ކްލާސް ކުއްޖަކު އެއްލި ފަންްސޫރެއްގެ ތުނޑު ވައަތު ލޮލުގެ އެތެރެއަށް ވަން ނަމަވެސް ބްރިޓިޝްއަށް ނިސްބަތްވާ ކުއްޖެއްގެ ލޮލުގެ ފެނުން ނުގެއްލި ސަލާމަތްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ ލޮލުގެ ފެނުން ނުގެއްލި ސަލާމަތްވެފައި ވަނީ، އެ ފަންސޫރުގެ ތުނޑު ލޮލުގެ ރެޓީނާގައި ނުޖެހުމުން ކަމަށެވެ. އެ ފަންސޫރުގެ ތުނޑު ހުރީ އޭނާގެ ލޮލުގެ ރެޓީނާއާ މިލިމީޓަރެއްހާ ކައިރީގައި ކަަމަށް ވެއެވެ.

މެންޗެސްޓާއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ އެ ކުއްޖާގެ ލޮލަށް ފަންސޫރު ވަން ނަމަވެސް، އޭނާ ހީކުރީ އެއީ މަބޮޑު ކަމެއް ނޫން ކަމަށެވެ. އެ ފަންސޫރުގެ ތުނޑު ވަދެފައި ވަނީ އޭނާގެ ލޮލުގެ ހުދު ބަޔަށެވެ. އޭނާއަށް ލޮލުގެ ތެރޭގައި ފަންސޫރުގެ ތުނޑު ހުުރިކަން އެއިރު ނޭގެއެވެ. އޭނާއަށް އެކަން އެނގުނީ ރަހުމަތްތެރިއަކު ބުނުމުންނެވެ.

އެންމެ ފަހުން ޓީޗަރުގެ ހުއްދަ ހޯދައިގެން، އެ ކުއްޖާ އާއި އޭނާގެ މަންމަ ދިޔައީ މެންޗެސްޓަރ ރޯޔަލް އައި ހޮސްޕިޓަލަށެވެ. އަދި އޭނާގެ ލޮލުގެ ޓެސްޓުތައް ހެެދުމުން އެނގުނު ގޮތުގައި، އޭނާގެ ލޮލުގެ އެތެރޭގައި ފަންސޫރު ތުނޑުގެ ދެ ތަންކޮޅު ވަދެފައި ވެއެވެ.

އަދި އޭނާގެ ލޮލުގެ އޮޕަރޭޝަނެއްކޮށް އޭނާގެ ލޮލުން ދެ އެތިކޮޅު ވަނީ ނަގާފައެވެ. އަދި އޭނާގެ ލޮލަށް ބޭސް އެޅުމަށް ބޭސް ވެސް ހަވާލުކޮށްފައިވާއިރު، ޑޮކްޓަރަށް ދެއްކުމަށްވެސް ލަފާ ދީފައި ވެއެވެ.

އެ ކުއްޖާ ބުނީ، އޭނާގެ ލޮލުގެ އޮޕަރޭޝަނަށްފަހު އެ ލޮލުން އޭނާއަށް ނުފެންނަ ކަމަށާއި، ނަމަވެސް ފަހުން ލޮލުގެ ފެނުން މަޑުމަޑުން އަންނަ ފެށި އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޮލިމޫސަ

  ކުޅުދުއްފުށީގައި މީގެ އަހަރުތަކެއްކުރީގައި ތިކަހަލަ ހާދިސާއެއްހިގި މައިންބަފައިން ދަރިންނަށް ފޮތްކިޔަން ދަސްކޮށްދޭ ގޮތަށް އިންސާނިއްޔަތުކަން އަނެކާއަށް އޯގާތެރިވާންވެސް ދަސްކޮށްދޭންޖެހެ

