އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލު ކުރަން އެމެރިކާގެ އެކްޓްރެސް، މިހާރު ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް ދެކޮޅު ހަދާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ. މިއީ ޓްރަމްޕް އާއި ބައްދަލުކުރަން މޭގަން ދެކޮޅުހެދި ދެވަނަ ފަހަރެވެ.

ނޭޓޯގެ ވެރިންގެ ސަމިޓްގައި ބައިވެރިވުމަށް މިއަދު ޓްރަމްޕް ލަންޑަނަށް ދާނެއެވެ. އަދި ބަކިންހަމް ޕެލަސްގައި ރާނީ އެލިޒަބަތު ބާއްވަވާ ހާއްސަ ރަސްމިއްޔާތެއްގައި ޓްރަމްޕް މިއަދު ބައިވެރިވާނެއެވެ.

މިއަދު ރާނީ އެލިޒަބަތު ބާއްވާ ރަސްމިއްޔާތުގައި ރާނީ އެލިޒަބަތުގެ އިތުރުން ކޭޓް މިޑްލްޓަން އާއި ޕްރިންސް ޗާލްސް ވެސް ބައިވެރިވާނެއެވެ. ނަމަވެސް މިއަދުގެ ރަސްމިއްޔާތުގައި މޭގަން ބައިވެރި ނުވާނެ ކަމަށާއި މޭގަންގެ އުޒުރަކީ "އާއިލީ ކަމެއް އޮތުމުން ބައްދަލުވުމުގައި ބައިވެރިވެވެން ނެތުން" ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ނޮވެމްބަރ މަހުގެ ފަހުކޮޅާއި ހަމައަށް މޭގަން އެއްވެސް ރަސްމީ ބައްދަލުވުމެއްގައި ބައިވެރިއެއް ނުވާނެ. މޭގަން މިދުވަސްކޮޅު އާއިލާ އާއި އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވޭ." އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

ޓްރަމްޕް ވެރިކަމަށް އަންނަން ކެމްޕޭން ކުރިއިރު މޭގަން ވަނީ ޓްރަމްޕް އާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. މޭގަން ތާއިދުކުރީ އެމެރިކާގެ ރައީސް ކަމަށް ހިލަރީ ކްލިންޓަން ގެންނާށެވެ. ނަމަވެސް ހިލަރީ އަށް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ.

ޓްރަމްޕް ވެރިކަމަށް އައިފަހުން ގެންގުޅެމުންދާ ބައެއް ސިޔާސަތުތަކަށް ވެސް މޭގަން މީގެ ކުރިން ފާޑުވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަމްނާ

    ޓްރަމްޕް ތާއިދުކުރީ އެމެރިކާގެ ރައީސް ކަމަށް ހިލަރީ ކްލިންޓަން ގެންނާށެވެ.!!!!؟؟؟؟

    11
    1
  2. މުބީނު މާރނީ

    ޝާހީ ބޭފުޅުން ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވާނެ. ޓްރަންޕް އާއި ބައްދަލު ކޮށްފި ނަމަ އެމެރިކާ ގައި ޓްރަމްޕް އަށް ތާއީދު ކުރާ މީހުން އިރުރުވާނެތީ. އެހެންކަމާއި އެކު ވާނީ މެގަން ވަކި ކޮޅަކަށް ޖެހުނީ ކަމަށް.