އިންޑިޔާގެ ހައިދްރަބާދުގައި ރޭޕްކޮށް އަންދާލާފައި އޮއްވާ ފެނުނު ޕްރިޔަންކާ ރެޑީގެ ގާތިލެއްގެ މަންމަ، ޕްރިޔަންކާ އަންދާލިގޮތަށް އޭނާގެ ދަރިވެސް އަންދާލުމަށް ގޮވާލައިފިއެވެ.

އެ އަންހެން މީހާ ރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން މިހާރު ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރެއިން އެކެއްގެ މަންމަ، މީޑިޔާތަކާއި ހަވާލާދީ ބުނެފައިވަނީ، އޭނާގެ ދަރި އެކުރީ ފިރިހެނަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެނާ ކުރި ކަމެއްނަމަ، ދަރިއެއް ކަމުގައިވިޔަސް ބޭނުންވަނީ ޕްރިޔަންކާ ރެޑީވެސް އަންދަލިގޮތަށް އޭނާ އަންދާލަން ކަމަށެވެ.

ގާތިލިގެ މަންމަ އިތުރަށް ބުނީ، ޕްރިޔަންކާ އަކީވެސް މީހެއްގެ ދަރިއެއް ކަމަށާއި، އެ މަންމަގެ ހިތުގައި އަޅާނެ ވޭނާއި، ވާނެ ދެރަވެސްް އޭނާއަށް އިހުސާސްކުރެވޭ ކަމަށެވެ.

https://twitter.com/VertigoWarrior/status/1201167940428517380?s=19&fbclid=IwAR2i7ecPCQ11z79Fuq6X1rcsYbF2Y83S-FvkMRva0lvC09eGy1pNqmbtkE4

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ، ޕްރިޔަންކާ ރެޑީ ރޭޕްކޮށްލާފައި ވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އޭގެ ފުރޮޅު ފަޅައިގެން ދިއުމުން އެހީތެރިވާނެ ކަމަށް ބުނެ މަގުމަތިން ޕިކަޕެއްގައި ދިޔަ ބައެކެވެ. އޭގެ ފަހުން އޭނާ ފެނިފައިވަނީ ރޭޕު ކުރުމަށްފަހު އަންދާލާފައި އޮއްވައެވެ.

ޕްރިޔަންކާ ރެޑީ އަނދާލާފައި އޮއްވާ ފެނުމާއެކު، ގިނަޔަކު ދަނީ އެކަމާއި ގުޅިގެން ހަޅުތާލު ކުރަމުންނެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެތައް ބަޔަކު އަންނަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.

އަވައްޓެރި އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ބޮޑު ޤައުމެކެވެ. އެޤައުމުގައި ހިނގާ މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރޭޕްގެ ޝިކާރައަކަށް ވެގެންދާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މި މައްސަލަތައް ހުއްޓުވުމަކަށް ގެނައުމަށް އިންޑިއާގެ އިދާރާތައް ނުކުޅެދިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގެރިސްތާން

    އަދިވެސް މޯދީ އުޅެނީ ގެރި ހިމާޔަތް ނުކުރެވިގެން. ކީއްތަވާނީ މިކަން ކަމަށް ހައްލެއް ގެނައިއްޔާ.. މި އެއްޗަކު ވެރިކަމަށް އެެރިތާ ކިތައް ދުވަހެއް އެކަމަކު ދުވަހެއް ދުވަހަކުން އެތާ އުޅޭ ވަހުޝީންތަކަށް ހިއްވަރު ލިބުން ފިޔަވައި އެހެން ކަމެއް ނުވޭ!. ގެރި ހިމާޔަތް ކުރުމުގަ އަވަދި ނެތި ޔޯގާ ހަދަމުން ފިލްމު ކުޅުމުގަ އަވަދި ނެތި. އަދި ތި އިންޑިޔާ މީހުން ބައި ގިނަ އެއް ކަމަކު ތި ކޫސަނި ސަރުކާރު ވައްޓާލާނެހާ ހިއްވަރެއްވެސް ނޯވޭ.

    61
    2
  2. މަންސޫރު

    އިނަޑިޔާ ދެ މުޤާމުގައި ދުންޔާގައި އެއްވަނަ ހޯދަފައި ޤައުމެއެވެ.
    1 )...ރޭޕް
    2 )...ގެރި މަސް އެކްސްޕޯރޓް.

    7
    1