ރެއިލްވޭ ސްޓޭޝަނެއްގެ ބޭރުގައި އިނދެ ލަވަކިޔައިގެން މަޝްހޫރުވި ރަނޫ މަންޑޭލްއަށް އަނެއްކާވެސް މަލާމާތް ރައްދުވާން ފަށައިފިއެވެ.

މިފަހަރު ރަނޫއަށް މަލާމާތް ރައްދުވާން ފަށާފައިވަނީ ލަވައެއް ކިޔަން އެއްބަސްވެ، އެ ލަވައިގެ ލިރިކްސް ހަނދާން ނެތުމުންނެވެ. އެ އިންޓިވިޔުގެ ތެރޭގައި ރަނޫގެ ގާތުގައި ލަވައެއް ކިޔަން ބުނުމާއެކު އެ އޭނާވަނީ ވަގުތުން އެކަމާ އެއްބަސްވެފައެވެ. އެހެންނަމަވެސް އިރުކޮޅަކު މައިކް ހިފައިގެން ހުރުމާއެކު އޭނާވަނީ "އިނގެރޭސި ބަހުން" ލަވަ ހަނދާން ނެތިއްޖެ ކަމަށް ބުނެފައެވެ. އަދި އިނގެރޭސި ބަހުން އެހެން ބުނިއިރު ކުށްޖެހުމުން ގިނަބަޔަކު އަންނަނީ މީސް މީޑިޔާގައި ރަނޫއަށް މަލާމާތްކުރަމުންނެވެ.

އިނގެރޭސި ބަހުން ލަވަ ހަނދާން ނެތިއްޖެޔޭ ބުނަން އުޅުމުގެ ތެރޭގައި ރަނޫއަށް ބުނެވިފައިވަނީ "އައި ފޮކް ކެކް އިޓް" އެވެ. އެ ވީޑިޔޯ މީސް މީޑިޔާގައި އާންމުވުމައެކު، ގިނަބަޔަކު ދަނީ، ރަނޫ މި އިންޑަސްްޓްރީގައި މަސައްކަތްކުރަން ކަމުނުދާކަމަށް ބުނަމުންނެވެ.

https://youtu.be/pdihb33vmp8

މީގެ ކުރިންވެސްް އެތައް ފަހަރެއްގެ މަތިން ރަނޫއަށް ވަނީ މީސްމީޑިޔާގެ ތެރޭގައި މަލާމާތްކޮށްފައެވެ. އެގޮތުން ދާދި ފަހުން އޭނާ އާއި އެކު ސެލްފީއެއް ނަގަން އެދުނު އަންހެނަކާއި ދެކޮޅު ހަދާ މަންޒަރު ފެންނަ ވީޑީއޯ އެއް މީސް މީޑިއާގައި އާއްމުވެފައިވެއެވެ. އަދި އެއާއެކު ގިނަ ފަރާތްތަކުން ބުނެފައިވަނީ ރަނޫ ވަނީ މަޝްހޫރުވުމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސު ފެނި، ބޮޑާ ވެފައި ކަމަށެވެ.

އަދި އޭގެ ފަހުން މީސްމީޑިއާގައި ގިނަ ފަރާތްތަކުން އޭނާ އަށް މަލާމާތްކޮށްފައިވަނީ ދާދި ފަހުން އޭނާ ރަސްމިއްޔާތަކަށް ދާން ކޮށްފައިވާ މޭކްއަޕެއްގެ ސަބަބުންނެވެ. ރަނޫ ކޮށްފައިވާ މޭކްއަޕްގެ އިތުރުން އޭނާގެ ކަރުގައި އެތައް ބައިވަރު ގަހަނާއެއް ވަނީ އަޅާފައެވެ.

ރަނޫ ވެފައިވަނީ ރީތި އަޑެއް އޮތް ފަންނާނެއް ކަމަކު، ގިނަބައެއްގެ މަލާމާތާއި، ނަފްރަތު ލިބިފައިވާ ފަންނާނަކަށެވެ. ރަނޫ އަށް ލިބިފައިވާ ރީތި އަޑުގެ ސަބަބުން މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑިރެކްޓަރ ހިމޭޝް ވެސް ވަނީ އާޝޯހުވެފައެވެ. އަދި އޭނާ ވަނީ ރަނޫ ލައިގެން ހެޕީ ހަރްދީ އެންޑް ހީރް އަށް ލަވައެއްވެސް ކިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާލާ

    ތުމޭ އަންގްރޭޖީ ނެހީ އާތީ ރާނޫ؟

    22
    1
  2. ާަމާނީ

    އޭނަ ހަމަ ރަނގަޅަށް ބުނަންވާގޮތަށް އެ ބުނީ

    4
    2
  3. ހޫ

    އޭނަ ރަނގަޅަށޭ އެބުނީ އޭނަ ބުނިގޮތުން "މިސްހާޑް" ވެގެން އެ އަޑުއިވެނީ.