އިންޑިއާގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރަަޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި އެ ކުއްޖާ ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނީ އިއްޔެއެވެ. އެ ކުއްޖާ ރޭޕް ކުރުމަށްފަހު މަރާލާފައި ވަނީ، އެ ކުއްޖާގެ ސްކޫލް ބެލެޓް ބޭނުންކޮށްގެންނެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ، ޚެޓަޑީ ވިލޭޖުގެ މީހުން ދިރިނޫޅޭ ސަރަހައްދުގައެވެ. އަދި އެ ސަރަހައްދުން އެ ލެއާއި ކާ އެއްޗެއްސާއި، ރާފުޅިތަކެއްވެސް ފެނިފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ސްކޫލަށް ދިޔައީ، ސްކޫލުގައި އޮތް ކުޅިވަރުގެ މުބާރާތަކަށެވެ. އެތަނުގައި ހުއްޓާ އެ ކުއްޖާ ވަނީ ގެއްލިފައެވެ.

އެ ކުއްޖާގެ މައިންބަފައިން އޭނާ ހޯދަން ފަށާފައި ވަނީ، ހަވީރު 3:00 ޖެހިއިރުވެސް އެ ކުއްޖާ ގެއަށް ނައުމުންނެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުން ފޭބި ކަމަށް ބެލެވޭ ލޭ އެ ވިލޭކް ކައިރީ މަގުމަތިން ފެނުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މައްސަަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުގެ ކަންކަން ކުރިއަށްގެންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު