ހަމްޒާ އަކީ 2015 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމްގައި ބަރާބަރަށް ހިމެނެމުން އަންނަ ކުޅުންތެރިއެކެވެ. އޭދަފުއްޓަށް އުފަން ހަމްޕު ވަނީ ރަށުގެ ޓީމާއެކުވެސް ޔޫތު މުބާރާތުގައި ވިދާލާފައެވެ.
ހަމްޒާއަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ ސްކޮޑުގެ ފުރަތަމަ 11 އިން ޖާގަ ކަށަވަރު ކުރަމުން އަންނަ ރާއްޖޭގައި މިވަގުތު ތިބި ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ހަމްޒާ ވަނީ "ހަވީރު ސްޕޯޓްސް އެވޯޑްސް" ގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ.
ހަމްޒާ ރޭ ކައިވެނި ކުރި އިރު، އަންނަ މަހު އެއް ވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތު އޭޝިއަން ގޭމްސް ގައި ރާއްޖެއިން ބައިވެރިވާ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ގުޅުމަށް މާދާމާގެ ވަގުތެއްގައި އޭނާ ފުރާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.
ހެދުން ބިންމަތީގަ ދެމުމަކީ ސައިތޯނާ ވާގިދޭކަމެއް
ކަލޭމެނަށް ފަތުވާއެއް ނެރިނުލާ 2 ނޭވާވެސް ނުލެވޭދޯ
ޕޮގުބާގެ ބޮލުގެ ޖައްސާ ކުލަތަކާއި ޖަހާހާ ހެއަރ ކަޓު ތަކަކީ ސައިތޯނީ ކަންތަކެއްތޯ،،،،
ކޮންމެ މެޗަކަށް ވަކި ސްޓައިލެއް ބޮލުގަ ހުންނަނީ...
ވޯލްޑްކަޕް ލިބުނަސް ޕޮގުބާ އިލްމުވެރި އަކަށް ނުވެދާނެ
ޢަނބި ގޮއްޔެ އިންނާނެ ދެން ދަންޑިއެއް ހިފާގެން ގޭގަ??
24 އަހަރުގެ މީހަކު 23 އަހަރުން ދަށުގެ ޓީމާ ގުޅެން ؟؟؟ ???
ތަނެއް ދޮރެއް ނޭނގުނަސް ކޮމެންޓްކުރަން ވާނެ!1
23 އަހަރުން މަތީގެ 3 ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު އޮވޭ...
އެގޮތުން ހަމްޒާ އަށް ފުރުސަތު ލިބުނީ..
ފެންނަ ކޮންމެ ތަނަކަށް އަގަ ބާނާތި އެއްޗެއް ނޭގުނަސް
އަނގަ ބޭނީމަތާ ވާނުވާ މި އެނގުނީވެސް ދޯ.. ޝުކުރިއްޔާ..
ތިޕާޓީގަ ގިނައިން ބައިވެ ރިވީ ސައިތާނުން ސަބަބް އެގޭގެ.އަހެންކުއްޖާގެ ހެދުމުގެ ފަސްބަޔަށް ބަލާލީމަ
23 އަހަރުން ދަށުގެ މީހެއް ތީ؟؟؟ ގައިމް ހީވަނީ 30 އަހަރު ވެދާނެހެން..
ޢަދުރޭ ބޮލަށް ސަވާރު ވެފައި އިންނަނީ ވެސް ތިބުނާ ވައްތަރު އެއްޗެއް
ކޮބާ ފާތުމަ ލިއް ﷲ އަށް ޓަކައި މިހާރު ހިތާނީ ކޭމްޕް ނުބާއްވަނީތޯ
ހުނަ ރު ތިހި ރީ މަތިމައްޗަށް ހަރާމް ވާކަމެއް