ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ކުރައްވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ "އެލެކްސް އަހްމަދު" ގެ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނު ބައެއް ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އެކައުންޓެކެވެ. އާއްމުކޮށް ވަރަށް އެކްޓިވް އެކައުންޓެއްގެ ގޮތުގައި ފާހަގަ ކުރެވޭ އެލެކްސްގެ އެކައުންޓުގެ އަމާޒަކަށް މިފަހަރުވީ ޕީޕީއެމް އަށް ދާދިފަހުން ސޮއިކުރެއްވި ނަހުލާ އަލީ އެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދު މިދިޔަ ހަފްތާ ބަންދުގައި ޔޫއޭއީ އަށް ކުރެވި ދަތުރުފުޅުގައި ނަގާފައިވާ ފޮޓޯއަކަށް ފާޑުކިޔަމުން ނަހުލާ ވަނީ ފިރިހެނުންގެ އައުރައަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ. އެއާއި އެކު ނަހުލާއަށް އެމްޑީޕީގެ މެންބަރުން ކެނޑިނޭޅި ގެންދަނީ ފާޑުކިޔަމުންނެވެ.

އެފާޑުކިޔުންތަކުގައި ބައިވެރިވެ އެލެކްސް ވެސް ވަނީ ނަހުލާ އަށް ރައްދުދީފައެވެ. އެލެކްސް ވަނީ ފައިގެ ފަލަމަސްގަނޑާއި އެކު ފައި ފެންނަ ފޮޓޯއެއް ޓްވީޓްކޮށްފައެވެ. އެ ފޮޓޯ އިން ރައީސް ޞާލިހް ވެސް ކައިރީގައި އިންނެވި ކަން އެނގެއެވެ.

އެމްޑީޕީ މެންބަރުން މިހާރު ނަހުލާއަށް ފާޑުކިޔަމުން ދާއިރު ނަހުލާގެ ދިފާޢުގައި ވެސް ބައެއް މީހުން ގެންދަނީ ޓްވީޓްތައް ކުރަމުންނެވެ. ނަހުލާގެ ދިފާޢުގައި ވާހަކަދައްކާ މީހުން ބުނާ ގޮތުގައި އެމްޑީޕީގެ ވެރިއަކާއި ދެކޮޅަށް އެއްޗެއް ބުނާ މީހެއްގެ ހިޔާލު އެމްޑީޕީ މެންބަރުންނަށް "ހަޖަމެއް ނުވާނެއެވެ."

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންސިވިލައިޒްޑް ލެގްސް

    ހުސް އިސްތަށި، އައްޗީޑި، މިހާޑިމޮކްރަޓިކް ވެގެން އުޅޭމީހެއް ނެތް، އެކަމަކު ޔޫރަޕްމީހުންހެން ފައިގެ އިސްތަށިތައް ހުންނަނީ ރީއްޗަށް ކަހާލާފައެއްވެސް ނޫން. އަދިކޮބާ ދެފައިދޭތެރޭގެ ހާލަތު؟ ދިގުކޮށްފަ ގަތާލަނީތޯ؟ ލައިލާއަށް މާކަމުދަނީތޯ މިގޮތް؟
    އެކަމަކުވެސް ބަކިންހަމްޕެލަސް އިން ވަރަށްބޮޑަށް އެލެކްގެ ޝޭވް ނުކުރާފައިގަނޑު ކުއްވެރިކޮށްފި. ހާއްސަކޮށް އެއުޅޭ ކުއީނޭކިޔާ މަރުނުވާ މުސްކުޅި ހަންޓޯޓޯ އޯލްޑް ހެގް.

    27
    5
    • ތަކުރުފާނު

      ދިގުކޮއްފަ ގަތާލަނީތޯއޭ؟ ލޮލް

      11
      2
  2. އެންދެރި

    ނަހުލާ ބުނީ ރަގަޅު ވާހަކަ އެކެވެ. ކަންތައް ދާ ގޮތުން ސަތޭކަ ޕަސެންޓް ކިޔަން މިހާ ރު ލަދުގަނެ އެވެ. ފިރިހެނާގެ އައުރަ އަކީ ކޮބާކަން ޝޭހުން ސޯސަލް މީޑިޔާގަ ކިޔާ ދީބަލާށެވެ. ފިރިހެނާގެ އައުރަ އެނގޭ އެންމެން އެކިޔާ ދީބަލާށެވެ.

    10
  3. އިބުރޭ1122

    ޗީޑި މުޑުދާރު ފަޔެއް.

    14
  4. ހިނި އަންނަނީ

    ?????? ޗީޑި

    13