އިންޑިއާގެ ކަޝްމީރުގައި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުން އުމުރުން 8 އަހަރުގެ އަސިފާ ބަނޯގެ ގާތިލުންނަށް ހަރުކަށި އަދަބު ދިނުމަށް އެގައުމުގެ ބުނެ އިންޑިއާގެ އެތަކެއްް މުސްލިމުންނެއް ޝުއޫރު ފާޅުކުރަން ފަށައިފިއެވެ.

އަސިފާ މަރާލައިފައިވަނީ ހިންދޫ ފައްޅިއެއްގައި 8 ދުވަހު ރޭޕްކުރުމަށް ފަހުގައެވެ. އަސިފާ މަރާލާފައިވަނީ ހިންދޫ ގްރޫޕަކުން ކަމަށް ކަޝްމީރުގެ ފުލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

އަސިފާ މަރާލުމަށްފަހު އެއްލައިލައިފައިވަނީ ކަޝްމީރުގެ މަގެއްގެ މައްޗަށެވެ. އެތަކެއްް އަނިޔާއެއް ދިނުމަށް ފަހު މަރާލެވުނު އަސިފާގެ މަރުގެ މައްސަލައިގައި ކަޝްމީރުގެ ފުލުހުން ވަނީ ކުރީގެ ހަތަރު ފުލުސް އޮފިސަރަކާއި ސަރުކާރުގެ އޮފިސަރެއްގެ އިތުރުން ދަނޑުވެރިއެއް ހައްޔަރުކޮށްފައެވެ. އެ ހަ މީހުންނަކީވެސް ހިންދޫއިންނެވެ.

އަނިޔާވެރިކޮށް މަރާލި އަސިފާ އަކީ މުސްލިމު އާއިލާއަކަށް ނިސްބަތްވާ މުސްލިމު ކުއެްޖެކެވެ. އަސިފާއަށް އިންސާފު ހޯދައިދީ ގާތިލުންނަށް ހަރުކަށި އަދަބު ދިނުމަށް މުސްލިމުން ގޮވަމުން ގެންދާއިރު ކަސްމީރުގެ ހިންދޫމީހުން ދަނީ އަސިފާ މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި ހިންދޫ 6 މީހުން ދޫކޮށްލުމަށް ގޮވާލާ ކަޝްމީރުގެ މަގުތަކުގައި މުޒާހަރާކުރަމުންނެވެ.

އިންޑިއާގެ ކަޝްމީރަކީ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތަށް ހިންގުން އާންމު ތަކެކެވެ. އެގޮތުން މީގެ ކުރިންވެސް ކަޝްމީރުގައިވަނީ އެތަކެއް މުސްލިމުންނެއް މަރާލާ އެތަކެއް ކުދިންނެއް ރޭޕްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަކީމު

    އަސިފާ ބަނޯ އެއް ނޫނެވެ. އާސިފާ ބާނޫ. ބާނޫ އަކީ ފާރިސީ ބަހެކެވެ. އުރްދޫ ބަހާއި ހިންދީ ބަހުގައި ބޭނުންކުރއެވެ. ބާނޫ ގެ މާނައީ އަނބި، ރާނީ، އަންހެނުން، ރަސްގެފާނުގެ އަންހެން ދަރި، މިއެވެ.