އިންޑޮނޭޝިއާގައި ފިރިހެނަކު، ކައިވެނި ބޭރުން ޖިންސީ ގުޅުން ހިންގި މައްސަލާގައި ހައްދަު ޖަހަމުން ދަނިކޮށް ހޭނެތިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިއްޔެގެ ވަގުތެއްގައި އޭނާގެ ގައިގައި ހައްދު ޖަހަމުންދިޔަ އިރު، އޭނާ ހޭނެތުނީއެވެ. އޭނާ ހޭނެތުމުން، ހޭއަރުވާ އަނެއްކާވެސް އެ ހައްދުގެ ބާކީ ބާއި ކުރިއަށްގެންދިއުމަށް ފަހު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އުމުރުން 22 އަހަރުގެ އެ މީހާގެ ގައިގައި 100 އެތިފަހަރުން ޙައްދު ޖެހިއެވެ.

އޭނާގެ ހައްދު ޖަހާފައި ވަނީ ޝަރީއާ އޮފިސަރެވެ. އޭނާ ހުރީ މޫނު ނިވާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ ކައިވެނި ބޭރުން އަންހެނަކާއި ޒިނޭ ކުރިކަން ވަނީ ސާބިތުވެފަ އެވެ. އެ މައްސަލާގައި އޭނާ ޖިންސީ ގުޅުން ހިންގި އަންހެން މީހާގެ އިތުރުން، އިތުރު ފިރިހެނެއްގެ ވެސް ހައްދު ޖަހާފައި ވެ އެވެ.

މުސްލިމް ބައެއް ގައުމުތަކުގައި ކައިވެނި ބޭރުން ޖިންސީ ގުޅުން ހިންގާ މީހުންގެ ގައިގައި ހައްދު ޖެހުމަކީ އާއްމު ކަމެކެވެ. އިންޑޮނޭޝިއާގެ އަހޭ ރީޖަންއަކީ މުސްލިމުން އެންމެ ގިނައިން އުޅޭ ހިސާބެވެ. އެ ހިސާބުގަައި ދިނީ ހުކުމްތައް ތަންފީޒުކުރަމުންދެއެވެ.

އެ މީހުންގެ ގައިގައި ހައްދު ޖެހިއިރު، މަންޒަރު ބަލަން އެތާގައި އެތައް ބަޔަކު ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕޮގުބާ

    ކޮހާބޮޑު އަނިޔާ އެ އް ތި

    4
    116
  2. ދަންސޫރަ

    މުޅިންގޯސް ހޭނެތޭވަރަށް ހަ އްދުޖެހުމެ އް ނޯވޭ އިސްލާމްދީނަކު އެމީގަ އިގަ ހަ އްދުޖަހާ ހޭކުޑަކޮ އްލި މީހާ ފާފަ ވެރިވާނެ އެ އީ ވަކިވަރަކަށް ޖަހަންޖެހޭކަމެ އް ބާރުވިޔަސް ފާފަވެރިވާނެ މަޑުވިޔަސް ފާފަ ވެރިވާނެ މިންގަނޑު ނޭނގެންޏާމް ނުޖަހާނީ

    9
    61
  3. ޚަމޭ

    ގައިގަ ހައްދުޖެހީމަ ތަދުގެ އިތުރަށް ވަރަށްއަނިޔާވާނެ. ހައްދު ޖަހަންޖެހޭނީ ބުރީގައި. ތަދުވާނެ އެކަމު އަނިޔާއެއްނުވާނެ

    55
  4. ހުސޭނުބޭ

    ކަލޭމެން މާ މޮޅުކަމަށް ހަދާފައުވާ ޤާނޫނުތަކަށްވުރެ ﷲގެ ޙުކުމް މާ މޮޅު! އޭގެ އަސަރުވެސް މާ ފުރިހަމަ!

    85
    3
  5. ހިލާ

    މިގޮތަށް ހުކުމްތައް ތަންފީޒު ކުރީމަ ކޮންމެ ތަނެއްގަވެސް އިންސާފު ޤާއިމު ކުރެވިދާނެ. އިސްލާމީ ޝަރީޢަތާ އެްްގޮތަށް ޙުކުމް ތަންފީޒު ނުކުރާތީ ފަސްޖެހުމެއްނެތި ކުށްކުރުން ޢާންމުވަނީ

    44
    1
  6. ާައަސްލަމް

    ހަށްދު ޖަހާކަށް ނުވާނެ ގޮސް ކަމެށް

    2
    50
  7. ރާއްޖޭގައި....

    ތި އީ %100 މުސްލިމް މި ރާ އްޖޭގަ އި، އަހަރުތަކެ އް ކުރިން، ހަނދާން ނަ އްތާލާފަ އިވާ، ދީނީ އަދަބެކެވެ. ދުނިޔޭގެ މުސްލިމް 500 ދީނީ ޢިލްމުވެރިން ތެރޭ ހިމެނިވަޑަ އިގަންނަވާ ޑރ. ޝަހީމް ގެ އިސްލާމިކް މިސްޓަރު ކަމުގަ އާއ އި، އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގަ އި ހުންނެވި އިރު ވެސް، ރާ އްޖޭގަ އި ޒިނޭގެ ޙަޢްދު މިހާރު ނުޖަހާ ކަމެ އް ހަނދުމަފުޅެ އް ނެތެވެ. މިހާރު ހިނގަމުން މިދާ ސަރުކާރުގަ އި ވެސް އެކަން ހަނދާންހުރި ބޭފުޅަކު ނެތެވެ.

    17
    3
  8. زينت

    خيزوب

    4
    2