އިންޑިއާގެ ގުޖުރާތް ސްޓޭޓްގެ ފުލުހުންގެ ސްޓޭޝަންގައި މަސައްކަތް ކުރަމުންދިޔަ އަރްޕިތާ ޗައުދަރީ ނަމަކަށް ކިޔާ ފުލުހަކު ސަސްޕެންޑްކޮށްފައި ވަނީ އޭނާ ފުލުހުންގެ ސްޓޭޝަނުގައި ނެގި ޓިކްޓޮކް ވީޑިއޯއެއްގެ ސަބަބުންނެވެ. ޑިއުޓީގައި އުޅެމުން އޭނާ އެ ވީޑިއޯ ނެގިއިރު، އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަންވެސް ލިބުނެވެ.

އަރްޕިތާ ފުލުުހުންގެ ހިދުމަތާއި ގުޅުނީ ވަރަށް ފަހުންނެވެ. އެރޭ އޭނާ ޓިކްޓޮކްއަށް ލި 15 ސިކުންތުގެ އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައިރު، އޭނާ ވެގެން ދިޔައީ ހަމަ ސެލެބްރިޓީއަކަށެވެ.

އެ ވީޑިއޯގައި ފެންނަނީ އަރްޕިތާ ނަށާ މަންޒަރަވެ. އޭނާ ނަށަމުން ދިޔައީ ބޮލީވުޑްގެ ލަވައަކަށެވެ. އޭނާ ނަށަމުން ގޮސްފައި ވަނީ ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބާފައި ހުރި ޖަލެއް ކައިރީގައި ކަމށް ވެއެވެ.

އެހެންވެ އޭނާ ސަސްޕެންޑްކޮށްފައި ވަނީ ޑިއުޓީގައި ހުރެ ހެދި އެ ވީޑިއޯގެ ސަބަބުންނެވެ.

ޓިކްޓޮކް ވީޑިއޯތަކުގެ މައްސަލާގައި މީގެ ކުރިންވެސް އެކި އަމިއްލަ ކުންފުނިތަކާއި، ސަރުކާރު ތަންތަނުގެ މުވައްޒަފުން ސަސްޕެންށްކޮށްފައި ވެއެވެ. މީގެ ތެރޭގައި، ބައެއް ހޮސްޕިޓަލް ތަކުގެ މުވައްޒަފުންނާއި، ކެވިން ކްރޫންނާއި، ނައެއް ފުލުހުން ހިމެނެއެވެ.

ޓިކްޓޮކްގެ އަވާގައި ޖެހި އެންމެ ގިނައިން ޓިކްޓޮކް ހަދާ އެއް ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.