ކުޑަ އަންހެން ކުއްޖަކަށް ބަރަހަނަާ ވީޑިޔޯ ފޮނުވި މައްސަލައެއްގައި އިންޑިއާ ފިރިހެނަކުު ޖަަލަށް ލުމަށް ދުބާއީ ކޯޓަކުން ހުކުމްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 13 އަހަރު އެ ކުއްޖާއަށް ބަރަހަނާ ވީޑިޔޯތައް މި މީހާ ފޮނުވާފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. މި މީހާއަކީ އެ ކުއްޖާގެ އާއިލާއާ ވަރަށް ގާތް މީހެކެވެ.

ކޯޓަށް މި ކުއްޖާ ދީފައިވާ ބަޔާނުން އިނގޭގޮތުގައި، މި މީހާ އެގެއަށް އަންނަ ކޮންމެ ފަހަރަކު އެ އަންހެން ކުއްޖާއާ އެކި ގޮތްގޮތުން ބެހެއެވެ.

މިދިޔަ އޮގަސްޓް މަސް ތެރޭގައި މި މީހާ އެ ކުއްޖާއަށް ބަރަހަނާ ވީޑިޔޯތައް ފޮނުވާކަން ފަޅާއަރާފައި ވަނީ އެ ކުއްޖާގެ މަންމައަށެވެ. އީމެއިލް މެދުވެރިކޮށް މި ކުއްޖާއަށް ވަރަށް ބައިވަރު ބަަރަހަނާ ވީޑިޔޯތައް މި މީހާ ފޮނުވާފައިވާކަމަށް ވެއެވެ.

އެކަމާއި ގުޅޭގޮތުން އެ ކުއްޖާގެ މަންމަ އޭނާއާ ސުވާލު ކުރުމުން ބުނީ އުމުރުން 27 އަހަރުގެ މި މީހާ އެގެއަށް އަންނަ ކޮންމެ ފަހަރަކު އަތްލާން ނުޖެހޭ ތަންތާގައި އަތްލާ ކަމަށާއި، އަދި އޭނާއަށް އީމެއިލް މެދުވެރިކޮށް ބަރަހަނާ ވީޑިޔޯތައް ފޮނުވާ ކަމަށެވެ.

ދުބާއި ކޯޓަކުން މި މީހާ ތިން މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ. އެއީ ކުޑަކުއްޖަކާއި ޖިންސީ ގޮތުން ބެހެން އުޅުމުންނާއި، އެ ކުއްޖާއަށް ބަރަހަނާ ވީޑީޔޯތައް ފޮނުވި މައްސަލަައިގައެވެ.

އޭނާ ވަނީ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އަދި އޭނާ ދޫކޮށްލުމަށް ވެސް ކޯޓުގައި ވަނީ އެދިފައެވެ. ނަމަވެސް އިސްތިއުނާފު ނާކާމިޔާބުވެ ތިން މަހަށް ޖަލަށް ލުމަށް އިއްޔެ ވަނީ ޙުކުމް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު