މޯލްޑިވިއަން އައިޑޮލްގެ ސީޒަން - 2 އިން ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ލަވަކިޔުންތެރިޔާ އިބްރާހިމް ވަހީދު އުސްމާން (ބޮޑުބެ) ކައިވެނިކޮށްފިއެވެ.
ހަބޭސް ބޮޑުބެރު ގްރޫޕްގައި މަސައްކަތް ކުރަމުން އަންނަ ބޮޑުބެ އާއި އޭނާގެ އަނބިމީހާ ފާތިމަތު ނުހާގެ ކައިވެނި ޕާޓީ މިރޭ ވަނީ ބާއްވާފައެވެ.
ށ.ކޮމަންޑުއަށް ނިސްބަތްވާ ބޮޑުބެ ކައިވެނިކުރި ނުހާއަކީ އއ.މަތިވެރިއަށް ނިސްބަތްވާ މީހެކެވެ.
ބޮޑުބެ އާއި ނުހާގެ ކައިވެންޏަށް ގިނަ ބަޔަކު އަންނަނި މީސް މީޑިއާގައި މަރުޙަބާ ކިޔަމުންނެވެ. އަދި އެދެމަފިރިންނަށް ބާއްޖަވެރި ހަޔާތައް ލިބުމަށް ގިނަ ބަޔަކު މީސް މީޑިއާގައި އެދިފައިވެއެވެ.
ރާއްޖޭގައި އެންމެ ގިނަ ކައިވެނިތައް ކުރެވެނީ ނޮވެމްބަރ މަހާއި ޑިސެމްބަރ މަހު އެވެ. މިއަހަރު ވެސް މިހާތަނަށް މަޝްހޫރު ގިނަ ބަޔަކު ވަނީ ކައިވެނި ކޮށްފައެވެ. އެކައިވެނިތަކަށް މީސް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.
މަރުހަބާ ދެކުދިންއަށް ވެސް
ލަވަކިޔުން ތެރިންގެ ރެއެއް ދޯ........
މަރުހަބާ
ލަވަ ކިޔުންތެރިއަކަށް ފޮޑިޔެއް ޖެހިއްޖެ!
ނޯ
މަރުހަބާ
ކޯންގްރާ ބޯޑުބެ
މަރުހަބާ ބޮޑުބެ
މަށައް ކޮނޮކަމެއް
ހަބޭސް