މިއަދުގެ ވަގުތެއްގައި ސީރިޔާގެ ހުޅަނގުއުތުރުގައި އޮންނަ އިދްލިބް ޕްރޮވިންސުގެ މާކެޓަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާ އެއްގައި 10 މީހުން ނިޔާވެ، އެތައް ބަޔަކު މިވަނީ ޒަޙަމްވެފައެވެ.
ހަނގުރާމަވެރި ޖަމާއަތްތަކުން އަދިވެސް ސީރިޔާގެ ބައެއް ހިސާބުތަކުގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ގައުމުގެ އަސްކަރިއްޔާ އިން އަންނަނީ މެދުނުކެނޑި އެފަރާތްތަކާއި ހަނގުރާމަ ކުރަމުންނެވެ. އިދްލިބްގެ ބޮޑު ބައެއްގައި ހަނގުރާމަވެރިން އުޅޭއިރު، މިއަދު ވައިގެ މަގުން ދިން ހަމަލާތައްވެސް އަމާޒުކޮށްފައި ވަނީ ހަނގުރާމަވެރި ޖަމާއަތަކުގެ ބާރުގަދަ ސަރަހައްދަކަށެވެ. ނަމަވެސް އެ ހަމަލާގައި ވަނީ 2 އަންހެނުން ހިމެނޭހެން ގިނަ އަދަދެއްގެ ކުށެއް ނެތް ބަޔަކުވެސް ނިޔާވެފައެވެ.
މި ހަމަލާ މާރުކޭޓަކަށް އަމާޒުކޮށްފައި ވާއިރު އެ ސަރަހައްދުގައި އެވަގުތު ކުޑަކުދިންވެސް ތިއްބެވެ. ތިރީގައި އެވާ ވީޑިއޯގައި އެވަނީ ހަމަލާ އަށް ފަހު ކުޑަ ދެކުއްޖަކު ޒަޙަމްވެފައި ރޯން އިންނަ މަންޒަރެވެ. އެ ކުއްޖާ ރޮމުން ގެންދަނީ ކީއްވެގެންތޯ އޮޅުންފިލުވުމަށް މީހަކު ދިޔުމުން އަންހެން ކުއްޖާ ވަނީ ރޮމުން އެ ކުއްޖާގެ ބައްޕަ ކޮބައިތޯ ސުވާލު ކޮށްފައެވެ. އެވަގުތު އެ ދެ ކުދިންވެސް ވަނީ ލެއިން ފޯވެފައެވެ.
އެކުދިން ރޮމުން ގެންދިޔައީ ހަމަލާ އަށް ފަހު ކުއްލިއަކަށް ބައްޕަ އަށް ވީނުވީ އެއް ނޭނގުމުންނެވެ. އެ ހަމަލާގައި މައުސޫމް ދެ ކުދިންގެ ބައްޕަވެސް ވަނީ ނިޔާވެފައެވެ. ޔަތީމުވި މި ކުއްޖާގެ ވީޑިއޯ މީސް މީޑިއާގައި ވަރަށް ހަލުވިކަމާއި ފެތުރެމުން އަންނައިރު، ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ފެނުމުން ލޮލުން ކަރުނަ އޮހޭ ކަމަށްވެސް ބުނެފައެވެ. އަދި ސީރިޔާގައި ހިނގަމުން އަންނަ ލޭއޮހުރުވުން ހުއްޓާލަންވެސް އެމީހުން ދަނީ ގޮވާލަމުންނެވެ.
ހެޔޮ ނުވާނެ އެހެން ހަދާާާާާާާާކަ އް .. ހާދަ އަސަރެ އް ކުރާނެޔޭ ??
ޙަރާން ކޯރު ހިންނަވަރު މިލަ އިބްރާހިމަ ބުނީ ސީރިޔާ ވާހަކަ ނުދައްކާށޯ.އިންޑިއާއަށް ދާށޯ...ޔާ ﷲ މި ނުބައި ބައިގަނޑާ ދެކޮޅަށް މުޖާހިދުންގެ ވަރުގަދަ ލަސްކަރު ނެރުއްވާނދޭވެ އަދި ގަދަ ހިއްޕެވުމަކުން ހިއްޕަވާނދޭވެ...ޔާ ﷲ ޔާ ރަޙްމާން .ޔާ ރަޙީމް ...
ހާދަ ހަޔާތްކުޑަބައެކޭ ހަމަލާތިދިނީ. އިންސާނިޔަތުކަމެއްވެސް ނެތީއޭ! ??
މުސްލިމުންދީން ވިއްކާލީމަ މައުސޫމް ކުދިން ވޭނުގައި
ﷲ އަކްބަރް ????
މިއީދޯ ދީނަށްޓަކައި ޖިހާދުވާންދާ މީހުން މިކުރާ ކަމަކީ. ލައްކަ ތާހިރެއްނު.