ބްރެޒިލްގެ މިޑްފީލްޑަރު ރަމިރޭސް ސަންތޯސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އަންހެނުންނާއި ރަމިރޭސް ރާއްޖެ އައިސްފައިވަނީ ކޮން ދުވަހަކު ކަމެއް ކަށަވަރު ވެފައި ނުވާއިރު މައުލޫމާތު ލިބޭ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ އޮޅުވެލި އައިލެންޑް ރިސޯޓުގައިއެވެ.

އުމުރުން 31 އަހަރު ރަމިރޭސް ފުޓްބޯލައިގެ ކެރިއަރު ފަށާފައިވަނީ ބްރެޒިލްގެ ރޯޔަލް ސްޕޯޓްސް ކުލަބުންނެވެ. އޭގެ ފަހުން 2005 ގައި އޭނާ ވަނީ ޖޮއިންވިލޭއަށްވެސް ކުޅެދީފައެވެ. ޖޮއިންވިލޭގައި އުޅުމަށްފަހު ކުޒެއިރޯ އަދި ބެންފިކާ ފަދަ ކުލަބުތަކަށް ކުޅެދީފައިވާ ރަމިރޭސްގެ ވިދުން އެންމެ ގަދަވީ އޭނާ ޗެލްސީއަށް ކުޅުނު ދުވަސްވަރުގައެވެ.

ޗެލްސީގައި ތިން ސީޒަން ހޭދަކުރުމަށް ފަހު 2016 ވަނަ އަހަރު ރަމިރޭސް ވަނީ 25 މިލިއަން ޕައުންޑަށް ޗައިނާގެ ކުލަބެއް ކަމަށްވާ ޖިއަންސޫ ސުނިންގް އަށް ބަދަލުވެފައެވެ.

ބްރެޒިލްއާއި އެކު 2009 އެއްގެ ކޮންފެޑަރޭޝަން ކަޕްވެސް ކާމިޔާބުކޮށްފައިވާ ރަމިރޭސް އަކީ ހުނަރުވެރި ކުޅުންތެރިއެވެ.

ކިޔުންތެރިންގެ ހިޔާލު