އޭޓީއެމް އާއި، އެކި ބޭންކުތަކުން ވައްކަންކުރާ މަންޒަރު ފެންނަ ވީޑިޔޯތަކަކީ މީސް މީޑީޔާގައި އާއްމުކޮށް ފެންނަ ވީޑިޔޯ ތަކެކެވެ. އޭޓީއެމް އިން ވައްކަން ކުރާ ވީީޑިއޯތަކަށް އާއްމުންގެ ސަމާލުކަން ލިބޭއިރު، މިފަހަރު މިއޮތީ ތަފާތު ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

މިއީ ދާދި ފަހުން މީސްމީޑިޔާގައި ދައުރުވާން ފަށާފައިވާ ވީޑީޔޯއެކެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ މި ވީޑިޔޯއިން ފެންނަނީ މީހަކު އޭޓީއެމެއްގެ ތެރޭގައި ހުރެ އޭޓީއެމް މެޝިނާއި ކުޅޭ މަންޒަރެވެ. އަދި އޭނާ އެޓީއެމް މެޝިނުގެ ކަވަރުގަނޑު ނައްޓާލަން މަސައްކަތްކުރެއެވެ. އޭނަ އެ މަސައްކަތް ކުރަމުންދާއިރު، އޭޓީއެމްގެ ތެރޭގައި ހުރި ކެމެރާއާއި ދިމާއަށް ބަލާ، އެ ކެމެރާއާއި ދިމާއައް ވައްތަރު ތަކެއްވެސް ޖައްސައެވެ.

ވީޑިޔޯއިން ދެން ފެންނަނީ، އޭޓީއެމް މެޝިނިގު ކަވަރުގަނޑު ނައްޓާލާ އޭގެ ތެރެއަށް އޭނާ އަތްލާ މަންޒަރެވެ. އެހެން ނަމަވެސް މެޝިނުގެ ތެރެއަށް އަތްލާފައި އޭނާ ނަގަނީ ފައިސާއެއް ނޫނެވެ. މެޝިނުގެ ތެރެއިން އޭނާ ނެގީ، އޭގެ ތެރޭގައި ތާށިވެފައި އޮތް އޭނާގެ އަމިއްލަ ކާޑެވެ.

މި ވީޑިޔޯ ދައުރުވާން ފެށުމާއެކު އޭނާގެ އިޚުލާސްތެރިކަން ފެނި، ގިނަބަޔު ދަނީ އޭނާއަށް ތައްރީފު ކުރަމުންނެވެ. އަދި އެއީ "ދުނިޔޭގައި ހުރި އެންމެ އިޚުލާސްތެރި މީހާ" ކަމަށާއި، އެވަރުގެ އިޚްލާސްތެރި މީހަކަށް ވާން ބޭނުންވާކަމަށް ގިނަބަޔަކު އަންނަނީ މީސްމީޑިޔާގައި ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިޮފަލިނަރަ

    ތިޔަ ކޮން ދުވަހެއްގެ ވިޑިއޯ އެއް ވަގުތު.....

    7
    2
    • ފަލަޑޭ ގެ ހިކިޑޭ

      މަށަށް އަދި މި ފެނުނީ. ޝުކުރިއްޔާ ވަގުތު.

      1
      1
  2. ޓިނު ވަގު

    ހާދަހާ ފަސޭހައިން ރޫޅާ ލެވޭ އޭޓީ އެމް އެއް ދޯ....

    3
    1