މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ވެސް ލީކުކޮށްލައިފިއެވެ.

ފިލްމް "ނިވައިރޯޅި" ޔޫޓިއުބަށް ލައިފައިވަނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެފިލްމު ޔޫޓިއުބަށް ލުމާއެކު ގިނަ ބަޔަކު ދަނީ ބަލަމުންނެވެ، އެގޮތުން މިހާތަނަށް 24،218 މީހުން އެފިލްމު ބަލައިފައިވެއެވެ.

ނިއުމާގެ މިފިލްމަކީ ގިނަ ބަޔަކު ބަލައިގަތް ފިލްމެކެވެ. އެގޮތުން މި ފިލްމު ބެލި ގިނަ ބަޔަކު ވަނީ ނިއުމާ އަދި ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ފަންނާނު ޔޫސުފް ޝަފީއު (ޔޫއްޕެ) ދެއްކި މޮޅު އެކްޓިން އަށް ތައުރީފް ކޮށްފައެވެ.

ނިވައިރޯޅިން ނިއުމާ ފެނިގެންދަނީ ބުއްދިހަމަނުޖެހޭ މީހެއްގެ ރޯލުންނެވެ.

ނިވައިރޯޅީގެ އިތުރުން ހަގީގީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ދިވެހި ފިލްމު "ލީނާ" ވެސް މީގެ ކުރިން ވަނީ ލީކުކޮށްލާފައެވެ. ލީނާ މީގެ ލީކު ކޮށްލުމާއި އެކު ޔޫޓިއުބުން އެފިލްމު ޑިލީޓު ކުރުވާފައެވެ. އެހެން ނަަމަވެސް އަނެއްކާވެސް އެ ފިލްމް އަނެއްކާވެސް ވަނީ އަލުން ޔޫޓިއުބަށް ލައިފައެވެ.

"ލީނާ" އަކީވެސް އެތައް ބުރަ މަސައްކަތަކާއި އެކު ފިލްމީތަރި މުއާ ނެރުނު ތަފާތު ފިލްމެކެވެ. އެފިލްމަށް "ނިވައިރޯޅި" އަށްވުރެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

ނިވައިރޯޅީގެ ތަރިންގެ ތެރޭގައި، ޔޫސުފް ޝަފީއު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، ޒީނަތު އައްބާސް، އައިމިނަތު ރިޝްފާ، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހުމަދު އަޒްމީލް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާތުން

    ބައިސްކޯފްގައި އެބަހުރި ހުރިހާ އެއްޗެއްވެސް ?

    12
    1
  2. Anonymous

    ނިވައިރޯޅި ޔޫޓިއުބުގައި އިންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ

    13
  3. ބޮޑު ހަސްންބެ

    ބަލަ ތި ފިލްމްމް ބައިސްކޯފް އަށް ލީތާވެސް ކޮން ދުވަހެއް. އެހެން ނޫނަސް ލީކުކޮއްލީމަ ބަލާވަރުގެ ފިލުމެއްވެސްނޫން. ހަޔާތުގަ ބެލި އެންމެ ހަޑި ފިލްމް .

    26
    1
    • Anonymous

      ހަމަ އަސް ލު ވެސް

  4. ސުނީތާ

    ދެން ފަހެ ނިއުމާގެ އެންމެ ފަހު ފިލްމުގަ ނިއުމާއަށްވުރެ ޔޫއްޕެގެ އެކްޓް މޮޅުވެފަ ޔޫއްޕެ ކުޅެފަ ހުރި މަންޒަރުތަށްގިނަކަން ފާހަގަކޮއްލެވެއެވެ.

  5. ދޯ

    ތިހާ ބުރަ ބޭކާރު މަސައްކަތް ނުކޮށް ބަލަ

  6. ކުޑަބަޖަރާ

    ނިއުމާގެ ނިވައިތަންތަން ލީކުކޮށްފައިވާ އިރު ނިވައިރޯޅި ލީކް ވުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއްނޫން.

    11
  7. ޝާހް

    ވަގަށް ގެންހުޅޭ ހުރިހާ ތަނެއްގަ ހުއްދަ ނުހޯދާ ގެންގުޅޭނެ