މީސްމީޑިއާ މެދުވެރިކޮށް ދިވެހި ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގުން ފުޅާ ދާއިރާއެއްގައި އިސްތިހާރުކޮށް، އެކަމަށް ބާރުއަޅަން ފަށައިފިއެވެ.

އިންސްޓަރގްރާމް އެކައުންޓެއް މެދުވެރިކޮށް އޭނާ ވަނީ އެއްޖިންސުން ގުޅުން ހިންގުން އިސްތިހާރު ކުރުމަށް، އެކަމަށް ބާރުދޭ އެތައް މެސެޖެއް ހިއްސާކޮށްފައެެވެ. އަދި އޭނާގެ އެކައުންޓަށް މަދު ބަޔަކު ފޮލޯ ކުރި ނަމަވެސް އެ އެކައުންޓް ބޭނުންކޮށްގެން އޭނާ ދަނީ އެތައް ބަޔަކު ފޮލޯކޮށް އެކަން މުޅި މުޖްތަމައުގައި ފެތުރުމަށް މަސައްކަތް ކުރަމުންނެވެ.

އެ އިންސްޓަރ އެކައުންޓްގެ ބައޯގައި ލިޔެފައި ވަނީ ދިވެހި ރާއްޖޭގެ ގިނަ ބަޔަކަށް މާތް ﷲ ނަހީ ކުރެއްވި އެކަމާއި ގުޅޭގޮތުން ކިޔަވައިދިނުމަކީ އޭނާގެ މަގްސަދެއް ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދެނެގަންނަން ބޭނުންވާ މީހެއް ނަމަވެސް އޭނާ އަށް މެސެޖެއް ކޮށްލުމުން އެކަން ކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން، އެފަދަ އެއްވެސް މައްސަލައެއް ބަލަމުން ދޭތޯ "ވަގުތު" އިން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

އެ އެކައުންޓަކީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެފަދަ ޕޯސްޓުތައް ކުރަމުން އަންނަ އެކައުންޓެކެވެ. މިހާތަަނަށް އެ އެކައުންޓުން 40 އަށްވުރެ ގިނަ ޕޯސްޓު ކޮށްފައިވާއިރު 1،094 މީހުންނަށް ވަނީ ފޮލޯކޮށްފައެވެ. އެ އެކައުންޓަށް 221 މީހުން މިހާތަނަށް އެބަތިއްބެވެ.

ފަހަކަށް އައިސް އިސްލާމްދީނާއި ހިލާފު ކަންކަން ކުރުން ރާއްޖޭގައި އަންނަނީ އާއްމުވަމުންނެވެ. ނަމަވެސް އެފަދަ ކަންކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ހުސެން

    އެލްޖީބީޓީ ފޯރަމެއް ގައި އިނގިރޭސިވިލާތުގައި އޮތެވެ،އެ ތަނުގައި މިހާރުގެ މަޖުލީހުގެ ރައީސް އެ ފޯރަމް ގައި އެލްޖީބީޓީ ގެ ހުރިހާ ކަމެއް ޑިމޮކްރެސީ ތެރެއިން ރާއްޖޭގައި ގާއިމުކުރާނެ ކަމަށް ބުނި

    71
    3
    • ދދދދދދ

      ތިބުނާ މީހާ ހަދައިގެން އުޅޭ އެކައުންޓަކަށްވެސް ވެދާނެ. 18 އަހަރު ނުވިޔަސް އެއް ޖިންސުން ވިއްޔާ އެމީހުނަށް އޯކޭ. އަންހެނަކާ ފިރިހެނަކާ ވިއްޔާ އެއީ ރޭޕޯ. ގައުމެއްވާ ނެތް.

      12
  2. Anonymous

    ދެނެއް ކިޔާނެކަމެއް ނެތް. އެމްޑީޕީގެ ވެރިކަން ވެއްޖެއްޔާ ﷲ ޙަރާމް ކުރެއްވި ހުރިހާ ނުބައިކަމަކަށް ހިތްވަރުދޭ މީހުން ފެންނާނެ. ޝޭޚުންނަށް މިއަދު ދުޢާދެއްވާފައިވަނީ ވެރިމީހާ މިފަދަ ޢަމަލުތައް މަނާކުރާތީ ތޯއްޗެ. ކޮބާތޯ މިޤައުމުގެ އިސްލާމިކް މިނިސްޓަރު؟ ހަނުތޯ

    90
    9
    • ކިނބޫ

      ވެރިމީހާ ކޫލް. އޭނަ ބުނާނެ ތިހެން އެކައުންޓެއް ހަދައި މެސެޖް ލިޔުނަކަސް އަގީދާއެއް ނުގުޑާނޭ. މިލަ ޣިޔާޒު ބުނާނެ ސޯލިހެއްފަދަ ސޯލިހެކޭ.ކަންނެލިއޮޑި ބުނާނެ ހިތް ބުނަނީ ތިކަން ހުއްޓުވައިފިއޭއޭ. އެހިސާބުން ހުރިހާ ކަމެއް ހަމަވީ.

