ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު އަދި ވަރުގަދަ އެއް ރަސްކަންކަމުގައިވާ ރޯމަނުންގެ ރަސްކަމުން އުފެދިގެންއައި ބީޒެންޓީން ރަސްކަމަކީ އެ ޒަމާނުގައި އުފެދިގެންދިޔަ އެންމެ ނުފޫޒުގަދަ އަދި ވަރުގަދަ އެއް ރަސްކަމެވެ. އެ ރަސްކަމުގެ ބޮޑު ބައި މިހާރުގެ ތުރުކީވިލާތް އޮންނަ ސަރަހައްދާއި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި އޮތްއިރު އެއީ އެ ޒަމާނުގައި އޮތް އެންމެ ހަރުކަށި އެއް ވެރިކަންވެސްމެއެވެ.

އެގޮތުން ބީޒެންޓީން ރަސްކަމުގެ ވެރިންނަކީ އެމީހުންގެ ވާދަވެރިންނަށް އަދަބުދިނުމުގެ ގޮތުން އެމީހުންގެ ލޯތައް ކަނުކޮށްލައި ހަށިގަނޑުގެ މުހިންމު ގުނަވަންތައް ބުރިކޮށް ހަދާ ބައެއްކަމުގައިވެސް ވަނީ ތާރީޙީ ދިރާސާތަކުން ހޯދިފައެވެ. ބީޒެންޓީނުންގެ އަސްކަރިއްޔާއިން ބައިވެރިވި ހަނގުރާމަތަކުގައި އެހާ ބޮޑެތި ކާމިޔާބީތަކެއް ލިބިގެންދިޔަ މައިގަނޑު އެއް ސަބަބަކީ އެ ރަސްކަމުގައި އުފެއްދިގެންދިޔަ މި ޒަމާނުގެ ނެޕާމްފަދަ ޒާތަކަށް މަސައްކަތްކުރާ ހަތިޔާރެއްގެ ސަބަބުންނެވެ.

އެ ރަސްކަމަށް ވަނީ ބޭރުގެ ފަރާތްތަކުގެ އިތުރުން ރަސްކަމުގެ އެތެރޭގައި އަސްގާޑިޔާ ދުއްވާ ފަރާތްތަކުގެ ސަބަބުންވެސް ނުރައްކާތަކާއި ކުރިމަތިވެފައެވެ. އެހެންނަމަވެސް 1100 އަހަރުވަންދެން ދެމި އޮތް ވަރުގަދަ ރަސްކަމެއް ފުނޑުފުނޑުވެގެންދިޔައީ އޮޓޮމަން ޓާރކްސްގެ އާ އީޖާދެއްގެ ސަބަބުންނެވެ.

ބީޒެންޓީނުންގެ ވެރިރަށް ކޮންސްޓޭންޓިނޯޕަލް ނުވަތަ މިހާރުގެ އިސްތަންބުލްއަކީ ވަރުގަދަ ފާރުތަކަކުން ރައްކާކުރެވިފައިވާ ރަށެކެވެ. އެހެންނަމަވެސް އެ ފާރުތައް ފޫއެޅުވުނީ އޮޓޮމަން ޓާރކްސްއިން އެކަމަށް ހާއްސަކޮށްގެން އުފެއްދި ބޮޑު ބަޑި ނުވަތަ ކެނޮންތަކެއްގެ ސަބަބުންނެވެ.

