ރާއްޖެ އައި ފަތުރުވެރިޔަކު މިޔަރުތަކަކާއި އެކު ނެގި ވީޑިއޯއަކަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މި ވީޑިއޯ އަކީ ކ. މާފުށީގެ ޝެޑޯޕާމް މޯލްޑިވްސްގެ އިންސްޓަގްރާމް އެކައުންޓްގައި ފުރަތަމަ ޝާއިއު ކޮށްފައިވާ ވީޑިއޯއެކެވެ.

މިޔަރު އައިނެއްގެ ތެރޭގައި އަންހެނަކު އެެއްވެސް ބިރެއްނެތި އޮއްވާ ނެގި ވީޑިއޯ އެމެރިކާގެ "އޭބީސީ ނިއުސް" ގެ އިންސްޓަގްރާމް އާއި ޓްވިޓާގައި ވެސް ވަނީ އާއްމު ކޮށްފައެވެ. އެއާއި އެކު ދުނިޔޭގެ ނަން މަޝްހޫރު ވަރަށް ގިނަ މީޑިއާތަކާއި ޓްރެވަލް ބްލޮގްތަކުގައި މި ވީޑިއޯ އާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ވީޑިއޯގައި ފެންނަނީ އެއްވެސް ނުރައްކަލެއް ނެތް "ނާސް ޝާކް" އެވެ.

ފަހަކަށް އައިސް ރާއްޖޭގައި މިޔަރުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މަސް ބާނާއިރު މިޔަރު މަހުގެ ބައިތައް ކާލާފައި ހުންނާތީ މަސްވެރިން ގެންދަނީ ވަރަށް ބޮޑަށް އެކަމުގެ ޝަކުވާ ކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގައި މިޔަރު ހިފުމުގެ ހުއްދަ އަލުން ދިނުމަށް ވެސް ގޮވާލަމުންނެވެ.

ނަމަވެސް ކޮންމެ އަހަރަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް މިޔަރު ބަލަން ރާއްޖެ ޒިޔާރަތް ކުރާތީ މިޔަރު ހިމާޔަތް ކޮށްފައި އޮތް އޮތުމަށް ނިމުން ގެންނާކަށް ރަސްމީ އިދާރާތަކުން ބޭނުމެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހަސަނު

  ފަތުރުވެރިއެއްތަ އެއީ ބުދަކާ ވައްތަރީ

  30
  5
 2. ކާފަ

  ޙެދުން ނުލާތަ؟

  40
  6
 3. މީހާ

  އިންސާނަކާވައްތަރެއްނޫން ބަލާބެލުމަށްފެންނަނީ ބުދެއްހެން

  27
  4
 4. ޕޮގުބާ

  ގުދެއް ޔަގީން ހަމަ

  13
  4
 5. ނާނު

  ޙީވަނީ އެ ޑިޓް ކޮށްފަ އިން ވީ ޑިއޯ އެއްހެން އެމީހަކާ މިޔަރު ތަކަކާ އެއްވެސް ގުޅުމެއް ނެތް ހީވަނީ ފެން މަތީގަ ބާއްވާފަ އޮތް ބުދެއް ހެން މިޔަރުތައް އަ ޑީގަ އުޅޭއިރު

  16
  2
 6. ޒިމްޒިމް

  100 ޕަސެންޓް ބުދެއް.. ބަލާ އޭނަގެ ކަނާއަތުގެ ކުޑަހުޅު ކައިރިން ބެންޑްވެފަ.. ހަމަ ރަބަރުގަނޑެއް.. އަދި އަސްލުނަމަ އެމީހުން ޑްރޯންކައިރިވެސްކުރާނެ ކާކުކަން ސިފަވާ ވަރަށް.. ތީ އޮރިޔާމާއޮތް ބުދެއް..

  3
  1
 7. ޟާހިދު