ރާއްޖޭގައި "ޓިކްޓޮކް ކުއީން"ގެ ނަމުން ގިނަ ބަޔަކު ދަންނަ ޒުވާން އަންހެނަކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް އާންމުކޮށްފިއެވެ.
މި ވީޑިއޯ މިހާރު މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ މި އަންހެން މީހާ، ފިރިހެނަކާއި ގައިގޯޅިވެ އުޅޭ މަންޒަރެވެ. ގިނަ ބައެއްގެ ފާޑުކިޔުން މިހާރު މި ވީޑިއޯއަށް އަމާޒުވަމުންދާއިރު، މި އަންހެން މީހާއަކީ މަޝްހޫރު މީސްމީޑިއާ އެޕް، ޓިކްޓޮކްގައި ގިނަ ބައެއްގެ ސަމާލުކަން މީގެ ކުރިން ހޯދާފައިވާ ފަރާތެކެވެ.
ގިނަ އަދަދެއްގެ ޓިކްޓޮކް ވީޑިއޯ މީގެ ކުރިން ކުޅެ އާންމުކޮށްފައިވާ އޭނާ "ޓިކްޓޮކް ކުއީން"ގެ ގޮތުގައި މަޝްހޫރުވެފައި ވަނީ، އޭނާ ކުޅެފައިވާ ޓިކްޓޮކް ގިނަ ވީޑިއޯތަކަކަށް އާންމުންގެ ސަމާލުކަން ލިބުމުންނެވެ.
މި އަންހެން މީހާ، ފިރިހެނަކާއި ގައިގޯޅިވެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އޭނާ އެ ވީޑިއޯ ނަގާފައިވަނީ މީސްމީޑިއާ އެޕް، ސްނެޕްޗެޓް މެދުވެރިކޮށެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް މިހާރު އަމާޒުވަމުންދާއިރު، އެފަދަ މަންޒަރުތައް ކުޅެ އާންމުކުރާ މީހުންގެ މައްސަލަ ބެލުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ސްނެޕްޗެޓާއި ޓިކްޓޮކްފަދަ މީސްމީޑިއާގެ ވަސީލަތްތައް ދިވެހިންގެ މެދުގައި ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު، ދިވެހިންގެ ތެރެއިން ބައެއް ފަރާތްތަކުން މުޖުތަމައާއި ނުގުޅޭ އަދި ބަދުއަހުލާގީ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މި އެޕްތައް މެދުވެރިކޮށް ދައުރުކުރަމުންދާ މައްސަލަ ކުރިންވެސް ފެންމަތިވެފައި ވެއެވެ.
ކާކު އެއީ
އަންހެނުންގެ ހުންނަ ހަޔާތްކުޑަކަން. މިކަންވެސް ރީންދުލޭމެން ޑިފެންޑުކުރާނެ މީހަކު ލަދުހަޔަތް ކެނޑިގެން މުޖުތަމައުގެ އެހެންމީހުން ހަލާކުކުރާއިރުވެސް.
ބަލަ ފިރިހެނަކާ އެކަކު ނޫންތަ އެކަމެއްކުރީ؟ ދެން އެކަކު ހަޔާތްކުޑަވެފަ އަނެކަކު ހަޔާތް ބޮޑުވާ ގޮތެއް ނުވިސްނޭ !
އޭ އަންހެނުން އެކަނިތަ ހަޔާތް ކުޑައީ؟
މަޙްޝަރު ދުވަހުން ސުވާލު ކުރެވޭނީވެސް އަންހެނުންނާ އެކަނިނޫން. އެދުވަހުން ފިރިހެނެތް އަންހެނެތް ނޯންނާނެ ދެބައި ހަމަހަމައަށް ޖަޒާ ދެއްވާނެ ދުނިޔެމަތީ އަންހެން މީހަ އެކަނި ބަދުނާމު ވިޔަސް.
އަނެއްކާ އެއީ ޓިކްޓޮކް ކްއީން ޝާނީތަ؟
ރަނގަޅަށް ތިވިސްނީ އެއީ ޝާރނީ މުޅި ފޭސްބުކްގައި އެ ވީޑިއޯ
މީގައި ހަމައެކަނި އަންހެން މީހާ އެކަންޏެއްނޫން ކުއްވެރިވަނީ.ފިރިހެންމީހާ ވެސް...
އަޖައިބު އޭނަ ހަމަ މެރީ ކުރާ އިރަށްތަ މި ނޫހުގަ ޖަހަން އިނގުނީ، ތި ވީޱިއޯ އުޅޭ ތާ ވެއްޖެ ދުވަސް ގަނޱެއް. ލިޔާނެ އެއްޗެ ނެތިގެންތަ ތިއުޅެނީ ވަގުތު މީހުން.
މިލާދީނީ ސަރުކާރެއްނު. ހުރިހާ ކަމެއް ހުދަވާނެ.
ފިޔަވަޅެއް އަމްދުން ވެސް ނާޅާނެ. މުސްލިމު ގައުމެއްގެ ވެރިކަން އެމްޑީޕީ އާ ޙަވާލު ކުރަން ހެޔޮނުވާނެ.
ބަލަ ކުރީ ސަރުކާރުގަ ޓިކްޓޮކެއް ނެތް. އެކަލަ ވީޓިއޯ ނުހަދާ ? ބޯހަމަ ނުޖެހޭ ވާހަކަ ދައްކަން ތިބޭ ?
ކޮން ޓިކްޓޮކެއްތަ. ނުބައި ނުލަފާ ކަންތައް ކުރަންވެގެން ހަދާ އެއްޗެތި.
މަޝްހޫރުކަމުން އެކަކަށްވެސް އެ އީ ކާކުކަމެ އް ނޭނގުނެވެ.
ޝީީ ހޫ..؟
ޝަޒީލާ އާ ވައްތަރީ !!
އަހަރުން ދަންނަ އެއްޗަކީ ޓިކްޓެކް ޕިން. ތިބުނާ ޓިކުޓޮކެއް ލޮލަށްވެސް ނުދެކެން
ރާއްޖޭގެ ހުރިހާ އަންހެނުންނެއް ނުވާނެ ނުބައެއް... މަށަކީ އަންހެނެއް މަ ނޫޅެން އެވައްތަރަކައް... ބޭނުމެއްނޫން އުޅޭކައްވެސް ﷲ އަރާ ދަފުޅުން.. ތި ޓކްޓޮކެއް އައި ފަހުން މި ކުޅޭ އަންހެނުންގެ ލަ ދުހަޔާތް ކެނޑިއްޖެ... ފިރިހެނުންނާ އަންހެނުންނާވެގެން ނަށަނީ... ބޭރު ގައުމު ތަކުގެ އަޑު ތަކުން ކިޔާފަަ ހުއްނަ ނުބައި އެއްޗެހި ވެސް ކިޔާލްނީ... ޖެއްސުނު ވައްތަރެއް ވިއްޔާ ޖައްސަނީ ... ނުވިތާކައް މައްސޫރު ބޮޑަަަައް ވާންވެގެން ބުރުގާ ވެސް ބާލަނީ .... އިިިިިިިިސްލާމް ދީނު ގަ ނުކުރަން ބުނާ ހުރިހާ ކަމެއް އއބަކުރޭ ....