ގްރޭންޑް ތެފްޓް އޮޓޯ ނުވަނަ އާއްމު ނަމުންނަމަ "ޖީޓީއޭ" އަކީ ޒުވާނުންނެ މެދުގައ ވަރަށް މަގުބޫލް އެކްޝަން-އެޑްވެންޗާ ގޭމް ސީރީޒްއެކެވެ. ޖީޓީއޭ ވައިސް ސިޓީ، ސެން އެންޑް ރޭސް ފަދަ ގޭމުތަކަކީ ގިނަ އަދަދެއްގެ ދިވެހިންތަކެއްވެސް ކުޅެފައިވާ ނުުވަތަ މިހާރުވެސް ކުޅެމުންދާ ގޭމުތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޖީޓީއޭގެ ގޭމުތަކުގައި މީހުން ގެތައް މަތިން ވައިކަޑު އަޅައިގެންވެސް ފުންމާލެވޭނެއެވެ. ނަމަވެސް މިފަދަ މަންޒަރުތައް ފެންނަނީ މުޅިންވެސް ގޭމުންނެވެ. ދާދި ފަހުން އިނގިރޭސިވިލާތުގައި މީހަކު މިވަނީ އެކަން ބަދަލުކޮށްފައެވެ. އޭނާ ގެއެއްގެ 18 ވަނަ ބުރިން ފުންމާލުމާއި އެކު ދުނިޔޭގެ ސަމާލުކަން އޭނާ އަށް ލިބުނީ މާ ގިނައިން ޖީޓީއޭގެ ގޭމުތައް ކުޅޭ މީހެއްގެ ގޮތުގައެވެ.

ޖީޓީއޭ ފަހެއްގައި އިންނަ އިމާރާތް

18 ވަނަ ބުރިން ލަންޑަނުގެ ގެއްް މަތިން ރޭގަނޑު ފުންމާލި މީހާ ވައިކުޑަ ހުޅުވާފައި ވަނީ 5 ވަނަ ބުރިއާއި ހަމައިންނެވެ. މިއީ ވަރަށް ނުރައްްކާތެރި ކަމެއް ނަަމަވެސް އެ މީހާ ވަނީ ވަރަށް ފުރިހަމަކަމާއި އެކު ވައިކުޑަ ހުޅުވައި، އޭނާ ފުންމާލި މަންޒަރު ވީޑިއޯ ކުރަންތިބި މީހުން ކައިރިއަށް ޖައްސާފައެވެ. އަދި އެއަށްފަހު އޭނާ ވަނީ އެތަނުން ފިލާފައެވެ.

އެ މީހާ ފުންމާލާފައި ވަނީ "ޖީޓީއޭ ފައިވް" ގޭމުގައި އިންނަ އިމާރާތަކާއި އެއްފަދަ އިމާރާތެއްގެ މަތިންކަން ފާހަގަކޮށްލެވެއެވެ. މިއާއިއެކު މި ހާދިސާ އާއި ޖީޓީއޭ އާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    18 ވަނަ ބުރިން ލަންޑަނުގެ ގެއްް މަތިން ރޭގަނޑު ފުންމާލި މީހާ ވައިކުޑަ ހުޅުވާފައި ވަނީ 5 ވަނަ ބުރިއާއި ހަމައިންނެވެ. ހަމަ ދޮގެއް ހަދައި ނުލައި ނުވީ ދޯ .

  2. ވިސްނާ

    މަތިން.ތިރިއަށް 5ވަނަބުރިއޭ އެއީ.....ނޫނީ 13 ވަނަ ބުރި...