ބޮލީވުޑްގައި ދެން އެންމެ އަވަހަށް ކައިވެނި ކުރާނެކަމަށް ބެލެވޭ ތަރީއަކީ ސޯނަމް ކަޕޫރެވެ. އަންނަ މަސް ތެރޭގައި އޭނާގެ ކައިވެނީގެ ހަފްލާ އޮންނާނެއެވެ. އޭނަގެ ކައިވެނީގެ ހަފްލާ އޮންނާނީ މުމްބާއީގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

އާއްމުކޮށް އަމިއްލަ ދިރިއުޅުމުގެ ވާހަކަ ސިއްރުކޮށްގެން އުޅޭ ސޯނަމް ކައިވެނި ކުރަނީ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވިޔަފާރިވެރިޔާ އާނަންދު އާއެވެ.

މި ދެ މީހުންގެ ކައިވެނީގެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު، މިހާރު ކައިވެނީގެ ހަފްލާގެ ކާޑުތައް ބަހަން ފަށާފައިވާކަަމަށް ވެއެވެ. އެގޮތުން މިހާރުވެސް ބައެއް ތަރިންނަށް ކާޑުތައް ދަނީ ލިބެމުންނެވެ. ސޯނަމްގެ ބެސްޓްފްރެންޑް ޖެކޮލިން އަށާއި، ކަރީނާވެސް އެ ހަފްލާއަށް ދާނެ ކަމަށް ވެއެވެ. އަދި ސޯނަމް އޭނާގެ ކުރީގެ ލޯބިވެރިޔާ ކަަމަށް ބުނާ ރަންބީރް ކަޕޫރަށް ވެސް ކައިވެނީގެ ދައުވަތު ކާޑެއް ދީފައިވާކަމަށް ވެއެވެ.

ސޯނަމް އާއި ރަންބީރް އަކީ ކުަޑައިރުން ފެށިގެން ރަހުމަތްތެރިންނެވެ. އަދި 2007 ވަނަ އަހަރު ދެ މީހުންގެވެސް ފުރަތަމަ ފިލްމް ސާވަރިއާއިން ދެމީހުންވެސް މަޝްހޫރުވިއިރު، މި ދެތަރިންވެސް ސާވަރިއާ ޕްރޮމޯޓް ކުރުމުގައި އުޅުނުއިރު، ޑޭޓް ކުރަމުން ދިޔަ ކަމަށް އަޑުފެތުރުނެވެ.

ނަމަވެސް މި ދެމީހުންގެ އެ ގުޅުން ކެނޑި ރަންބީރު ދެން ރައްޓެހިވީ ދީޕިކާއާއެވެ. ދީޕިކާއާ އޮތް ތިން އަހަރުވީ ގުޅުން ކެނޑި ދެން ރަންބީރް ރައްޓެހިވެފައި ވަނީ ކެޓްރީނާއާއެވެ. މި ދެ މީހުންގެ ގުޅުންވެސް ވަނީ ކައިވެންޏާއި ހަަމައަށް ނުދަނީސް ކެނޑިފައެވެ.

މީގެ އިތުުރުން މި ދެމީހުންގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދެމުން އަންނަ ފަރާތްތަކަށް ކާޑު ހަވާލު ކުރަމުންދާއިރު، އޭގެ ތެރޭގައި ބޮލީވުޑްގެ އެންމެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ދީޕިކާ، ރަންވީރް، ސަލްމާން ފަދަ މީހުން ހިމެނެއެވެ.

މި ދެ މީހުން ކައިވެނި ކުރާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮޅާލާ

    ސޯނަމް ކުރީގެ ލޯބި ވެރިޔާ އަށް ދައުވަތު ދިނުން އެއީ އޭނާގެ އަމިއްލަ ކަމެކޭ. މަމެންނަށް ކުރީގެ ލޯބިވެރިޔާ ދައުވަަތު ދިނަަސް މަމެން ނުދާނަމޭ ނުވެސް ދަމޭ އަދި ބިޓަށް ވެސް އިނގޭނެއޭ ދައުވަތު ދިނަސް ނުދާނެ ކަން އެޒާތުގެ އިވެންޓަކަށް. މަމެން ރަށްޓެހިވެގެން އުޅޭ ބިޓެއް މަމެން އަމިއްލަ އަށް ރުޅި ނުވާނަމޭ ބިޓަކު އަމިއްލަ އަށް ޖެހޭނީ ރުޅިވާން އެމެން އެބުނާ ވަރަށް ނުޖެހޭނެއޭ މަމެން ވަގުތު ދޭން މަމެން އެމެންނަށް މަމެންގެ އަމިއްލަ އުފާ ތަކުންނާއި އަދި އަމިއްލަ ޕްރޮފެޝަންގައި ކުރާ މަސައްކަތުން މަހްރޫމް ވެގެން. މީ މައިގަނޑު ކަމަކަށް މިދިމާވާ މައްސަލަ އަކީ. ބޮޑު އީދަށް ދަ ރާއްޖެތެރެއަށް ނުވަތަ ރާއްޖޭން ބޭރަށް ދިއުން ދެން ރޭގަނޑު ޑިނަރ އަށް ގްރޫޕްސް ހަދައިގެން ދިއުން އަދި އެކީގައި މާލޭގައި މީހުން ތޮށް ޖެހިފައި އޮންނަ މަގުތަކުން ހިނގާފައި ގޮސް ޝޮޕިންގް ކުރުން މީ ނުވާނެ ކަންކަން މިހުންނަނީ މަމެންނަށް. އައި ހޭޓް ޝޮޕިންގް ދޯ. ކުރީގެ ލޯބިވެރިއާ އޭނާގެ ކައިވެންޏަށް ދައުވަތު ދިނަސް ކުރީގެ ބިޓަކު ނުޖެހެއޭ ދާން ނުޖެހޭނެއޭ ދާން އެއީ ކިއެއްކުރަން ދާ ތަނެއް ތޭ އޭނާ އެހެން މީހެއްގެ މިލްކަކަށް ވުމުން ދެން މަމެންނަށް ލިބޭ އުފަލެއް ނަމަ ގޭގައި އިނދެގެން ވެސް އެއުފާ ލިބޭނެއޭ ނުޖެހޭނެއޭ ވަޓްސް އެޕް ކޮށްފައި ބުނަން ވެސް އެވާހަކަ ރިލޭޝަންސް ޝިޕް ނިމުނީމާ ނިމުނީ އޭ. ދެން މަގުމަތިން ފެނިގެން ދިމާވެގެން ހައި ޖަހާލާ ޖޯކެއް ޖަހާލި ނަމަވެސް ދެން ކުރީގެ ރިލޭޝަންޝިޕް ނޯންނާނެއޭ ތިމަންނަ ސްޓިލް ރިމައިންޑްސް ދޯސް ބިއުޓިފުލް މޯމެންޓްސް އޭ ބުންނަސް އެކަން އެހެން ނުވާނެއޭ ދެން ކިއެއްވެތޭ އެހެންވެއްޖެނަމަ ކޫސުނި ކަމެއް ގައި ދާން ޖެހޭނީ ނުޖެހޭނެއޭ. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ. ކޮން ކައިވެނި ދައުވަތެއްތޭ ކައިވެނި ދައުވަތު އޮޅާލާ އޮޅާލާ އޮޅާލާ.. ގެޓް ދަ ޕިޮއިންޓް. ގުޑް ގުޑް.

    • ވާނުވާ

      ބުރޯ ޑޮކްޓަރަކަށް ދައްކަންވީނުން

  2. ދީލަތި

    ?????