ދިވެހިންގެ ތެރޭގައި މިހާރު އެންމެ މަޝްހޫރުވެގެން އުޅޭ އެއް ލަވައަކީ "ޕާސް ދޮންނަން މާދަން ޢާދޭ" އެވެ. ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކެއް ސްކޫލްގައި އުޅުނުއިރު، ދިމާވި ހާދިސާއެއްގެ މައްޗަށް ހެދި ލަވައެކެވެ. މަޖަލަކަށް ހެދި އެ ލަވަ ގިނަ ބަޔަކު ބަލައިފިއެވެ. ޔޫޓިއުބްގައިވެސް އެ ލަވަ މަޝްހޫރެވެ. މިއީ އެއްވެސް އިރެއްގައި އެ ލަވަ ހެދި ޓީމުން އުއްމީދު ކުރި ކަމެއް ނޫނެވެ.

"އެމްއެސްއެމް" ނަމަކަށް ކިޔާ ހަތަރު މީހުން ހިމެނޭ ގުރޫޕަކުން ހެދި މި ލަވައަކީ، އެއް ކުލާހެއްގައި އުޅުނު ހަތަރު ރަހުމަތްތެރިއެއްގެ މަސައްކަތުން ހެދި ލަވައެކެވެ. އަމިއްލަ މިއުޒިކް ހެދުމާއި، އަމިއްލަ ޅެން ހެދުމަށް ޝައުގުވެރިކަން ހުންނަ އެ ޓީމުގެ މި ލަވައަކީވެސް އެ މީހުންގެ އަމިއްލަ ޅެމެކެވެ. އެ މީހުންގެ އަމިއްލަ ރާގެކެވެ.

މި ލަވަ ހެދި ގޮތާއި ގުޅޭގޮތުން ވާހަކަދައްކަމުން އެ ޓީމުގައި ހިމެނޭ އެކަކު ބުނިގޮތުގައި، އެއީ ކްލާސް ކުއްޖަކު ދިން ޕާހެއް ހަޑިވެގެން އެ ދޮންނަން އޭނާ އަތަށް ދީގެން ގިނަ ދުވަސްވެ، އެކަމާއި ކޮންމެ ދުވަހަކު އޭނާއާ ސުވާލުކުރުމުން މާދަން އަންނާށޭ ކިޔާތީ ކުލާސް ތެރޭގައި ހެދި ލަވައެކެވެ.

"ގްރޭޑް 12ގައި އުޅެނިކޮށް ކްލަސް ކުއްޖެއް މި ދެނީ ޕާހެއް. އެ ޕާސް ގެންގުޅުނީ ވަރަށް ލޯބިން. މިހެން އުޅެނިކޮށް ސެމިސްޓަރ ނިންމާފައި އަނެއް ސެމިސްޓަރގައި ޕާސް ވަރަށް ބޮޑަށް ހަޑިވީ. ހަޑިވީމަ ދޮންނަން ދިނީ ހަމަ އޭނައަތަށް".

އެ ޕާހަކީ އެ ކުއްޖާ އޭނާގެ އަތައް ގަލަން އަޅަން ދިން ޕާހެކެވެ. އެއިރު ގަލަން ގިނަ ކުރުމަކީ އާއްމު ކަމެކެވެ. އެ ޕާސް ދޮންނަން އޭނާ އަތައް ދިން ފަހުން ކޮންމެ ދުވަހަކުވެސް އޭނާ ކައިރިން ޕާސް ކޮބައިތޯ ސުވާލުކުރެއެވެ. އޭނާ އަބަދުވެސް ކިޔާނީ ޕާސް ލިބޭނީ "މާދަމާ" ކަމަށެވެ.

މިޔުޒިކަކީ އެއިރުވެސް އެ މީހުން ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ. އެގޮތުން ކްލާސް ތެރޭގައި އެންމެ ފުރަތަމަ ކިޔައި އުޅުނު އެ ލަވައިގެ ތަންކޮޅަކީ "ޕާސް ދޮންނަން މާދަން ޢާދޭ"އެވެ.

