އިންޑިއާގެ ޕަންޖާބް އަވަށުގެ ކުއްޖަކު މުޅި އަވަށު އެންމެންނަށް އަންތަރީސް ކުރުވީ ހަމައެކަނި އޭނާގެ ނުކުޅެދުންތެރިކަމަކުން ނޫނެވެ. އޭނާގެ މޮޅުކަމުންނެވެ. މި ކުއްޖާ ވެފައި ވަނީ އެތައް ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލަން ޖެހޭ ކުއްޖަކަށެވެ.

އުމުރުން 12 އަހަރުގެ ކަމާލްޖީތްއަކީ އަތުގެ ހަރަކާތް ކުރުމުން މަހުރޫމްވެފައިވާ ކުއްޖެކެވެ. އަދި ފައިގައި ވެސް މައްސަލަތަކެއް ހުރެއެވެ. ނަަމަވެސް މިފަހަކުން އޭންމެންގެ މޫނަށް ހައިރާންކަން ގެނުވީ ފައިގާ ބޭނުންކުރެވޭ ދެ އިނލިގި ބޭނުންކޮށްގެން ޓެސްޓް ޕޭޕަރު ހަދައިގެން މުޅި ކްލާހުން އެންމެ މަތިން މާކްސް ހޯދުމުންނެވެ.

ކަމާލްޖީތް ޓެސްޓް ޕޭޕަރު ހަދާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.

އޭނާ އެ ޕޭޕަރު ހެދުމަށް އިށީންދެ އިންނަނީވެސް ތަފާތުކޮށެވެ. އިންނަނީ ބިންމަތީގައެވެ. ނޯޓް ފޮތް އޮންނަނީ ބިމުގައި ބަހައްޓާގައި ހުންނަ ކުޑަ ބޯޑެއްގައި ތަތްކޮށްފައެވެ.

އެއްވެސް ޓީޗަރަކު އޭނާ އާ އެހެން އެއްވެސް ކުއްޖަކާ ތަފާތުވެސް ނުކުރާ ކަމަށް ވެެއެވެ. ޓީޗަރުންެވެސް އޭނާއަށް ހާއްސަ ސަމާލުކަމެއް ދެއެވެ. ކަމާލްއަށް ކުރަހަންވެސް އިނގެއެވެ. އެ ހުރިހާ ކަމެއް އޭނާއަށް ދަސްކޮށްދިނީވެސް އޭނާގެ ޓީޗަރުންނެވެ.

މީގެ އިތުރުން އޭނާއަކީ ލަވަކިޔުމާއި ކުޅިވަރުގައިވެސް ޝާމިލުވާ ކުއްޖެކެވެ.

 

ކިޔުންތެރިންގެ ހިޔާލު