އިނގިރޭސި ވިލާތައް އުފަން އުމުރުން 5 އަހަރުގެ ކުއްޖަކު ދުނިޔޭގެ ރިކޯޑެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ޗާލީ ބަތަމް ނަމަކަށް ކިޔާ މި ކުއްޖާ ވަނީ މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް މިހާތަނަށް 30،000 ފޫޓު މައްޗަށް އަރާފައެވެ. މިއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓް އަށްވުރެ އުހެވެ. މައުންޓް އެވަރެސްޓްގެ އުސްމިނަކީ 29،029 ފޫޓެވެ.

ޗާލީ ބަތަމް ބުނެފައިވަނީ އޭނާގެ އަމާޒަކީ ބްރިޓިޝްގެ އެންމެ އުސް 19 ފަރުބަދައަކަށް އެރުން ކަމަށާއި އެންމެ ހިތްހަމަ ޖެހިގެން އެރެވިފައިވަނީ ލޭކް އަވަށުގައި ހުންނަ 2،300 ފޫޓު އުސް ފަރުބަދައަށް ކަމަށެވެ. އިނގިރޭސިވިލާތުގައި ހުންނަ އެންމެ އުސް ފަރުބަދަ އަކީ 3000 ފޫޓު އުސް ފަރުބަދައެކެވެ.

އުމުރުން 5 އަހަރުގެ ޗާލީ

ޗާލީގެ ބައްޕަ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ ދަރިފުޅު ކޮންމެ ދުވަހަކު ސްކޫލު ނިންމާފައި ފަރުބަދަ މައްޗަށް އަރަންދާ ކަމަށެވެ. އެގޮތުން އޭނާ ދުވަހަކުވެސް ބަލިވެގެން ޝަކުވާ ކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަމަށް އޭނާ ވަރަށް އަޖައިބުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޗާލީގެ ބައްޕަ ބުނީ، ޗާލީ ފަރުބަދައަށް އަރަން ބޭނުންވާކަން ބުނެފައިވަނީ އޭނާގެ 5 ވަނަ އުފަން ދުވަހު ކަމަށެވެ. ޗާލީ އަކީ ހިތްވަރުގަދަ ކުއްޖެއް ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ. އަދި މިހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޗާލީ އެއާ އުސް މިނަކަށް އެރުމުން އޭނާއަށް ވަނީ ހައިރާންވެ ގަބޫލު ކުރަން ދަތިވެފައެވެ.

ޗާލީ މިހާރުވަނީ މައުންޓް އެވަރެސްޓްއާއި އެއްވަރުގެ އުސްމިނަކަށް އެރި އެންމެ ހަނގު ކުއްޖާކަމަށް ރެކޯޑް ހެދުމަށް ހޮވިފައެވެ.

ކިޔުންތެރިންގެ ހިޔާލު