މި ލަވައިގައި ހިމެނޭ މާދަން "ޢާދޭ" މަހުރަޖުން ކިޔުނު ގޮތާއި ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، "އެއީ އަލީ ރަމީޒް ފިހާރަ ހިންގިއިރު، އެ ފިހާރައަށް ލައިފް ފެންފުޅި ބަލާ ދިޔުމުން އޭނާ މި ބުނަނީ "ނެތޭ މާދަން ޢާދޭ. މިހެން.. އަދި އެއިރު ކަމެއް ވަގުތުން ނުވާން އޮތިއްޔާ ބޭނުން ކުރާ ފްރޭޒަކަށް އިންނާނީ މާދަން ޢާދޭ".

ޕާސް ދޮންނަން މާދަން ޢާދޭ ލަވައިގައި އެ ބުނާ ޕާސް

އެ ޕާހަށް ވީގޮތް އެހުމުން އެ ޓީމުން މެންބަރަކު ބުނީ، އެ ޕާސް ދޮވެފައި އޭނާއަށް ލިބުނީ ތިން ދުވަސް ފަހުން ކަމަށެވެ.

މިގޮތަށް މުޅި ލަވަ ފުރިހަމަ ކުރީ ޕާސް ދޮންނަން ދިޔަ ވާހަކައަށް ބިނާކޮށެވެ. މުޅި ލަވަ ހަދައި އެ ލަވައަށް އަޑުއެޅީވެސް އެ ގްރޫޕްގައި ހިމެނޭ ހަތަރު މީހުންނެވެ. އެ ހަތަރު މީހުން އެ ލަވައަށް އަޑުއަޅައި ނިންމާލިތަނުން، ގާތް މީހެއްގެ އެދުމުގެ މަތިން އެ ލަވައަށް ވީޑިޔޯއެއް ހެދިއެވެ.

އެ ވީޑިޔޯއިންވެސް ފެނިގެން ގޮސްފައި މި ވަނީ އެ ލަވަ ކި ހަތަރު މީހުންނެވެ. އެ ވީޑިޔޯ ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވަނީވެސް އެ ޓީމަށް ނޭގިއެވެ.

މިއީ އެންމެންނަށް މަޖާވި "ޕާސް ދޮންނަން މާދަން ޢާދޭ"ގެ ހަގީގީ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

  1. ޙާމް

    ޙަހަހާ އަސްލު ވަރަށް ކުރިއޭޓިވް ރީތި ރާގެއް. ތިއީ ވެސްޓާންގެ ބަޔަކު ހެދި އެއްޗެއް ނަމަ މުޅި ޔޫޓިއުބު ކެކިއަރާނެ. މަގޭ 4 އަހަރުގެ ދަރިފުޅުގެ ވެސް ފޭވަރިޓް ލަވަ މިއީ. ޝުކުރު ތި ޓީމަށް

  2. ޢައިޝް
  3. ނަން

    މޮޅޭ ބުނީ

  4. ޑޯންވޮނާ

    މަމެން ތިޔާ ލަވަ އެއްކޮށް ނުބެލުނޭ ހުރި ރަނޑު ނެށުން ގަނޑު ފެނިފައި މަމެން ގެ ބެކް އޮފް މައިންޑަށް ވަގުތުން އައީ ފެން ފައިވާނުގައި ތިބި ކަމޭ ދެން ނެށުން ގަނޑު ރަނޑު ކަމޭ ލިރިކްސް އާއި މިއުޒިކް އާއި އެއްވެސް ގުޅުމެއް ނެތޭ އަދި އެއްވެސް ގުޅުމެއް ނެތޭ ޑާންސް އާއި. މީގެއިން އެގިގެން މިދަނީ އެއީ ދަ ރާއްޖެތެރޭގައި ލަވަ އެމެން އަމިއްލަ އަށް މިއިޒކް ކޮމްޕޯސަރުންގެ އެހީ ނުހޯދާހެދީމާ މީގައި ހުންނާނީ ބޮޑަށް ދަ ރާއްޖެތެރޭ ސްޓައިލް އޭ އައި ސްޓިލް ފީލް ދަ ރާއްޖެތެރޭ ސެންސްލެސް ފީލިންގް ދޯ އައި ކުޑް ސްޕެންޑް މައި ލައިފް ލުކިންގް ފޯރ އަ ވޮންޑަރފުލް ކްރިއޭޝަން އޮފް މިއުޒިކް ފްރޮމް ދިސް ދަ ރާއްޖެތެރެއަންސް އައި ޑޯން ވޮނާ ގިވް އަޕް ދިސް ޑޭ ޑްރީމް އީވެން ވެން އައި ޑްރީމް އިޓް އައި ކޭން ސީ އިޓް އައި ޑޯން ވޮނާ މިސް އިޓް ބޭބީ...

