ސްކޮޓްލޭންޑްގެ އައްސޭރިފަށަށް މަރުވެގެން ލެއްގި ބޮޑުމަހެއްގެ ބަނޑުން 100 ކިލޯގެ ޕްލާސްޓިކް ފެނިފައިވާ ކަމަށް ސްކޮޓިޝް މެރިން އެނިމަލްސް ސްޓޭންޑިން ސްކީމްސް (ސްމާސް) އިން ބުނެފިއެވެ.
މި ބޮޑުމަސް ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ލައްވެފައި ވަނީ ސްކޮޓްލޭންޑްގެ އައްސޭރިފަށުގައި ވަކިން އޮންނަ ހެބްރީސް ނަމަކަށް ކިޔާ ޖަޒީރާ ރަށަކަށެވެ.
ބޮޑުމަހުގެ ހާލަތު ދިރާސާކުރި ސައިންސްވެރިން ބުނާ ގޮތުގައި މިއީ ފިރިހެން ޖިންސްގެ ބޮޑު މަހެކެވެ. އުމުރުން އަދި މާގިނަ ދުވަސް ނުވާ ޒުވާން ބޮޑުމަސް މަރުވެފައި ވަނީ ގިނަ އަދަދެއްގެ ޕްލާޓިކް ކެވި، ހަޖަމްވުމުގެ ނިޒާމްގައި މައްސަލަތަކެއް ޖެހިގެން ކަމަށް ސައިންސްވެރިން ބުނެއެވެ.
"އެންމެ ގިނައިން ހުރީ ތަފާތު ބާވަތް ބާވަތުގެ ޕްލާސްޓިކް. އޭގެ އިތުރުން މަސް ހިފުމަށް ބޭނުން ކުރާ ދަލުގެ ބައިތައް ވެސް ހުރި. ބައެއް ތަކެތި މަހުގެ ބަނޑުތެރޭގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ވެސް ކަށަވަރު ކުރެވޭ." މީޑިއާ އަށް މައުލޫމާތު ދެއްވި ސައިންސްވެރިޔަކު ވިދާޅުވިއެވެ.
ދުނިޔޭގެ ކަނޑުތަކުގައި ޕްލާސްޓިކާއި ކުނިބުނި ގިނަވުމުގެ ސަބަބުން އެތައް ދިރުމަކަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ. ދުނިޔެ އިން ނެތިގެން ހިނގައިދާނެ ކަމަށް ބެލެވިފައިވާ ބައެއް މަސްތަކަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ކަނޑަށް އަޅަމުން ގެންދާ ކުންޏެވެ.
ކަނޑުތަކަށް ޕްލާސްޓިކާއި ކުނި އެޅުން މަދު ނުކުރެވޭނަމަ ކުރިއަށް އޮތް އަހަރުތަކުގައި ކަނޑުގައި އުޅޭ މަހަށް ވުރެ ޕްލާސްޓިކް ގިނަ ވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ.
ނަމަވެސް ޕްލާސްޓިކާއި ކުނި ކަނޑަށް އެޅުން މަދު ކުރުމަށް އަދިވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ.
ހޭ ބުއްދި ތަގައްޔަރުވެގެން ޖެހޭހާ އެއްޗެއް ކާތީނުން އެހެން ވާނީ..
ހުސްދޮގު،ޕްލާސްޓިކް ހުރެދާނެ އެކަމަކު އެވަރަކަށް ހުއްނާނެހެނެއް ހީއެއްނުވޭ،ހުރިނަމަ ހަބަރާ އެއްކޮށް ފޮޓޯވެސް ޖަހާނެ.
ސިކުނޑި ހަމަނުޖެހޭ ބޮޑުމަހެ އް
ކަނޑުގަ އުޅޭ އެއްޗެއް މަރުވާއިރަށް ޕުލާސްޓިކު ކައިގެން. ކަނޑުގައުޅޭ އެއްޗެއްސަކީވެސް އިންސާނުންހެން އުމުރު ހަމަވެ ނުވަތަ ކޮންމެސް ބައްޔެއްގަ މަރުވާނެ އެއްޗެހި. މިއޮތީ ޒަމާނެއް މިހާރު. ޕުލާސްޓިކު ކަނޑަށް އަޅަނީ ކޮންބައެއް؟ ނޭންގެ! ތިއަށްވުރެ މާފަސޭހަވާނެ ބޮޑެތި ފެކްޓުރީތަކުން ޖައްވަށް ވިހަ ގޭސް ބޭރުކުރާމީހުން ހުއްޓުވިއްޔާ. ހަމަ ގައިމުވެސް އެކަންކުރާމީހުން ކަނޑައެޅިގެން އެނގޭ. ފިޔަވަޅުވެސް އެޅޭނެ. ކީއްވެ މިކަން ނުވެގެން މިއުޅެނީ.
އެއީ ބޮޑު އޮޅުވާލުމެއް އެކަމަކު ޕްލާސްޓިކުވެސް ކޮންމެވެސް ވަރަކަށްހުރި އެބުނާ 100 ކިލޯގަ ގިނައީ މާވަހަރު މި ބަހަންޖެހޭ މީހުން ގިނަވީމާ ޕްލާސްޓިކޭ ކިޔާފަ އެހެން ފަރާތްތަކަށް އޮޅުވާލަނީ