ފްލޮރިޑާގައި ފްލައިޓެއްގެ ތެރޭގައި އިނދެ ފޮޑިޖެހި ފަސިންކަރަކު، އެ ފްލައިޓުން ބާލައިފިއެވެ.

ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 34 އަހަރުގެ، އެލެކްސް ފްލައިޓުން ބާލުވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު، އޭނާ ފްލޮރިޑާއިން މެލޭޝިޔާއަށް ދަތުރުކުރުމަށް، ފްލައިޓަށް ބޯޑް ކުރި ފަހުންނެވެ.

އެއަރޕޯޓުގައި ހަތަރު ގަޑިއިރު ހޭދަކުރުމަށްފަހު އެލެކްސް އެ ފްލައިޓަށް އެރީ ފްލައިޓް ނައްޓާލަން ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވައެވެ. އަދި ފްލައިޓަށް އަރާ، އޭގައި ހަމަޖެހިލާ ހިންދެމިލަން މަަސައްކަތްކުރި ވަގުތު، އޭނާއަށް ފޮޑިއެއް ޖެހުނީކަމަށް ބޭރުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާއަށް ފޮޑި ޖެހުމާއި އެކު، އޭނާގެ ކައިރީގައި އިން އެހެން ފަސިންޖަރަކު އެ މައްސަލަ ފްލައިޓުގެ ކުރޫންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ބައެއް ބޭރުގެ ނޫސްތަކުން ބުނެފައިވެއެވެ.

އެ ނޫސްތަކުގައި އިތުރަށް ބުނެފައިވަނީ، ފްލައިޓުގެ ފަޅުވެރިން އޭނާގެ ގާތުގައި ފްލައިޓުން ފައިބަން އެދިފައިވާ ކަމަށާއި، އެހެންނަމަވެސް އެލެކްސް ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އަދި އޭނާ ފްލައިޓުން ފައިބަން ދެކޮޅުހަދަން ފެށުމާއެކު، އެއަރޕޯޓުގެ ސެކިއުރިޓީން ވަނީ އޭނާ ފްލައިޓުން ބާލުވާފައެވެ.

އެލެކްސް ފޮޑި ޖެހި މައްސަލަ ފަޅުވެރިންނަށް ރިޕޯޓުކޮށްފައިވަނީ އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅެއްގެ ދަރިއެކެވެ. އެލެކްސް ވަނީ ކަމާބެހޭ ފަރާތްތަކަށް މައްސަލަވެސް ޖައްސާފައެވެ.

ފްލައިޓުތެރޭގައި އެހެން ފަސިންޖަރުންނަށް އުނދަގޫވާ ޒާތުގެ ކަންކަން ކުރުމަކީ މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔާލު

    ހީހީހީ??

  2. ހުސްނާ

    ތި ވާނީ ބޭއިޚްތިޔާރުގަ ދޫކޮށްލެވުނެ އެެއްޗަކަށް. މަވެސް ބައެއްފަހަރު އިންޓަނޭޝަނަލް ފްލައިޓް ތަކުގައި ދޫކޮށްލަން، އެކަމަކު މުޅިންވެސް ދޫކޮށްފައި ހުންނާނީ ސައިލެންޓް އެއްޗެހި. މަދުފަހަރެއްގައި ނުލަފާ ޒާތުގެ ވަހެއް ހުންނަނީ. އެކަހަލަ ޙާލަތްތަކުގައި، ނޭފަތް މަތީ އަތްއަޅައި ފަރާތްފަރާތަށް އެންމެ ފުރަތަމަ ބަލަންފަށަނީވެސް މަ. ކުރިއަށް އޮތްތާނގައި އިރާދަކުރެެއްވިއްޔާ ވިސްނައިގެން އުޅޭނީ.

  3. ދިރާސާ

    ހެހެ. ފޮޑީގައި ހުންނަ ވަހަކީ ސިއްހަތަށް ފައިދާހުރި އެއްޗެެއް. ???