    • ޢާދަނު

      ރާއްޖެ ތެރެ އޭ ކިޔާ އިރު މާލެ މީ ބޭރު ގައުމެއްތަ؟ ޔަގީން މިހާރުވެސް ރައްރަށު މީހުން މާލެއިން އެމީހަކުގެ ރަށަށް ބަދަލު ވެއްޖެއްޔާ މާލޭ މީހުން ބަނޑަށް ޖެހޭނެކަން ޔަގީން. އެހެން ވީމަ ކޮން ރާއްޖެތެރެއެކޭ ކިޔާކަށް.. މާލެ ވެސް މީ ރާއްޖެތެރެ.

    • ހާމް

      މޮޔަ ސޮރެއް މިއީ ހަހަހާ

    • ބޯހަލާކު

      ތަމެން ސިންގަޕޫރު ސައިޑްގަ ހުރެގެން ކޮންމެ ދުވަހަކު ނޫސްތަކުގަ ރޮމުން ރޮމުން ތިކިޔާ ލަވަޔަކުން މަމެން ސިކުނޑި ސުމަކަށް ދާވަރުވޭ.އަބަދު މަހަށް މަހަށް...ފަރަށް ފަރަށް..ވަލަށް ވަލަށް...ތަ ދެން ތިވަރަށް ނުރޮއެ އާދެބަލަ މަށާއެކު މަހަށާއި ފަރަށާއި ވަލަށް ދާން.

    • ޛޖސިިޮޕޕެ

      ޛކޮޮނސ mm

    • ބީބީ

      ކަޑަވީތަ...ލޮލ..

    • ައާއި

      މިއީ ކޮން އިނގިރޭސިތެރެ ތަކަހޮޅިއެއްތަ.. ބަލަގަ މާލެޔިޝް އޮތީ ދަ ރާއްޖެތެރޭގެ މެދައްވާކަހަލަ ގޮތަކަށް.. ތަކޮއި ދެބޯބުރާޗަސް ތިވަރު ބޮޑު..

  5. ހުސޭނު

    އަހަންނަކީ ނިލަންދޫ މީހުނަށް އެހާ ގަޔާވާ މީހެއް ނޫން. އެކަމް މި ލަވަ ވަ ފައްކާ. ދިވެހި ޅެންވެރިން ހޮޑުލައްވާލާފި

    • ބަކުރު

      ތިހެން ވިއްޔާ ކައެ ޖެހޭނެ ނިލަންދޫ މީހަކާ އިންނަން..

      • ހުސޭނު

        ނިލަންދޫ މީހަކާ ނުއިންނަން ވެގެން ޔޫރަޕް ކުއްޖަކާ އިނީވެސް

  6. ނިލަންދޫ

    އަހަންނަށް ހެވޭ ނިލަންދޫ މީހުނާ ގަޔާ ނުވިޔަސް

  7. މަރީ

    މީހުންނައް މަލާމަތް ކުރުމަކީ އާޓެއްނޫން

  8. އައިންތު

    ލަވަ ހެދިކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!! ލަވަ ވަރަޑް މޮޅު! ??❤️

  9. ލޯންގްވޭ

    ފެން ފައިވާނުގައި ތޭ ތަމެން ލަވަ ކިޔަނީ. ސެންސް މޭކް ނުކުރޭ ދޯ ތިޔާ ކަމުގައި ނޮޓް މިއުޒިކް އޮރިއެންޓެޑް. ސްޓިލް ލޯންގް ވޭ ޓުގޯދޯ. ދަ ކަންޓްރީ ސައިޑް ދޯ.

