ޖަޕާނުގެ ކުންފުންޏަކުން، އެ ކުންފުނީގެ މަސައްކަތް ކުރާ މުވައްޒަފުން ސިނގިރެޓް ނުބޯނަމަ ހަ ދުވަހުގެ އިތުުރު ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

އެ ކުންފުނިން ނިންމާފައި ވަނީ، އެ މުވައްޒަފުން ސިގިރެޓް ބޯން ބްރޭކް ނުނަގާތީ، ސިިގިރެޓް ބޯ މީހުން ނަގާ ބްރޭކްގެ ބަދަލުގައި ޗުއްޓީ ދިނުމަށެވެ.

އެ ކުންފުންޏަށް ޓޯކިއޯ ބޭސްޑް މާކެޓިންގ ފާމްއެއެއް ކަމަށްވާ ޕިއާލާ އިންކެވެ. އެ ކުންފުނިން މިގޮތަށް ޕޮލިސީ ބަދަލުކޮށްފައި ވަނީ، ސިނގިރެޓް ބްރޭކް ނެގުމުން، މުވައްޒަފުންގެ އުފެއްދުންތެރިކަން ދަށްވާކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފަކު މައްސަލަ ޖެއްސުމުންނެވެ.

އެ ކުންފުނީގެ އޮފީސް ހުންނަަނީ 29 ވަނަ ފަންގިފިލާގައެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ މީހުން ސިގިރެޓް ބޯން ދާން ޖެހެނީ ބޭސްމެންޓަށެވެ. އެ ބްރޭކަށް ގާތްގަނޑަކަށް 15 މިނިޓް ހޭދަވެއެެވެ. އެހެންވެ އެ ކުންފުނީގައި ސިނގިރެޓް ބޯ މުވައްޒަފުންނަށް މަސައްކަތް ކުރަން ދަތިވެއެވެ.

މުވައްޒަފުންގެ އެ ޝަކުވާ އެހުމަށް ކުންފުނީގެ ސީއީއޯ ނިންމީ، ސިިނގިރެޓް ނުބޯ މުވައްޒަފުންނަށް ހަ ދުވަހުގެ އިތުރު ޗުއްޓީއެއް ދިނުމަށެވެ.

މީގެ ސަބަބުން އެ ކުންފުނީގެ ސިގިރެޓް ބޯ މުވައްޒަފުން، ސިގިރެޓް ނުބޯން ހިތްވަރު ލިބޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.