      9
      1
  3. ދުޔާނާ

    އިސްތިހާރުކޮށްލަދިނީދޯ؟ ޥަގުތު މީހުންނަށް ހަމަ ސާބަސް ހައްޤުވޭ،އާފަހެ މީހަކު ފާހިޝް ކަމެއް ކުރަންޏާަ އެކަމެއް އެބައިސްތިހާރުކުރޭވިއްޔާ. ޅިޔާނެ ހަބަރެއް ނެތިއްޔާ ގޭގައު ދެފައިދަމާގެން ތިބެ ނިދާބަލާށެވެ.

    50
    111
    • ކިނބޫ

      ވަގުތު މީހުނަށް ކުރެވޭނީ އެވަރު. ފާހިޝް އަމަލު ތަކާއި މުންކަރާތް ހުއްޓުވާނެ ބަޔަކު މި ގައުމަކު ނެތް. ކަލެއަށް އަދިވެސް ގޯހީ ވަގުތުތަ؟ ކަލޭ ތީ މިއުޅޭ ކުނި ޣިޔާޒުގަނޑުހެން މަށަށް ހާދަ ހީވެއޭ.

      9
      6
  4. ޕިސްޕިސް

    ދިވެހިންނަކީ ހާދަ އަގީދާ ބަލިކަށިބައެކޭދޯ! މިކަހަލަ އެއްޗެއް ހަމަފެންނައިރަށް މިތެޅިފޮޅެނީ.

    34
    99
    • ޙަމަހަމަ

      މިއީ ހަވާ ނަފްސުގެ އެދުންތަކުން ތަތްތެޅިފަ ތިބޭ މީހުން ވަރަށް ދައްކާ ވާހަކައެއް. ޢަދި މާތް ރަސްކަލާންގެ ދެއްވެވި ސިކުނޑި ބޭނުން ނުކުރާ ޖާހިލުންވެސް ގުރާތަކެއްހެން ތަކުރާރު ކުރާ ވާހަކައެއް. ޢެކަމަކު އެހާމެ ގަމާރު ވާހަކައެއް.

      ޓީވީން ސިގިރޭޓު ބޯ މަންޒަރެއް ދައްކަންޔާ ތިރިއަށް އިންޒާރެއް އަރުވަނީ ކީއްވެ ؟ ދައްކުވައިދޭ މަންޒަރަކުން ސަމާލު ވުމުގެ އިންޒާރުދެނީ ކީއްވެ ؟ ގޭގެ ދޮރުގަ ތަޅު އަޅުވަނީ ކީއްވެ ؟ ހުސްވެސް ރައްކާތެރި ވުމަށް ދޯ. ފެންނަ މަނަޒަރަކުން ނޭދެވޭ އަސަރެއް ކޮށްފާނެތީ. ލިބިދާނެ ގެއްލުމަކަށް.

      ޝައިތާނާއަކީ އަދުއްވެއް. ޢަދި ހައްލާލަނީ ފިޔަވަޅުތަކަކުން. ތިމާ ނުހެއްލުނަސް އެހެންމީހަކު ހެއްލިދާނެ. ގައިމު ކަމެއްވެގެން ދޯ ތި ފަތުރަން އުޅޭ ބަޔަކު އެކަން ކުރަނީ. ޢި ޖާބަ ނުދޭނެނަމަ ކީއްވެ އެކަމާ އުޅެނީ ؟

      މިއީ ސިޔާސީ މިސާލުން ނޫނީ ނުވިސްނޭ ޒަމާނަކަށްވީމަ އަދި އެއް މިސާލު - ކީއްވެ ޕާޓީ އަށް ކެންޕޭން ކުރަނީ ؟ ދައްކާ ވާހަކައިން މީހުންގެ ބޮލަށް އެއްޗެއް ވެއްދޭތީ ދޯ.

  5. މިދުހަތު

    ދެން ތި އެކަންޓެއްވެސް ބޮލްކް ކުރަންވީއެއްނުން.

    88
    3
    • ދޮގެއް؟

      އެއީ ސިރޫއާޓްސް އެއް ނޫނެއްނު. އިސްލާމްދީނުގެ މައުލޫމާތު ފޯރުކޮށްދޭ ބައެއްވެސް ނޫނެއްނު. އެހެންވީމަ ހައްދެއް ނެތް މިނިވަންކަން ހެސްކިޔާފަ އޮންނާނެ.