    1
    1
    • އައިސަޅޭ

      އަހޭ ކޮބައިތަ މަގޭރިން ފެންފައިވާނަށް އެރީމަ އޮތް މައްސަލައަކީ

    • ކައްޕޭ ރައްޒާޤް

      އެއްމެންނަކީ މުއްސަނދިންނެއް ނޫން މޮޅެތި ފައިވާނަށް އަރަން.

  10. ާާާްްދޮންބެ

    މަ ހިލޭ ޕާސް ދޮވެދެން

    1
    1
  11. ނިޔާޒް

    ޥަރަށް ފުރިހަމަ ހަބޭސް

  12. ބަލަގަ

    ތިޔާ ލަވަ ރީއްޗޭ މަމެން ނުބުނާނަމޭ ތިޔާ ލަވައިގައި ނަށާ ނެށުން ގަނޑު ވެސް ރީއްޗެއް ނޫނޭ އަދި ކޮރިއެގރަފީ ވެސް ރީއްޗެއް ނޫނޭ ދެން ލަވައިގެ ލިރިކްސް ވެސް ވާން ޖެހޭނީ ތަންކޮޅެއް ބޮޑަށް ކިޔާ އެއްޗެއް ދޭހަވާ އެއްޗަކަށޭ. ތީވެސް ދެން ލަވަ އެއް ނަމަވެސް ނަތިންގް އިންޓަރެސްޓިންގް. އަދި ތިއަށް ވުރެން ރަނގަޅު ލަވަ އެއް ހެދޭތޯ ތަމެން ބަލަގަ އިނގޭތޭ.

    • އޭބަލަގަ

      ތަކަށް ނޭގޭނެ މަމެން ލަވަ ހަދާނެ ގޮތެއް. އަދި މިއެއްޗަކު ބުނެފިއޭ ކަންޓްރީ ސައިޑް އޭ..... މާލެ ސައިޑުވެގެން ވެސް އުޅެނީ ކުއްޔަށް..... މަމެން އައިލެންޑް މައުސް އުޅެނޫ މާ ހެޕީކޮށް...

    • ޫމޮޔަ

      މީކާކުތަފަހެ އެޓެންށަން ހޯދަން އުޅުނަސް ބޮޑުވަރު

  13. މަރީ

    ތިލވަ ހަމަ ވވ.ސަޅި ??

    • މަހަށްދޭބަލަ

      ކޯއްޗެއްތޭ ސަޅީ ތަމެން ބަނޑޭ ކިޔާބަލަ މިއުޒިކް ގެ އަލިފުބާވެސް ދަންނަންތޭ ދަ ކަންޓްރީ ސައިޑޭ. މަހަށް ދޭބަލަ ދެން.

      • ތަގައްމައި

        ބަލަ އެމީހުން އެބަ ދައުވާ ކުރޭތަ އެމީހުނަށް މިއުޒިކްގެ އަލިފްބާ އެނގޭ ކަމަށް؟؟ ދެން މޭ ކަރާ ވަރުން ތިއުޅެނީ ހަމަ އެމީހުން މަޝްހޫރުވީމަ! ލަވަ ވެސް ރީތިވީލެއް ބޮޑު ކަމުން ތިއުޅެނީ!

  14. ފަސިީ

    އާނ! މީހުން މޮޅު އެއްޗަކަށް ވެގެން އެވާހަކަ ދައްކާވަެރު މިޔުޒިކްއެއް އެއީ! އެއްވެސް މޮޅު އެއްޗެއް ނޫން އެ! ހަހަހަ. މީހުން އެބަލަނީ އެ ހަތަރު މީހުނަށް ޖޯކު ޖަހަން.