 2. ބަކުރުބެ

  ރާއްޖޭގެ ސްކޫލު ތަކުގައިވެސް ގަނާ ކުރުމާ ހަނގާ ކުރުމުގެ ތެރޭ ތިފަދަ ކަންތައް ހިގާފައި އެބަހުރި މައިންބަފައިންނަށް ދަރި ދޮންފުތު ކުރެވެނީ ސްކޫލް ތަކުންވެސް ސްކޫލްބަދުނަާމްވެދާނެތީ ކުށްކުރާ ކުދިން ހިމާޔަތްކޮށް މައްސަލަތައް ފޮރުވަނީ މީ ވިސްނަންވެއްޖެ މައްސަލައެއް ތިމާގެ ދަރި ދޮންފުތު ކުރާއިރު އެހެން މައިންބަފައިންގެ ދަރިންނަަާމެދުވެސް ވިސްނާލިއްޔަަާ ވާނީ ކީއްތަ ގިނަފަހަރަށް ކުށްވެރިވަނިީ ކުށްކުރާ ކުދިންގެ ކިބައިން މައުސޫމް ކުދިން ދިފާއު ކުރަން އަޑުއުފުލަަަާ ޓީޗަރުން .

 3. ފާރޮށި ފިހާމީހާވިތްއިބްރާހިމް އުމަރު

  ރާއްޖެތެރޭގެ ސްކޫލެއްގައި ހިގި ހާދިސާއކީ ސްކޫލުގެ މެނޭޖްމަންޓުގެ މީހުންގެ ތިމާގެ ކުއްޖަކު ކުލާހުގައި ދެންތިބި ކުދިންނަށް އުދަގޫކޮށް ހާއްސަކޮން އަންހެންކުދިންގައިގާ ތަޅާ ހަދަންފެށިީމަ ޓީޗަރު އެދަރިވަރަށް އަދަބުދިނީ ކުލާހުންބޭރަށްލީ މިހިސާބުން ދިމާވިގޮތަކީ އެހިސާބުން ފިޔަވަޅުއެޅީ ޓީޗަރަށް ބަސްއަހާ ކުދިންގެ ހައްގު ކޮބައިތޯ ގިނަފަހަރަށް ސްކޫލްތަކުގައި ފިޔަވަޅު އަޅަނިީ ނިކަމެތި ކުދިންނަށް ނިކަމެތިންގެ ދަރިންނަށް ކުށްވެރިވަނީ މިފަދަ ކަންތަކާ އިދިކޮޅަށް ތެދުވާ އަޑުއުފުލަާ ޓީޗަރުން

 4. މޮޔަބެ

  ގަނާގެ ޝިކާރައަކަށްވި ކުއްޖަކު އެއްދުވަހަކު ސްކުޫލުގެ ކޮމްޕައުންޑުގައި ހުރެ އަޑުގެ ކޮޅަށް ދުއާ ކުރަނީ .......ހަލާކުކުރަށްވާންދޭވެ ﷲ އެކުއްޖާގެ ދުއާ އިޖާބަ ކުރެއްވި އޭގެ އަހަރެއްހާ ދުވަސްފަހުން ޕާޓޭ ކުއްޖަކާ ޓީޗަރާ ދެމެދު ހިނގި ހަމަނުޖެހުމަކަށްފަހު ސްކޫލްގެއަގު ދަށަށް ވެއްޓި ޓީޗަރު މިނިސްޓުރީ އިން ފިޔަވަޅުއަޅާ ޓީޗަރު ބޭރުކޮށްލުވުނު ސްކޫލް ބޮޑުތަނުން އަގުވެއްޓި ސްކޫލްގެތެރޭ ހިނގާ ހަދިސާތައްމުޖްތަމައުތެރެއަށް ލީކުވެ ބޮޑުމަންޒަރު ފެނިގެންދިއަ އަނިޔާ ލިބުނު ކުއްޖެއްގެ ވޭނީ ދުއާ ﷲ އިޖަާބަ ކުރެއްވި މިއީ މީގެ 10 އަހަރު ކުރިން ހިނގި ހާދިސާއެއް