ދޮންކެޔޮއަކީ އެންމެންގެވެސް "ފޭވްރިޓް" އޭ ބުނެފިނަމަ އެކަމާ ދެކޮޅު ހަދާނެ މީހަކު މަދުވާނެއެވެ. ދިވެހި ރާއްޖޭގައި ގިނަ ބާއްވަތްތަކުގެ ދޮންކެޔޮ ހެދޭއިރު،  އޭގެ ތެރޭގައި މާޅޮސް ކެޔޮ، ފުސްކެޔޮ، ކަދިލި ކެޔޮ، ބޮންތި ރަތްކެޔޮ، އަދި މިނޫން ވައްތަރުތައް ވެސް ހިމެނެއެވެ.

ދޮންކެޔޮއަކީ އޭގެން ގިނަ ގުނަ ފައިދާ ލިބޭ އެއްޗެކެވެ. އެހެންނަމަވެސް އެންމެ ފައިދާ ބޮޑީ ލައްޖެހި ދޮންކޮޔޮއެވެ.  ކަޅު ލައް ޖެހި ދޮންކޭލުން ޓިއުމާ ނެކްރޯސިސް ފެކްޓާ (ޓީއެންއެފް) ނަމަކަށް ކިޔާ މާއްދާއެއް ހިމެނެއެވެ. މި މާއްދާއަކީ ކެންސަރު ޖައްސާ ޓިއުމަރުތައް ހަލާކުކޮށްލާ މާއްދާ އެކެވެ.

މީގެ އިތުރުންވެސް ދޮންކެޔޮއިން ލިބޭ އިތުރު ވަރަށް ގިނަ ފައިދާތަށް ހުރެއެވެ. ތިރީގައި މިވަނީ އޭގެތެރެއިން ބައެއް ފައިދާތަކެވެ.

ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދިނުން

ކަސްރަތެއް ކުރަން ފެށުމުގެ ކުރިން ދޮންކެޔޮ ކެއުމަކީ ރަގަޅު ކަމެކެވެ. ދޮންކޭލުގައި ތަފާތު 3 ވައްތަރެއްގެ ހަކުރުގެ ބާވަތްތައް ހުރެއެވެ. އެއީ "ފްރަކްޓޯޒް"، "ގުލްކޯޒް" އަދި "ސުކްރޯޒް" އެވެ. މިއީ ހަށިގަނޑުގައި ވަރަށް ފަސޭހައިން ހަކަތައަށް ލިއްބައިދޭ ހަކުރުތަކެވެ. މިސަބަބަށްޓަކައި ކުޅިވަރުކުޅޭ މީހުން ދޮންކެޔޮ ބޭނުން ކުރުން ބުއްދިވެރިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކޮށްދިނުން

ދޮންކެޔޮ ބޭނުންކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވެސް ވާގިވެރިވެދޭ ކަމެކެވެ. ދޮންކޭލުގައި ވިޓަމިން ބީ 6 ، ވިޓަމިން ބީ12 ، މެގްނީޒިއަމް، އަދި ޕޮޓޭސިއަމް ހުރެއެވެ. މިއީ ދުންފަތުގައި ހިމެނޭ އެޔަށް މަސްތުކުރުވާ ބާވަތެއް ކަމުގައިވާ ނިކޮޓީން ބޭނުންކުރަމުންދާ މީހަކު، އެހުއްޓާލުމުން މެދުވެރިވާ އުދަގޫތަކުން ދުރުވެ، އުދަގޫތައް ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމެންނަށް އެންމެ މީރީ ހަޑި ކެޔޮ އިނގޭތޭ ބަޓް ދޮން ކެޔޮ ކެއުމުން ފަލަވާތީވެ ދޮންކެޔޮ ކާން ނުކުރެއޭ ދޮން ކެޔޮ ކުކުޅު ބިސް އަދި ޗިކެން އަދި ގެރިމަސް ނުކާތާ ހާދަ ގިނަ ދުވަސް ވެއްޖެއޭ މަމެން ބުނަން ނެތީމު ދޯ. ބަޓް ސްޓިލް އައި ރިއަލީ ލައިކް މަންމަ މެން ހަދާ ދޭ ބަނާނާ މިލްކް ޝޭކް ދޯ އެވެސް މިހާރު ނުކެރޭ ބޯން ފަލަ ވެދާނެތީވެ. ޔޫނޯ އައި ލައިކް ދަ ބޮޑީ ޓު ބީ ސްކިނީ. ނާނާނާ ނާނާނާ ނާނާނާ އައި ވުޑް ހޭޓް ޓު ހޭވް އަ ފެޓް ބޮޑީ ފިގަރ އައި ކުޑް ހޭޓް އިޓް ޓިލް ދަަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި..

  2. ދޮންކެޔޮއަކީ

    މުހައްމަދާ. ސުރުހީ އިސްލާހު ކޮށްލުމަކުން ނުނިމޭނެ. މިއަދަކީ ބަހުގެ ދުވަސް.