ބީޒެންޓީންގެ ރަސްކަމަކީ ކޮންމެ ގޮތަކަށްވިޔަސް ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ރަސްކަމެވެ. އެ ރަސްކަމުގެ ގިނަ ފަތްފުއްތަކާއި ލިޔެކިޔުންތަކުން އެ ރަސްކަމުގެ ދުވަސްވަރުގެ ތަޖުރިބާތައް ފެންނަން ހުންނައިރު އެއީ އެ ޒަމާނުގައި ދެކެވުނުގޮތުގައި އެންމެ ކުރިއަރާފައިވާ އެއް ރަސްކަމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިޔާ

    ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ރަސްކަމަކީ ސުލައިމާނުގެފާނަށް މާތްﷲ ދެއްވެވި ރަސްކަން..މިކަން ކީރިތި ޤުރުޢާނުުން ސާބިތުވޭ..ސުރުހީގަ އަސްލު ލިޔުން އެންމެ ރަނގަޅީ ލިޔުމުގަވާގޮތަށް "ދުނިޔޭގަ އޮތް އެންމެ ވަރުގަދަ އެއް ރަސްކަން ހިނދުކޮޅެއްގެތެރޭގައި ނެތިދިޔަގޮތް" މިހެން..

    64
    1
  2. ބައިޒަންޓީން

    ރޯމަނުން ނެތިވީ ތިޔަ ޖާހިލު ބާގައިގެ މީހުންގެ ބަލާ ޖެހިގެން ނޫންތަ؟ އަންދަލޫސްވެސް ސުންނާފަތި ކުރީ ކަލޭމެން. މިއަދު އެމީހުންނަށް ކުރިއަރައިގެން އެދެވެނީ ކޮންމެވެސް ގޮތަކުން ތިޔަ ބަގަ ފައްސާލެވުނީތީ. އެހެންނޫންނަމަ އޮންނާނީ ޖާހިލުކަންމަތީ ގައުމުތަކުގެ ފުލުގައި. އަހަރެމެން މިތިބަ ހެން.

    4
    20
  3. މަލާބާރީ

    ތިއީ ހޮޅި ވާހަކަ. ދީނީ މީހުން އުފައްދައިގެންއުޅޭ ދޮގު ވާހަކައެއް .

    2
    22
  4. ޖާހިލިއްޔަތު

    އިސްލާމުންގެ ބާރުވެރިކަން ހިނގާތަނެއް ކުރިއަރައިގެން ނުދާނެކަން ސްޕޭނަށް ބަލާލީމަ އެއޮތީ ފެނި ސާބިތުވާން. އަންދަލޫސް އިން އެބައިމީހުން ބާލައި ފުރިހަމަ ސްޕޭނެއްގެ ގޮތުގައި ޔޫރަޕާ ގުޅުމުން ވޯލްކަޕްގައި އެންމެ ގަދަޔަށް ވާދަ ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ. ތަރައްގީއާއި ތަހުޒީބު އައިސް އިންސާނިއްޔަތު ކަން ހުރި ގައުމަކަށް ވެއްޖެ. ޖާހިލުކަން ފިލައި އަނދިރިކަމުން އަލިކަމުގެ ތެރެއަށް އާދެވިއްޖެ. މިއީ ހަގީގަތަކީ.

    4
    21
    • ނަން

      މިއަށް ޑިސްލައިކު ކޮށްފަ އެވަނީ ތަހުޒީބާ ދެކޮޅުވެރި ހަގީގަތް ބަލައިނުގަންނަ މީހުން. ދެކެ ބަލަ ކަލޭމެންވެސް.

      1
      4
  5. ޢަބްދުﷲ

    ލިޔުންތެރިޔާ ބުނެފައިވަނީ، ބީޒެންޓެއިން ރަސްކަމަކީ، އެޒަމާނުގައި އޮތް އެންމެ ވަރުގަދަ ރަސްކަން ކަމަށް. އެހެންވީމާ އެއަކު މައްސަލައެއް ނެތް

    9
    2
    • ކިޔާ

      ކުރިންވެސް ލިޔުމުގަ އޮތީ ރަނގަޅަށް.އެކަމަކު ސުރުހީ ކުރިން އޮތްގޮތުން މާނަކުރެވެނީ އެހެންގޮތަކަށް..އެކަމަކު މިހާރު ސުރުޙީ އޮތީ ރަނގަޅުކޮށްފަ..ޝުކުރިއްޔާ ޝާނީ