  6. ިޮފަލިިިޔަ

    ވަގުތު ކިއްވެގެން ތަ ތިޔަ އެކައުންޓު ތަކުގެ ނަން ނުޖަހަނި ........

    74
    5
    • ޝިފޫ

      ކަލޭމެންނަށް ހަމަ ނޯވޭދޯ ރަނގަޅު އެއްގޮތް ވެސް. އެކައުންޓު ނަން ޖެހި ނަމަ ވެސް އެމީހުންވަރު ނުބައި ބައެއް ނޯންނާނެ!

      6
      1
  7. ހުސޭނުބޭ

    ސަލަފު އުވާލަން ގޮވާލާ ފަދައިން އަޅެ ތި މީހަކު މައިތިރިކުރަން ގޮވާލަންވީނު! ހޯޖާކުރޭ!

    61
    3
    • އައިޕީ ކޮބާ؟

      ތިހެން ބުނީތީވެސް ހުސޭނުބޭ ގެންގޮސް ހައްޔަރު ކޮށްފާނެ. އެމީހުންނާ ނުބެހެވޭނެ. ސަލަފު އުވާލާނެ.

  8. ތިމަންނަ

    ވަގުތަށް ތައްބައް ލަކަ

    8
    16
  9. ފުއްޕި

    ތި އެކައުންޓްގެ އައިޑީ ބުނެބަލަ ނިކަން

    18
    1
    • މަނިކުފާނު

      "ފުއްޕި" ނަލަ ނަމެއް މަ ހަލާކު😁😂😂🤣🤣

      5
      5
  10. ވަޒީރެއާލާ

    ތިކަމައެންމެ އުފާވާނީ މަޖިލީހުގެ ރައީސް.

    45
    5
    • ދދދދދދ

      މަށަށް ވައްތަރީ އޭނަ ހަދައިގެން އުޅޭ އެއްޗަކާ. ސުލޯލިހު ވާ އުފަލެއްވެސް ކުޑައެއް ނުވާނެ.

      1
      2
  11. ލޫޠު

    މުޅި ދުނިޔޭގައި ލެއްވިހާ ނުބައިކަންތަކުގެ ތެރެއިން އަހަރެން އެންމެ ނަފުރަތުކުރާ ބޮޑު ނުބައި އަމަލު. ﷲ މީނައަށް ހެޔޮވިސްނުން ދެއްވާށި.

    46
    3
  12. ހޮނޑާފުށީ ބޮޑުހުސޭނު

    ގު ރޮސް، އިޔޫ...ގުއިތަކުތެ ރެއަށް ކޮށްލަކޮށްލާ.

    14
    3
    • މަރީ

      ހަވާދު ގުދަނޯ އެއީ ކެކެކެ

  13. ހޮސޭ

    ތީތި ބުލޮކު ކޮއްލާފަ ތިވާހަކަ ދެއްކިނަމަ ދޯ...
    ކޮބާ ދިވެހިސަ ރުކާ ރު

    29
    2
    • ކިނބޫ

      ސަރުކާރެއް އެބައޮތްތަ؟ މިގައުމަކު މިހާރަކު ސަރުކާރެއް ނެތް. ޚަޒާނާ މައްޗަށް ސަނގަލާ ޖެހިގެން ތިބި ހައްބޯރާހިތަކެއް ތިބީ. ފައިސާ ނޫން އެއްޗެއް ނުފެނޭ އެއަކަށް.

      4
      1
  14. ޛރމް

    އެޔޯއައްނިތަ

    4
    2
  15. Anonymous

    ވަކި ވައްތަރެއްގެ މައްސަލަ ފުލުހަށް ހުށަނާޅަނީސް ފުލުހުން ބަލަން ފަށަނީ..

    14
    3
  16. މަޖުބޫރީހާލަތް

    ކިތަންމެ މޮޅެތި ސްޓަންޓް ޖައްސަން އުޅުނަސް ޔާމިނަކައް ތާއީދެއް ނުކުރާނެ

    9
    28
    • ފަލަޑޭ ގެ ހިކިޑޭ

      މީހަކު މިތާކު ޔާމިނުގެ ވާހަކަ އެއް ނުދައްކާ ތޯއްޗެ. ހިތުގަ އޮތްލެއް ބޮޑުކަމުން ކިޔެނީ ޔާމިނު ޔާމީނު ޔާމިނު....

