ދުނިޔޭގެ އެތަންމިތަނުގައި އުޅޭ އަންހެނުން ވަރަށް ގިނައިން އެ މީހުންނަށް މައްސަރުގެ ކަންތައް ދިމާވުމުން ވާ އިހުސާސުތައް އެހެން މީހުންނަށް ބުނެދޭން ބޭނުންވެއެވެ. އެކަން އެންމެ ބޮޑަށް ކިޔާދޭން ބޭނުންވަނީ ފިރިމީހާއަށެވެ. ނުވަތަ ގާތް ފިރިހެން ރަހުމަތްތެރިއަކަށެވެ. އެކަމަކު އެ މީހުންނަށް އެ ވާ ތަދެއް އިހުސާސެއްނުވާއިރު، ކުރަނީ މަލާމާތެވެ.

މިއީ ބައެއް މީހުންގެ އާދަތައް ހުންނަ ގޮތެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި، އެއީ އަންހެންވެރިން ޖައްސާ ގޭމެކެވެ. އަންހެންވެރިން ޑްރާމާ ޖައްސަނީއެވެ. އެހެން ނަމަވެސް އެކަމުން ވާ ތަދު އެނގޭނީ އެފަދަ ކަމެއް ދިމާވުމުން ނޫން ހެއްޔެވެ؟

ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގެ ރިޕްރޮޑަކްޓިވް ހެލްތްގެ ޕްރޮފެސަރެއްކަމަށްވާ ޖޯން ގުއިއްލެބައުޑް ބުނިގޮތުގައި، މައްސަރުގެ ކަންތައްދިމާވުމަކީ ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް ކަމަށެވެ.

މިއީ ވަރަށް ކުޑަކުޑަ މިސާލަކުން އެކަން ކިޔާދިން ގޮތެވެ. އާއްމުކޮށް މި ތަދުގެ ސަބަބުން ބައެއް މީހުންނަށް ކޮޅަށްވެސް ނުހުރެވެއެވެ، ރުޅި ގަދަ ވުމާއި، މަސައްކަތު ކުުރަން ބޭނުން ނުވުމަކީވެސް މައްސަރުކަންތައްކާއި ހުރެ ދިމާވާ ކަންތައްތަކެވެ.

މައްސަރު ކަންތައް ދިމާވުމުން އަންހެނުން މިސާޖަށް އަންނަ ބަދަލުތަކާއި އަންހެނުންނަށް ކުރިމަތިވާ ކަންތައްތައް އެހެން މީހުން ތަހައްމަލު ނުކުރުމަކީ އަންހެނުންނަށް ދިމާވާ އިތުރު އުނދަގުލެކެވެ. މި މައްސަލައަށް ހައްލު ގެނައުމަށް އެކި ގައުމުތަކުގައި ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.

މިހާރު ޖަޕާނުން ވަނީ އަންހެނުން ވަޒީފާ އަށް ނިކުންނައިރު މައްސަރުކަންތައް ދިމާވެފައިވާ ނަމަ ހެދުމުގައި ހާއްސަ ބެޖެއް ޖަހަން ވިސްނަން ފަށާފައެވެ. އެއީ އެފަދަ ހާލަތެއްގައި އަންހެނުންނަށް ލުއިފަސޭހަތަކެއް ހަމަޖައްސައި ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޫ

    މަށަށް ހީވަނީ ބަނޑުބޮޑު ވާންވާއިރަށް ޓްރެއިނިން ކޮށްދެނީ ހެން މަހަކު އެއްފަހަރު.

    14
    2
  2. ޛހފ

    މަށަށް އެހެންވީމަ ހިތަށްއަރަނީ މާބަނޑު މީހުނަށް އަދި ކިހާ ވޭނެއް އަޅާނެ ބާއޭ..