ބެންގަލްގެ ރޭލްވޭ ސްޓޭޝަންގައި ކިޔާލި އެންމެ ލަވައަކުން އެތައް ބައެއްގެ ސަމާލުކަން ހޯދި ރާނޫ މަންޑެލްއަށް ގިނަ ބައެއްގެ މަލާމާތް އަމާޒުވަމުން ދިއުމާއި ގުޅިގެން ދިފާއުގައި އޭނާގެ އަންހެން ދަރިފުޅު ނިކުމެއްޖެއެވެ.

އިންޑިއާގެ ކޮލްކަޓާ އުފަން އުމުރުން 59 އަހަރުގެ ރާނޫ މޮންޑަލް، މަޝްހޫރުވުމުން "ކިބުރުވެރިވެއްޖެ" ކަމަށް ބުނެ އެނާއަށް އަަށް މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ގަނާ ކުރަމުންނެވެ. ގަނާގެ ޝިކާރައަކަށް ރަނޫ ފުރަތަމަ ވެގެން ދިޔައީ އޭނާގެ ފޭނަކު އޭނާއާއި އެކީ ސެލްފީއެއް ނަގަން އެދުމުން ދެކޮޅު ހަދައި ދުރު ކުރި މަންޒަރުން، ގިނަ ބަޔަކު އޭނާއާއި މެދު ދެކެމުން އައި ގޮތް ބަދަލުވުމުންނެވެ. މި މަންޒަރު ވަގުތުން މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

އޭގެ ފަހުން ރަނޫ އާއި މީހުން "ޖައްސާލާފައި" އުޅުނީ އޭނަ ދާދި ފަހުން އޭނާގެ ނަމުގައި ބޭއްވި ސޯޝަލް އިވެންޓަކަށް ދިއުމަށް ކޮށްފައިވާ މޭކްއަޕެއްގެ ސަބަބުންނެވެ. އެގޮތުން މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ އިން ފެންނަ ގޮތުގައި އޭނާ ހުންނަނީ އަގުބޮޑު ލެހެންގާއެއް ލައިގެން އަދި އެހާމެ އަގުހުރި ގަހަނާތަކެއް އަޅައިގެންނެވެ.

ރަނޫގެ ދިފާއުގައި އޭނާގެ އަންހެން ދަރިފުޅު އެލިޒަބަތް ސާތީ ނުކުމުފެއިވަނީ މީސްމީޑީއާގައި އޭނާގެ މަންމައާއި ގިނަ ބަޔަކު "ދިމާކުރަމުން" އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން އެލިޒަބަތް ބުނެފައިވަނީ އޭނާގެ މަންމައަކީ ކުރިން ވަރަށް ހާލުގައި އުޅުނު މީހެއް ކަމަށާއި ކާމިޔާބުގެ ރަހަ ދުލުގެ ކޮޅަށް ލިބިފައިވާއިރު މިހާރު ފެނިގެންދަނީ އެކަން ފަނޑުކޮށްލަން ބަޔަކު މީހުން އޭނާއަށް ފުރައްސާރަ ކުރަމުން އަންނަ މަންޒަރު ކަމަށެވެ.

އޭނާގެ އެ ފޮޓޯއަށް ގިނަ ފަރާތްތަކެއްގެ މަލާމާތް ރައްދުވެފައިވާއިރު އެމޭކަޕް ކުރި ފަރާތުން ބުނެފައިވަނީ ދައުރުވަމުން އަންނަނީ ފޭކް ފޮޓޯއެއް ކަމަށެވެ.

އެލިޒަބަތް ބުނީ، އޭނާގެ މަންމައަށް ފުރަތަމަ މީހުންގެ ފަރާތުން މަލާމާތް ރައްދުވާން ފެށީ ސެލްފީ ނަގަން އައި މީހާ ދުރު ކުރި ހިސާބުންކަން އެނގޭކަމަށެވެ. އެހެން ނަމަވެސް އޭނާގެ މަންމަ މީސްމީޑިއާގައި މަޝްހޫރު ނުވި ނަމަ، އެ މަންޒަރު މީސްމީޑިއާގައި ދައުރު ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެލިޒަބަތް ބުނެފައިވަނީ އޭނާގެ މަންމަގެ ދިފާއުގައި އޭނާ އަބަދުވެސް ހުންނާނެ ކަމަށާއި އޭނާގެ މަންމަ ދާނީ މިއިޒިކުގެ ދާއިރާގައި ވިދަމުން ކަމަށެވެ.

ރާނޫ އަށް ލިބިފައިވާ ރީތި އަޑުގެ ސަބަބުން މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑިރެކްޓަރ ހިމޭޝް ވެސް ވަނީ އާޝޯހުވެފައެވެ. އަދި އޭނާ ވަނީ ރަނޫ ލައްވައި "ހެޕީ ހަރްދީ އެންޑް ހީރް" އަށް ލަވައެއްވެސް ކިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްގުޑުވާލި

    ކިތަންމެ ހާލުގަ އުޅުނު ކަމުގައި ވިޔަސް ނަސީބު އައިސް އަތުގަ ހިފި ދުވަހު ކުއްޅަވައްފަލު ރަނިންނައްވީމަ މަލާމާތް ކުރާނެ އެންމެންވެސް.. ކުރިން އުޅުން ހާލު ހަނދާންނެތި ބޮޑާވެ ކިބުރުވެރިވީ... މަގޭ ޚިޔާލު ?

    23
    1