      27
      2
      • މަ ހީ ހީ

        ކަލޭ މެން ކުރެ އެކަކު ދައްކަބަލަ ތީގެއިން ނަމެއް ނުކިޔާ އުޅޭ މީހެއް؟ ކަލޭ ވެސް އިންނާނީ ކޮންމެވެސް އެއްގޮލައަކަށް ގޮވާލަ ގޮވާލާ! ސަހަނރޯހީވޭ!

        1
        1
  17. އަލް ނޫރު

    އަންނި ބޭ މިފަހަރު ކޮންގަޑެއް ގަންނާނެ ބާ؟؟؟؟މިސަރުކާރުގެ އައުވާނުން....

    14
    2
  18. ފަރުތޮޅި

    މިޚަބަރާއި ދެކޮޅަށް ކޮމެންޓްކުރާ މީހުންނަށް ބުނެލަން އޮތީ: ހެޔޮކަންތައްތަކަށް ބާރުއަޅައި ނުބައިކަންތައްތައް ނަހީކުރުމަކީ އިސްލާމްދީނުގެ ފަރުޟެއް. ނުބެހޭކަމެކޭ ކިޔާއިރު ކޮބާތަ އެކަމުގެ ހެކި؟؟ ނިކަން މިކޮމެންޓަށް އޭގެ ހެކި ރިޕްލައިކޮށްބަ. ކަލޭމެން މިކަންތައްތައް އާދައިގެ ކަމަކަށް މިހަދަނީ ކަލޭމެން މިކަންތައްތަކަށް ހިތްވަރުދޭތީ. ކަލޭމެންނާއި މިސަރުކާރުން ބޭނުންވަނީ އިސްލާމްދީން މިގައުމުން ފޮހެލަން.

    30
    4
  19. ކެޔޮޅު

    އެވާހަކަތައް ނުދައްކަންވީދޯ އެއިރުންތާ ލާދީނީފިކުރު މުޅިރާއްޖޭގައި އަވަހައްފަތުރާލެވޭނީ ހިލާ އެޗާންސެއް ނުދޭނަން انشالله

    28
    1
  20. Anonymous

    އެޖެންޑާ 19... މި ސަރުކާރު ދެމިއޮވިއްޖިއްޔާ އެއް ޖިންސުގެ ކައިވެނި ވެސް ހުއްދަކުރާނެ

    23
    2
  21. އާމިނަތު

    ސުބުޙާނައްﷲ..
    މިއީ އިސްލާމުންތަ؟ ޖަނަވާރުންނަށްވުރެ ތިޔަ ބައިމީހުން ނުބައޭ

    20
    2
  22. ސަޓޯ

    ގަންޖާ ސަރުކާރުގަ ތި ހުރިހާ ކަމެއްވެސް ކުރާނެ

    18
    2
  23. ލ.

    މަޖުބޫރީހާލަތު ޖެހާލަތު ޖެހިފަރާތަށް ބުނެލާނީ ކަލޭކައިރީި ކާކުތަބުނީ ޔާމީންއަށް ތާއިދުކުރާށޭ ޔާމީން އެބަދުވޭތަ ތާއީދު ހޯދަން ކަލޭ ފަހަތުން ޔާމީންއެބައުޅޭދޯ ތިކަކަހަލަ ނަޖިހުން ގެ ނަޖިހުންގެ ތާއީދު ނުލިބިގެން ވސލމ

    3
    1
  24. ޚާން

    މިގައުމައްޖެހިފައިމިވާ ވަބާއިން އިސާހިތަކުސަލާމަތްކުރައްވައި މިފަދައަމަލުތައްކުރާމީހުންނައް ހަރުކަށިއަދަބުދެވޭނެފަދަ ބަޔަކު އަޅުގަނޑުމެނާއި މިގައުމުގެ ވެރިންކަމުގައި ލައްވާށިއެވެ. އާމީން.

    3
    1
  25. ސަރީފް

    އެމްޑީޕީ މީހުންގެ މައްސަލަތައް ނުބެލޭނެ. ސޮރީ

    1
    1
  26. ބުރުއްމާނި ކަލޭގެ

    އެއްވެސް ކުއްޖަކަށް އެގޭތަ ކުރީ ދުވަހު ގުގުރިއިރު ހޮނު އެޅިކަން ކޮންތަނަކަށް ކަން އެޅީ ކާކުގެ ދޮންނަ މެޝިނެއްތަ ބަޑިޖެހީ މީ ވެސް ވަރަށް ވާހަކަ އެވާހަކަ ނުދައްކަނީ ކީއްވެތަ ކަލަކުވޭ ބިރުވެތިވޭ. ސަދޫމްއަށް ވީ ގޮތް ވެ ދާނެ

    2
    1