އަންހެނުންގެ އަދި ފިރިހެނުންގެ ހަށިގަނޑުގައި ވެސް ދަރިފަންޏާއި ދެކޮޅަށް ހަމަލާ ދިނުމަށްޓަކައި ދިފާއީ ނިޒާމުން ހާއްސަ މާއްދާއެއް އުފެއްދުމަކީ އެކަށީގެންވާ ކަމެކެވެ. މިމާއްދާއިން ދަރިފަނި މަރާލުމަށްޓަކައި ކުރާ ހަގުރާމައަށް ކިޔަނީ ދަރިފަންޏަށް އެލާޖިކުވުމެވެ.

މިގޮތަށް އެލާޖިކްވަނީ ދަރިފަނި އުފައްދާ ފިރިމީހާގެ އަމިއްލަ ހަށިގަނޑުން ކަމުގައިވާނަމަ ރަހިމަށް ދަރިފަނި ދިޔުމުގެ ކުރިން މަރުވެއެވެ. ނުވަތަ ބަލިކަށިވެއެވެ. ވުމާއެކު އަނބިމީހާ ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ކުޑަވެގެންދެއެވެ.

ހަމައެފަދައިން ދަރިފަންޏަށް އެލާޖީވަނީ އަނބިމީހާގެ ސަބަބުންނަމަ އަނބިމީހާގެ ރަހިމަށް ދަރިފަނި ދިޔުމާއެކު އެ މަރާލުމަށް އަނބިމީހާގެ ދިފާއި ނިޒާމުން މަސައްކަތް ފަށައެވެ. ވުމާއެކު ބަލިވެ އިނުމުގެ ފުރުޞަތު މިކަމުގެ ސަބަބުން ކުޑަވެގެން ދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަލިވެއިންނަ ދެމަފިރިންގެ ތެރެއިން %2 މީހުން ދަރިފަންޏަށް އެލާޖިކްވެއެވެ. ދަރިފަންޏަށް އެލާޖިކްވުމާއި އެކުވެސް ބަލިވެ އިންނަ މީހުން ތިބެއެވެ. އަދި ބަލިވެ އިނުން ލަސްވާ މީހުންގެތެރެއިން %20 ނުވަތަ %40 މީހުންނަކީ ދަރިފަންޏަށް އެލާޖިކްވާ މީހުންނެވެ.

ދަރިފަންޏަށް އެލާޖިކްވާކަން އެނގޭނެ ހާއްސަ އަލާމާތެއް ނުހުރެއެވެ. އެހެންކަމުން އެކަން ދެނެގަތުމަށްޓަކައި ކުރެވެން ހުންނަ ޓެސްޓުތައް ކުރުމަކީ ރަނގަޅު ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ޝާނީ އެލާޖިކް ވޭތަ ދަރިފަންޏައް

    20
    4
  2. ޕޮގުބާ

    މަމިއުޅެނީ ދަ ރިފަންޏަށް އެލާޖިކް ވާތީ

    10
    5
  3. ލޮލް

    ނުބޯތި. އެލާޖިކް ވެދާނެ

    22
    5
  4. މާމިގިލީ މީހާ

    ރީދޫ ކުލައިގަ ހުންނަ އެއްޗެހި ނުބޯތި. އެލާޖިކު ވާނެ. ކުނިވެފަ އެހެރީ. ގިނަދުވަސް ވެގެން.

    9
    1
    • XD

      އައްޗި!!?

      5
      3
  5. ކޮތަރު

    ދެމްފިރިން ބަލިވެ އިނދޭތަ؟

    7
    2
  6. ސަމާ

    ކޮންމެރެއަކު ވެސް ގރީން އަދި ވައިޓް އެކި ދިމާލުން ލިބޭ އަދި އެލާޖީ ނުވޭ

    1
    1