ފިރިހެނަކު އޭނާ ގެންގުޅޭ ކުއްތާ ގޭގައި އެކަނި ދޫކޮށްލާފައި ދިއުމުން ގޭގައި އަލިފާާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އިނގިރޭސިވިާތުގައި ހިނގާދިޔަ މިހާދިސާގައި އެ ކުއްތާއަށް އަނިޔާވެފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ، އެ ކުއްތާ ގޭގައި އެކަނި ވުމުން ގޭތެރޭ ހުރި އެއްޗިއްސާ ކުޅެމުން ދަނިކޮށް އޮޅުމަކުން މައިކްރޯވޭވް ޖެއްސުނީ ކަމަށެވެ.

މައިކްރޯވޭވް ޖެއްސުނު ވަގުތު އޭގެ ތެރޭގައި ކުދި ޕެކެޓް ހުރި ކަމަށާއި އަލިފާނުގެ ހާދިސާ ހިނގީ އެ ޕެކެޓްތައް އޭގެ ތެރޭގައި ހުރުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ އެކުއްތާ ގެންގުޅޭ ފަރާތުން އޭތި ދޫކޮށް ގެއިން ބޭރަށް ގޮސްފައިވަނީ ބަދިގެއަށް ދޫކޮށްލުމަށްފަހު ކަމަށެވެ.

އަލިފާނުގެ ހާދިސާ މާ ބޮޑު ނުވަނީސް ކުއްތާގެ ވެރިފަރާތަށް ވަނީ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަން އެނގިފައެވެ. އެއީ އޭނާގެ ފޯނުން ވަނީ ގޭގައި ހުރި ކެމެރާއަކާއި ގުޅިފަ ކަމަށް ވުމުންނެވެ. އޭނާ އަވަހަށް ފުލުހުންނަށް ގުޅިއެވެ. އަދި އޭގެ އިރުތަކެއް ނުވަނީ ފުލުހުންނާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެގެއަށް ގޮސް އެކަން ކޮންޓްރޯލް ކޮށްފައެވެ.

އެފަރާތުން ބުނެފައިވަނީ އެގެއަށް ވަންއިރު މުޅި ގޭތެރޭގައި އޮތީ ދުމުން ފުރިފައި ކަމަށެވެ. އަދި އިތުރަށް އެ ދުން ފެތުރަނުދީ ވަނީ ކޮންޓްރޯލްވެސް ކޮށްފައެވެ.

ފުލުހުން ވަނީ އަވަނުގައި ފަދަ ހޫނު ކުރަން ގެންގުޅޭ އެއްޗެހީގައި ރަބަރު ތަކެތި ނުބެހެއްޓުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ފަދަ އެއްޗެހިވެސް ގޭގައި އެކަނި ބައިތިއްބާފައި ބޭރަށް ނުދާން އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުއްތާ

    މިލިއުން ނުލިޔުނަކަސް ދިވެހިންނަކަށް ތީގެ އެއްޗެއް ގެންގުޅެވޭކަށް ނެތް.

    7
    2