    • ޖަމަލުސް

      ހަހަހަ ބަރާބަރު ވާހަކައެއް

  15. ޑޯންވޮނާ

    ތިޔާ އީ ދެން ކަންޓްރީ ސައިޑް އޮރިއެންޓެޑް ބިންމަތީ ފައިވާން ދަމަމުން ބިންމަތީގައި ހިނގަަމުން ދާ އުސޫލުން ކުޅެފައިވާ މިއުޒިކް ވީޑިއޯ އެކޭ މީހުން ނުނަށާނެއޭ ފެން ފައިވާނުގައި ތިބެގެން އަދި ތަމެން ނެތޭ ތިޔާ ލަވަ އަށް މަދުވެގެން 3 ދުވަހު ވެސް ޕްރެކްޓިސް ކޮށްފައި ދެން ޕަބްލިސިޓީ ހޯދުމަށް ޓަކައި ބަންޑާރަ އުސޫލުން ކަމެއް ކޮށްލީ ކަމަށޭ މަމެން ބުނަން ނެތީމު ދޯ. ތިޔާ ޒާތުގެ ކަންކަމަކީ އެއީ ފައިން އާރޓްސް ދާއިރާގައި ހިމެނޭ ކަންކަމަށް ވާތީވެ ކޮންމެވެސް ކޮލިޓީ އެއް ހުންނަން ވާނެ އަމިއްލަ އަށް އުފަައްދާ މިއުޒިކް އާއި ލަވައިގައި. އައި ޑޯން ވޮނާ ސޭވް ދިސް ސޮންގް އިން މައި ލެޕް ޓޮޕް އީވެން އިޓް ނެވަރ ފިޓްސް އެނީ ސްޓޭންޑަރޑް އެން އައި ޑޯން ވޮނާ ސޭވް އިޓް އިން އައި ޑޯން ވޮނާ ސޭވް އިޓް އިން. އައި އޭމް ވޮންޑަރިންގް އިފް ޔޫ ޕްރެކްޓިސްޑް ނޯމަލް ރެޕް ޑާންސް އައި ޑޯން ވޮނާ ސީ ދިސް ސޮންގް އެން އައި ޑޯން ވޮނާ ސީ ދިސް ސޮންގް..

    • ކަންޓަރޫ ސައިޑް

      ދެން މާ އިނގިރޭސި ވެގަނެގެން މާ ޒަމާނީ މީހެކޯ.. ކަލޯ ކޮއްކޯ މީ ލެޕްޓޮޕްއަށް އެއްޗިހި ސޭވް ކުރާ ޒަމާނެއް ނޫން
      އެ ލަވަ އެއިނީ ޔޫޓިއުބްގަ
      ސޯ ދެއަރ އާރ ސޯ މެނީ ވޭސް ޓު ސޭވް އިޓް
      ޔޫޓިއުބް ޕްލޭ ލިސްޓް އަދި ޗެނަލްސް ވާނުވާ ނޭންގޭ ގަމާރުން ދޫ މާލޭގަ އުޅެނީ

      • Anonymous

        މާ މާލާވެގަނެގެން އުޅޭމީހުން ސްކޫލްތަށް ބަންދުވާއިރަށް ރާއްޖެތެރެއަށް އަރަން ދުއްވައިގަންނަނީ ދެންކީއްވެޔޯ.

    • ގަދަ

      ޕްލީސް އެޕްރިޝިއޭޓް ވަޓް ދޭހޭވް ޑަން... ދެން މާއިންގިގަނެގެން ނޫޅޭ.

  16. ޖަމަލުސް

    ދިވެހިންނަށް ރީތިވާނެ ކަރުކެހުނަސް ލަވައެކޭ ކިޔާފަ ނެރުނީމާ

  17. ވާނުވާ

    ލަވަ މަޖާ
    އެކަމަކު ޢަލީ ރަމީޒް :މާދަން ޢާދޭ" އެހެން ބުނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ
    އައްޔަ އަކީ ހުރިހާ އަކުރެއް ވެސް އަޑު އަހާލަން ވަރަށް ފަސޭހަ ގޮތަށް މަޚުރަޖަށް ވާހަކަ ދައްކާ މީހެއް

    • މަހަށްދޭބަލަ

      މަހަށްދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭބަލަ ދެން.

    • މިނާޝީރީނު

      އަލީ ރަމީޒު ދުވަހަކު ލަވައެއްވެސް ނުކިޔައެއްނު

  18. ކިޔުންތެރިޔާ

    ފިރިހެނުންވެސް ޕާސް ގެންގުޅޭތަ

    • އަހައްމަދަނިކު ދޮންބެ

      މޮޔަޔާ. ނޭންގޭތަ އެކަމެއް. ސްކޫލް ކުދިންނާ އޮފީސްތަކަށް ދާ ފިރިހެނުންވެސް ޕާސް ގެންގުޅެޔޭ

    • ކައްޕޭ ރައްޒާޤް

      ކިޔުންތެރިޔާ 60 ގައިތަ ތިއުޅެނީ. މިހާރު ސްކޫލް ފިރިހެން ކުދިންވެސް އަދި އޮފީސްތަކަށް ދާ ފިރިހެނުންވެސް ޕާސް ގެންގުޅޭ. ނިކަން ބުކްޝޮޕްއަކަށް ވަދެ ބުނެބަލަ ފިރިހެން ޕާސް ދައްކާލާށެ

  19. އަފާ

    ވަރަށް ރީތި

  20. އިފާގާ

    ލަވަކިޔަންވެސް ނޭގޭ ބަޔެއް

    1
    1
  21. އިތުގާނު

    މަ މަރާލާ

  22. ޒީނާ މާމިގިލި

    ބޮޑު ކަޑަ ލަވައެއް މީ.. ވަގުތު ނޫހައް މާ ރީތިވެގެން އުޅޭ ލަވައެއް މީ؟

  23. ޢިސާ

    ކަލޯ މަ މަރާލާ..

    • އީޒީއީޒީ

      އީޒީ އީޒީ އީޒީ ތަމެން ތިބެން ޖެހޭނެ އޭ ތަމެން އިށީނދެބަލަ މިގޮނޑީގައި އިނގޭތޭ. އަން އާފަލެއް ކާލާ.

  24. ސޮރީ

    އާދޭތަ؟ ނޫނީ ޢާދޭތަ؟ ބަސް ބޭނުންކުރަންޖެހޭ ރަނގަޅުގޮތަކީ ދެގޮތުން ކުރެ ކޮން ގޮތެއްބާ؟

  25. ވަރު

    ތިޔަ ކޮން ޢިރެޢްގެ ލަވަ އެއް

  26. ކަންޓްރީސައިޑް

    ތަމެން ކަންޓްރީސައިޑޭ ކިޔައިގެން އަނގަ ހުޅުވާއިރު މުޅިން ވެސް މާލޭގަ ތިބެނީ ހަމަ ކަންޓްރީސައިޑް މީހުންނޭ....

  27. އުނޫޝާ

    މަށަށްވުރެ މޮޅަށް ލަވަކިޔޭ މީހަކު ނޫޅެނެ މި ރާއްޖެއަކު

    1
    1
    • މ.ޒ

      ރާއްޖެތެރެއޭ ބުނާއިރު މާލޭގެ އުފަން މާލޭ މީހުންނަށް ވުރެ ތިތާ ގިނައީ ރާއްޖެތެރޭ މީހުން މިމީހުންގޮސް ތިތަން ތަނަކަށް ހަދާފަ ތިއޮތީ އަދިވެސް ރާއްޖެތެރެއޭ ކިޔާތި.

  28. ހިކްޑެލާ

    ???❤

  29. ނަން ނުބުނާނަން

    އަމިއްލައަކަށް މާ މާޖާވެގަނެގެން. ރާގަކާއި ލަވައިގަ ކިޔާއެއްޗަކާ ގުޅެނީކީނުން. ލަވައިގަ ޅެންވެރިކަމެއް ހުރީކީނުން. ދެން ކޮންމެވެސް ހާސަރުތަކެއް ދަމާފަ. ހިތުން ވަރަށް މޮޅުކަމެއް މީ! ކޮން "ޢާދޭ" އެއްތަ؟ ހަމަ ރީތިކޮށް ދިވެހިން ވާހަކަ ދައްކާއުޅޭގޮތަށް "އާދޭ"ކީމަ ވީނުން!

    1
    1
    • މަތިމަސް

      އަޅެ އެމީހުން މަޖަލަކަށް ހެދި އެއްޗެކޭ އެއީ.....ސާބަސް.....

  30. ކައުންސެލަރު

    ހަޖަމް ޕްލީސް. ތަމެން މި ލިޔުން ކިޔައިފިންތަ ރަނގަޅަށް؟ ތިހާވަރަށް ލިޔަން ކިޔަން ދަސްވެފައި ތިތިބީ ސުކޫލަށްގޮސް ނުކިޔަވައި ތިބެތަ؟ ސުކޫލަކަށް ދިޔަ ބައެއްވިއްޔާ ލައްކަ ސަކަރާތެއް ޖަހާ މަޖަލެއްކުރާނެ. އެހެން އެމީހުންވެސް އެކަން މަޖަލަކަށް ނެގީ. އެމީހުންގެ އިންޓަރެސްޓާ އެއްގޮތަށް "މަޖަލަކަށް" ކުރި ކަމެއް. އަނެއްކާ އެލަވަ ޔޫޓިއުބަށް ލިއިރުވެސް އެކުދިންނަށް ނޭނގޭ. ތަމެން ޖޭވަނީ ދޯ. ތަމެންގެ ލަވައެއް އެއްޗެއް ޔޫޓިއބްގައި ނެތީމަ. ލޮލް. ލޮލް. ލޮލް. އަބަދު މީހުންނާއި އަޅައިގަނެގެން ޖެހިފަ. ޕިސް ޕިސް. ރާއްޖެތެރެއެއްނޫންތަ މާލެއަކީ ކަލޯ؟ ލޮލް. މާލެއަކީ ތުރުކީތެރެތަ؟ އޭން. ދީބަލަ ޖަވާބެއް

  31. އަފަގެދިޔޭ

    ދަ ކަންޓްރީ ސައިޑަރސް މެންނަށް އަމިއްލަ އަށް އުފެއްދޭނެ މިއުޒިކް އަދި އަމިއްލަ އަށް އެމެންނަށް އުފައްދަން އިނގޭނެ ޑާންސް އެއް ނުހުންނާނެއޭ ދަކަންޓްރީ ސައިޑޭ މެންގެ އެންމެ ބޮޑު އާބާދީ އެންމެ ދެކުނު ވިންގްގެ އެއްޗެހި ވެސް ލަވަ ހަަދަނީ ކޮޕީ ކެޓް ޔާރާ ދިލްދާރާ ރާގުތަކަށޭ ތަމެން މަހަށް ދޭބަލަ ދެން. އަފަގެ ދިޔޭ ތިހެން ނަހަދަބަލަ ލާރި ލިބޭ ޕައުންޑް ލިބޭ މީހުނާއި އިނދެފެލެ. މަހަަަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް ދޭބަލަ.

  32. މަރީ

    ވވވރީތި

  33. ސީލާ

    ތަމެން ކަންޓްރީ ސައިޑޭމެން ހާދަ ގަމާރޭ މަމެން ބުނަން ނެތީމުދޯ. ފެންފައިވާނުގައި ތިބެގެން މީހުން ނުނަށާނެއޭ ގަމާރުން ތަކާއޭ މަމެން ބުނަން ނެތީމުދޯ.

  34. ނާނު

    ކަޑެއް ނޫން

  35. ހަޖަމް ޕްލީޒް..

    އެ ލަވަ ހަދާ މީހުންނަށް އިނގޭނީ އެ ލަވައިގަ ކިޔާނެ އެއްޗާ މަހުރަޖާ ނަށާނެ ގޮތާ އަރާނެ ފައިވާނެއް ވެސް.. އެމީހުން އެ ކުރީ ވަރަށް ތަފާތު ކަމެއް...ބެލުންތެރިންގެ ސަމާލުކަމަށް އެ އައީވެސް އެހެންވެ...