އެމެރިކާގެ މިސޫރީގައި ފިރިހެނަކު އޭނާގެ 85 އަހަރުގެ މަންމަގެ މަރުވެފައިވާ ހަށިގަނޑު ގުދަނެއްގައި ފޮރުވި މައްސަލާގައި ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފިއެވެ.

ޑެއިލީ ޖާނަލް ނޫހުން މައުލޫމާތު ދީފައިވާ ގޮތުގައި އުމުރުން 52 އަހަރުގެ ނިކޮލަސް މެކްލާ އޭނާގެ މަންމަ ފޮރުވާފައިވަނީ އަމިއްލަޔަށް ހަދާފައިވާ ސަންދޯކެއްގެ ތެރެއަށްލުމަށް ފަހު އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިތުރުން އޭނާގެ މައްޗަށް ވަނީ މުޖުތަމައަށް ފައިދާ ހުރި ކަމެއް ކުރުމަށް 40 ގަޑި އިރު ހޭދަކުރަން ވެސް އަންގާފައެވެ.

މި މައްސަލައާއި ގުޅިގެން މިސޫރީގެ ފުލުހުން ބުނެފައިވަނީ ނީޑިއާގެ އެހެން ކުދިން މަންމަ ގެއްލިގެން، ނުގުޅޭތީ އެ މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށެވެ. އަދި ނިކޮލަސް ފުލުހަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެމީހުންގެ މަންމަ އެ އަވަށުން ބޭރަށް ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ވަނީ މަންމަ އޮކްޓޯބަރު މަހުގެ ތެރޭގައި ނިޔާވެފައިވާ ކަމަށް ފުލުހަށް ދިން ބަޔާނުގައި ބުނެފައެވެ.

ކޯޓުތަކުން އޭނާގެ މައްޗަށް އެފަދަ ހުކުމެއް ކޮށްފައިވާ އިރު އޭނާ، އޭނާގެ މަންމަގެ ހަށިގަނޑު ރައްކާ ކޮށްގެން ގެންގުޅުނީ ކީއްކުރަން ކަމަކަށް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުން ބުނެފައިވަނީ ހަށިގަނޑުގައި އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ފެންނަން ނެއްކަމަށާއި ހަދާފައިވާ ޓެސްޓްތަކުން ދައްކާގޮތުގައި އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށެވެ.

އެހެންކަމުން ފުލުހުން ގަބޫލުކުރަނީ މަރުވެފައިވާ މަންމަގެ ހަށިގަނޑު ފޮރުވައިގެން އޭނާ އުޅުނީ ދީނީ ގޮތުން ނުވަތަ އެނޫން ވެސް ގޮތަކުން އޭނާ ގަބޫލުކުރާ ގަބޫލު ކުރުމެއްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު